މާލެއިން އަތޮޅުތަކަށް ދާން ހުއްދަ ދޭވޭނީ ޒަރޫރީ ބޭނުންތަކަށް އެކަނި : އެޗްޕީއޭ

Loading

Facebook
Twitter
WhatsApp

 

ކޮވިޑް-19 ބަލިމަޑުކަމުން އަރައިގަތުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން މާލެއިން އަތޮޅުތަކަށް ދަތުރުކުރުން ހަރަކަށިކޮށް، ހަމައެކަނި ޒަރޫރީ ބޭނުންތަކަށް ހުއްދަދޭން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމައިފިއެވެ.

އެޗްޕީއޭގެ ޑިރެކްޓަރު ޖެނެރަލް ސޮއިކުރައްވާ އާންމުކޮށްފައިވާ އުސޫލުގައި ބުނެފައިވަނީ މާލެއިން ފުރައިގެން އެހެނިހެން ރަށްތަކަށް ދާން ހުއްދަ ދޭނީ ޒަރޫރީ ހާލަތްތަކުގައި އެކަނި ކަމަށެވެ.

ޒަރޫރީ ހާލަތްތަކުގެ ގޮތުގައި ކަނޑައަޅަފައިވާ ކަންތައް ވެސް އެޗްޕީއޭ އިން ވަނީ އާންމުކޮށްފައެވެ.

އެއީ:

  • ސިއްހީ ފަރުވާ ހޯދުމަށް މާލެއަށް އައިސް އެނބުރި ދާންޖެހުމާއި އެފަދަ މީހަކާ އެކުގައި ކޮންމެހެން ދާންޖެހުން.
  • މާލޭގައި އަދާކުރަމުންދާ ވަޒީފާ/ މަސައްކަތް ހުއްޓާލަންޖެހުން ފަދަ ކަންކަން ދިމާވެގެން މާލޭގައި އިތުރަށް ތިބުން ދަތިވެފައިވުން އަދި އެފަދަ މީހުންގެ އާއިލާއިން އެކުގައި ކޮންމެހެން ދާންޖެހުން.
  • މާލޭގައި ދިރިއުޅެވެން ނެތުމުގެ ސަބަބުން ރަށަށް ދިރިއުޅުން ބަދަލު ކުރަންޖެހުން.
  • މާލެއަށް ތައުލީމު ހާސިލްލުކުރުމަށް އައިސް ތައުލީމު ހާސިލުކުރުން މުޅިން ނިމިފައިވުމުން ރަށަށް އެނބުރިދާން ޖެހިފައިވުން (މީގެ ތެރޭގައި ޗުއްޓީ ލިބުން ނުވަތަ ކިޔެވުން ވަގުތީގޮތުން މެދުކެނޑިފައިވުން ނުހިމެނެއެވެ.)
  • މައިންބަފައިން ބަލިވުމާއި އަނބިމީހާ ވިހެއުން ފަދަ އާއިލާއަށް ދިމާވާ ބޮޑެތި ކަންތައްތަކާ ގުޅިގެން ރަށަށްދާންޖެހުން

އެޗްޕީއޭއިން ބުނީ ޒަރޫރީ ބޭނުންތަކަށް  ދަތުރު ކުރުމަށް އެދި ހުށަހަޅާނީ ’ހާލުބެލުން ޕޯރޓަލް‘ މެދުވެރިކޮށް ކަމަށެވެ. މާދަމައިން ފެށިގެން މި ޕޯޓަލް މެދުވެރިކޮށް ހުއްދަ އެދެވޭނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ދަތުރުގެ ހުއްދަ އަށް އެދޭއިރު އެ މީހަކު ދަތުރުކުރާ ކައުންސިލުގެ ފަރާތުން ދޫކޮށްފައިވާ ދަތުރުކުރާނީ ޒަރޫރީ ބޭނުމުގައިކަން އަންގައިދޭ ލިޔުން ކައުންސިލް މެދުވެރިކޮށް ހާލު ބެލުމުގެ ޕޯޓަލްއަށް އަޕްލޯޑް ކުރަންވާނެ ކަމަށް ވެސް އެޕީއޭއިން ބުނެއެވެ.

ޒަރޫރީ ބޭނުންތަކަށް ދަތުރުކުރުމުގެ ހުއްދަ ދޭ މީހުންވެސް 14 ދުވަހުގެ ކަރަންޓީން ފުރިހަމަ ކުރަން ޖެހެއެވެ. އަދި ކަރަންޓީނުން ދޫކޮށްލާނީ 14 ދުވަސް ހަމަވުމުން ޓެސްޓްކޮށް ނަތީޖާ ނެގެޓިވް ވުމުން ކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް