ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ޗީފް އޮފް ޑިފެންސް ފޯސް މަޖިލީހަށް ހާޒިރުކޮށްފި

Loading

Facebook
Twitter
WhatsApp

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން މަޖިލީހުން ކުރިއަށް ގެންދާ އިންކްއަރީ މައުލޫމާތު ހޯދަން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ހާޒިރުކޮށްފިއެވެ.

ޝަމާލް މަޖިލީހަށް ހާޒިރުކޮށް 241 ކޮމިޓީން ބޭއްވި ބައްދަލުވުން ކުރިއަށް ގެންދިޔައީ ސިއްރު ބައްދަލުވުމެއްގެ ގޮތުގައެވެ.

މިއަދު ހަވީރު ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނަރަލް އަބްދުއްރަހީމް އަބްދުއްލަތީފް ވެސް މަޖިލީހަށް ހާޒިރު ކުރަން ކޮމިޓީން ވަނީ ނިންމާފަ އެވެ. މި ދެ ބޭފުޅުންގެ އިތުރުން ސިފައިންގެ ވަކިވަކި ސިފައިންގެ ގޮތުގައި 40 ހަކަށް ސިފައިންނާއި ޑިފެންސް މިނިސްޓަރު މިނިސްޓަރު މާރިޔާ އަހްމަދު ދީދީ މަޖިލީހަށް ހާޒިރުކުރަން މަޖިލީހުން އަންނަނީ މަސައްކަތްކުރަމުންނެވެ.
ޝަމާލް މަޖިލީހަށް ހާޒިރުވެފައި މިވަނީ ވަކިވަކި ސިފައިން ކޮމިޓީއަށް ހާޒިރުވާން މަޖިލީހުން އެންގި ނަމަވެސް އެގޮތަށް އަމަލު ނުކުރެވޭނެ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފައި ވަނިކޮށެވެ.

ރައްޔިތުންގެ މަޖިލީހުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ވަކިވަކި ސިފައިން މަޖިލީހަށް ހާޒިރުކޮށް ސުވާލު ކުރަނީ ގާނޫނުއަސާސީއާއި މަޖިލީހުގެ ގަވާއިދާއި ސުޕްރީމް ކޯޓުން މާޗް 10، 2011 ގައި މަޖިލީހަށް ދީފައިވާ އިސްތިރާޝީ ލަފައަކަށް ބިނާކޮށެވެ.

ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފާގައި ބުނެފައިވަނީ ސިފައިންނާއި ފުލުހުންނާއި ދައުލަތުގެ ނުވަތަ ސަރުކާރުގެ މަގާމެއްގައި ހުރި މީހެއް ކަމަށްވީ ނަމަވެސް މަޖިލީހަށް ހާޒިރުކޮށް ސުވާލު ކުރުމަކީ މަޖިލީހަށް ލިބިގެންވާ ބާރެއް ކަމަށް ގާނޫނުއަސާސީގައި ބުނާ ކަމަށެވެ.

ނަމަވެސް އެމްއެންޑީއެފުން ބުނަނީ ވަކިވަކި ސިފައިން ޖަވާބުދާރީ ކުރުވުމަކީ ސިފައިންގެ އަސްކަރީ ހައިރާކީ އާއި ސިފައިންގެ  ތެރޭގައި ޒަމާނުއްސުރެ ގާއިމްކުރެވިފައި އޮތް އުސޫލުތަކާއި ހިލާފް ކަމަކަށްވާތީ ވަކިވަކި ސިފައިން މަޖިލީހަށް ހާޒިރު ނުކުރެވޭނެކަމަށެވެ.

މަޖިލީހުގެ އިންކުއަރީއަށް 241 ކޮމިޓީއަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ކައުންޓަ ޓެރަރިޒަމްގެ ޑިރެކްޓަރު ސުޕްރިންޓެންޑެންޓް ވެސް ވަނީ އިއްޔެ ހާޒިރުކޮށްފަ އެވެ.

މަޖިލީހުގެ 241 އަށް ކޮމިޓީއަށް ސަލާމަތީ ހިދުމަތްތަކުގެ އިސްވެރިން ހާޒިރުކުރަމުން މިދަނީ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާއި ގުޅިގެން އެމަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވި ގޮތް ބެލުމަށެވެ.

Loading

One Response

  1. މަހިތައް އަރަނީ މަޖީލީސްގެ މެމްބަރު އަފުރާޝީމް މަރާލި މީހުން ރައީސް ނަޝީދަށް އެނގެއޭ އެމަނިކުފާނު ވިދާޅުވެފައިވާއިރު އެކަމާއި އެއްވެސް ކަންބޮޑުވުމެއްނެތި ތިމާގެ ގަޔަށް އެއްޗެއްއެރީމާ އެނޫނީ ދިވެހިރާއްޖާގައި ”ޓެރަރިސްޓް“ ހަމަލައެއް ހިނގައިފަ ނުވަނީކަމަށް މިޑިކޮކްރެސީ ކުދިންކޮޅު ދެކެނީތޯއެވެ. ޔާމީނު ރަޝީދާއި ރިލުވާނުމަތިންވެސް ހަނދާން ކޮށްލަމެވެ. މިކަންވެސް އެކަންކަންވެސް ބަލަންވާނެކަމަށް ދެކޭތީީ ހަމަ ބުނެލެވުނީއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް