ޕާކިސްތާނުގައި އެއް ބިލިއަން ގަސް އިންދައިފި އަދި ނުވަ ބިލިއަން ގަސް އިންދާނެ

Loading

Facebook
Twitter
WhatsApp

އެއްބިލިއަން ގަސް ޕާކިސްތާނުގައި އިންދައިފި ކަމަށާއި އިތުރު ނުވަ ބިލިއަން ގަސް އިންދާނެކަމަށް ޕާކިސްތާނުގެ ތިމާވެއްޓާ ބެހޭ މިނިސްޓަރ ޒަރުތާޖު ގުލް ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބާ ފާހަގަކުރަން ޕާކިސްތާނުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޒަރުތާޖު ގުލް ވިދާޅުވީ މޫސުމަށް އަންނަ ބަދަލާ ގުޅިގެން ޕާކިސްތާނަށް ވަރަށް ބޮޑަށް ނޭދެވޭ އަސަރާއި ގެއްލުން ލިބެމުންދާކަމަށެވެ.

”މާހައުލާ ރައްޓެހި ޓެކްނޮލޮޖީގެ ބޭނުންކޮށްގެން ލިބެމުންދާ ގެއްލުން ކުޑަކުރެވޭނީ.“ އޭނާ ވިދާޅުވިއެވެ.

ރީތިކަމަށް ޕާކިސްތާނުގައި މަޝްހޫރު މިނިސްޓަރ ޒަރުތާޖު ގުލް ވިދާޅުވިގޮތުގައި ”ސާފު އަދި ފެހި ޕާކިސްތާން“ މަޝްރޫޢުގެ ދަށުން އިންދަން ހަމަޖައްސާފައިވަނީ 10 ބިލިއަން ގަހެވެ.

”އެއްބިލިއަން ގަސް އިންދައިފިން.“ އޭނާ ވިދާޅުވިއެވެ. ”އަނެއް ނުވަ ބިލިއަން ގަސް އިންދާނެ.“

ޒަރުތާޖު ގުލް ވިދާޅުވިގޮތުގައި 10 ބިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ސަބަބުން ގައުމުގައި ވަޒީފާގެ ފުރުސަތު އިތުރުވެގެން ދާނެއެވެ. އަދި ގައުމަށް ފެހިކަމާއި ތާޒާކަން އަންނާނެއެވެ.

މިއަހަރުގެ ތިމާވެށީގެ ދުވަހަށް، އ.ދ.ގެ ތިމާވެއްޓާ ބެހޭ ޕްރޮގްރާމްގެ ފަރާތުން ކަނޑައަޅާފައިވާ ޝިޢާރަކީ ”މާހައުލީ ނިޒާމު އިއާދަކުރުން“ އެވެ. މާހައުލީ ނިޒާމު އިއާދަ ކުރުމަށް ގަސް އިންދުމަކީ އިންތިހާއަށް ބޭނުންކަމެކެވެ.

ޕާކިސްތާނުގެ ބޮޑު ވަޒީރުކަން ކުރީގެ މަޝްހޫރު ކުރިކެޓް ކުޅުންތެރިޔާ ޢިމްރާން ޚާނަށް ލިބިވަޑައިގެންނެވި ފަހުން ޕާކިސްތާނަށް ގަސްއިންދުމުގެ ”ސުނާމީއެއް“ ގެނަވަން ޢިމްރާން ޚާން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް