އަސްލަމާއި ޝިފާވެސް 241 ކޮމިޓީއަށް ހާޒިރުކޮށްފި

Loading

Facebook
Twitter
WhatsApp

 

 

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައިސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން މަޖިލީހުން ކުރިއަށްގެންދާ ޕާލިމަންޓްރީ އިންކުއަރީއަށް ޕްލޭނިން މިނިސްޓަރ އަހްމަދު އަސްލަމް އާއި މާލެ ސިޓީގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދު ވެސް ހާޒިރުކޮށްފި އެވެ.

ސެކިއުރިޓީ ބްރީޗްވި ގޮތް ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ކުރިއަށް ގެންދާ ޕާލަމެންޓަރީ އިންކުއަރީއަށް ކަމާގުޅޭ މުއައްސަސާތަކުގެ ވެރިންނާއި މުއައްޒަފުން ހާޒިރުކޮށް އެ ކޮމިޓީން އަންނަނީ މައުލޫމާތު ސާފުކުރަމުންނެވެ.

މި އިންކްއަރީއަށް ހާޒުރުކުރާ ފަރާތްތަކާއެކު ބާއްވާ ބައްދަލުވުން ބާއްވަނީ ސިއްރު ބައްދަލުވުމެއްގެ ގޮތުގައެވެ.

ސައިކަލެއްގައި ބޮމެއް ހަރުކޮށް ގޮއްވާލައިގެން ރައީސް ނަޝީދަށް ހަމަލާ ދީފައިވަނީ އެމަނިކުފާނުގެ ގެކޮޅުން ނުކުމެވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންވަން ދަނިކޮށްނީލޯފަރުމަގާއިމަޖީދީމަގާވާކަންމަތީގައެވެ.

މި  ހަމަލާދީފައިވަނީ ސަލާމަތީ ސަބަބުތަކަށްޓަކައި ކެނެރީގެ ހުންނަ ނީލޯފަރު މަގުގައި ސައިކަލް ޕާކުނުކުރެވޭ ގޮތް ހަދާދިނުމަށް ސިޓީ ކައުންސިލްގައި އެމްއެންޑީއެފުން އެދިފައިވަނިކޮށެވެ.

އެ މައްސަލައިގައި ޝިފާ ކުރިން ވިދާޅުވެފައި ވަނީ ޑިފެންސްގެ އެދުމާ އެގޮތަށް ނީލޯފަރު ހިނގުމުގެ ޕާކިން ޒޯނު ނެގުމުގެ މަސައްކަތް ފަށައި އެ ސަރަހައްދުން ޕާކިން ޒޯނު ހެދުމަށް އެންމެ އެކަށީގެންވަނީ ބިއްލޫރިޖެހިގެ ކަމަށް ފެނި، އެ އިމާރާތުގައި ޕާކިން ޒޯނު ހެދުމުގެ އިންތިޒާމު ހަމަޖައްސައި ދިނުމަށް 23 މާޗު 2021 ގައި ސިޓީ އަކުން ޕްލޭނިން މިނިސްޓްރީގައި އެދުނު ކަމަށެވެ.

ރައީސް ނަޝީދަށް ދެމުންގެންދާ ސަލާމަތާއި ރައްކާތެރިކަން ބްރީޗްވި ގޮތް ހޯދުމަށް 241 ކޮމެޓީން ކުރިޔަށް ގެންދާ އިންކުއަރީ އަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްއވެސް މިއަދު ވަނީ ހާޒިރުކޮށްފައެވެ. އަދި އިއްޔެ  ކޮމިޝަނަރ ޕޮލިސް މުހައްމަދު ހަމީދުވެސް މި ކޮމިޓީއަށްހާޒިރުކޮށްފައިވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް