ޑެލިވަރީ ޕާމިޓްތައް އަންގާރަ ދުވަހުން ފެށިގެން ބޭނުންނުކުރެވޭނެ

Loading

Facebook
Twitter
WhatsApp

 

ވިޔަފާރިތަކަށް މިހާރު ދޫކޮށްފައިހުރި ޑެލިވަރީ ޕާމިޓްތައް މި ހަފްތާގެ އަންގާރަ ދުވަހުގެ ފަހުން ބޭނުން ނުކުރެވޭނެ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުންގެ އިދާރާއިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފަވަނީ މިހާރު ދޫކޮށްފައި ހުރި ވެހިކަލް ޕާމިޓްތައް ’ސަޕޯޓް ޕާމިޓް’ތަކަށް ބަދަލުކުރަން ނިންމާފައިވާ ކަމަށާއި މިއާއެކު ކުރިން ދޫކޮށްފައިހުރި ވެހިކަލް ޕާމިޓްތައް މިމަހުގެ އަށްވަނަ ދުވަހުގެ ފަހުން ބޭނުން ނުކުރެވޭނެ ކަމަށެވެ.

ޕޮލިސް ޕާމިޓް ޕޯޓަލް މެދުވެރިކޮށް، ’ސަޕޯޓް ޕާމިޓް‘ އަށް އެޕްލައި ކުރެވޭނެ ކަމަށް ފުލުހުން ހާމަކުރެއެވެ.

ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާތީ މި ބަލިން ރައްކާތެރިވުމަށް ހަރުކަށި ފިޔަވަޅުތަކެއް ސަރުކާރުން ވަނީ އަޅާފައެވެ.

އޭގެ ތެރޭގައި ކެފޭ/ރެސްޓޯރެންޓްތަކުގެ އެތެރޭގައި ތިބެ ކެއުމާއި ޓޭކްއަވޭ ހިދުމަތް ދިނުން މަނާކުރުން ހިމެނެއެވެ. ޑެލިވަރީ ނޫން ގޮތަކަށް ހިދުމަތްދޭނަމަ އެތަނެއް 5000 ރުފިޔާއިން ޖޫރިމަނާކުރެއެވެ. ނަމަވެސް ހެނދުނު ހަޔަކުން އިން ރޭގަނޑު 12 އަށް ޑެލިވަރީގެ ހިދުމަތް ދިނުމަށް ހުއްދަ ނަގާފައިވާ ފިހާރަތަކާއި، ކެފޭ/ރެސްޓޯރަންޓުތަކުން ޑެލިވެރީގެ ހިދުމަތްދޭން ޑެލިވަރީ ޕާމިޓެއް ދޫކުރިއެވެ.

މީގެ އިތުރުން މުދާ ވިއްކާ ތަންތަނާއި، ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަނުން ޑެލިވަރީ ހިދުމަތް ދިނުމަށް ވެސް ޕާމިޓް ދޫކުރިއެވެ.  މުދާ ވިއްކާ ތަންތަން ޢާންމުންނަށް ހުޅުވާލައިގެންނާއި، ކެއިން ބުއިމުގެ ހިދުމަތް ދޭ ތަންތަނުން ޓޭކްއަވޭގެ ހިދުމަތް ދެވޭނީ އެ ތަނެއްގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހުއްދަ ހޯދުމަށްފަހު، ހެނދުނު އަށަކުން އިން ހަވީރު ހަތަރަކަށެވެ. އަދި ކާފިއުގެ ވަގުތުތަކުގައި މާލެ ސަރަޙައްދުގެ ފިހާރަތަކުން މެންދަމު 12 ޖެހުމާއި ހަމައަށް ޑެލިވަރީގެ ހިދުމަތް ދެވޭގޮތަށް ވަނީ ހަމަޖައްސާފައެވެ.

ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތެކުގެ ތެރެއިން ހުއްދަ ނެތި ހަވީރު ހަތަރަކުން ފަތިހު ހަތަރަކަށް ބޭރުގައި އުޅުމަކީ މަނާކަމެކެވެ. ޒަރޫރީ ބޭނުންތަކަށާ ބޭރަށް ނިކުންނަންޖެހޭ މީހުންނަށް ބޭރަށް ދެވޭނީ ވެސް ފުލުހުންގެ ހުއްދައާއެކުއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް