ގާޒީ ހުސައިން ފާއިޒުއާ މެދު ސުލޫކީ ފިޔަވަޅު އަޅަން ނިންމައިފި

Loading

Facebook
Twitter
WhatsApp

ކްރިމިނަލް ކޯޓްގެ ގާޒީ ހުސައިން ފާއިޒު ރަޝާދުގެ މަށްޗަށް ސުލޫކީ މައްސަލައެއް ސާބިތުވެ، ފިޔަވަޅު އަޅަން ޖުޑީސަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)  ނިންމައިފި އެވެ.

ގާޒީ ހުސައިން ފާއިޒްގެ މައްސަލައެއް ބަލަން ފެށީ ކޯޓުގެ ޝަރީއަތްކުރާ ރޫމްގެ ބޭރުން ކޯޓުގެ އެހެން މުވައްޒަފަކު ލައްވައި، މައްސަލަ ރައްދުވާ ފަރާތް ގޭބަންދުކުރުވައި، ކޯޓުރޫމުގެ ބޭރުގައި މައްސަލަ ރައްދުވާފަރާތް ބޭންދުމަށް ފަހު މައްސަލައިގައި ހުކުމް ހަވާލުކުރުމަކީ ކުރާ ކަމެއް ކަމަށް ބުނެފައިވާތީ އެވެ.

ޖޭއެސްސީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ގާޒީ ހުސައިން ފާއިޒްގެ މިއަމަލަކީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނާއި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނާއި އަދި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު އަމަލެއްކަމަށް ތަހުގީގަށް ސާބިތުވެފައިވާ ކަމަށެވެ.

ޖޭއެސްސީން ބުނީ ގާޒީ ހުސައިން ފާއިޒުގެ މި އަމަލަކީ ކޯޓްތަކުގެ ގާނޫނުގެ 58 ވަނަ މާއްދާ އާއި ފަނޑިޔާރުންގެ ގާނޫނުގެ 32 ވަނަ މާއްދާ އާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު ކަމެއް ކަމަށް ތަހުގީގަށް ސާބިތުވެފައިވާ ކަމަށެވެ.

އެހެން ކަމުން ގާޒީ ހުސައިން ފާއިޒަށް ނަސޭހަތް ދިނުމާއެކު ޖޭއެސްސީން ކަނޑައަޅާ ތަމްރީނު ޕްރަގްރާމެއް ފުރިހަމަ ކުރުމަށް އެންގުމަށް ނިންމާފައިވަ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

ހުސައިން ފާއިޒް ރަޝާދު ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށް ބަދަލުކުރީ 2019 ވަނަ އަހަރުގެ ފެބުރުއަރީ މަހު އެވެ. އޭގެ ކުރިން ހުންނެވީ ސިވިލް ކޯޓުގެ ގާޒީ ކަމުގެ މަގާމުގަ އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް