ޕްރިންސް ހެރީ އާއި މެގަން މާކްލްއަށް ލިބިވަޑައިގެންނެވި އަންހެން ދަރިކަނބަލުންނަށް ޑަޔަނާއާ ގުޅޭ ނަމެއް

ޖޫން 4 ވަނަ ދުވަހު ޕްރިންސް ހެރީ އާއި މެގަން މާކްލް އަށް އަންހެން ބޭކަނބަލަކު ލިވިވަޑައިގެންފިއެވެ. އެއީ އެ ދެބޭފުޅުންގެ ދެވަނަ ދަރިފުޅެވެ. ދެވަނަ ދަރިފުޅު އުފަންވެވަޑައިގަތުމާ ގުޅިގެން ޕްރިންސް ހޭރީ ވަނީ ބަޔާނެއް ނެރުއްވާފައެވެ. މި ބަޔާނުގައި ދެމަފިރިކަނަބަލުން ވަނީ ހެޔޮއެދޭ އެންމެންނަށް ޝުކުރު އަދާކުރައްވައި އަންހެން ދަރިކަނބަލުން ލިލީ އުފަންވެވަޑައިގަތުމުގެ އުފާވެރި ޚަބަރު ދެއްވާފައެވެ. ލިލިބެޓް ލިލީ ޑަޔާނާ މައުންޓްބެޓަން ވިންސްޑާ ގެ ނަން ދަރިކަނަބަލުންނަށް ދެއްވާފައިވަނީ ރާނީ އެލިޒަބިތު އާއި ޕްރިންސް […]

މެލޭޝިއާގައި ކޮރޯނާ ވައިރަހުގެ އަދަދު ދަށްވިނަމަވެސް އައިސީޔޫ ގައި ފަރުވާދެވޭ ކޭސްތައް ދަނީ އިތުރުވަމުން

މެލޭޝިއާގެ ވެރިރަށް ކުއާލަ ލަމްޕޫރުގައި ކޮރޯނާ ވައިރަހަށް ފައްސިވާ މީހުންގެ އަދަދު މިހާރު ވަނީ ކޮންމެވެސް ވަރަކަށް ދަށްވާން ފަށާފައެވެ. ނަމަވެސް އައިސީޔޫގައި ފަރުވާދެމުންދާ ބަލިމީހުންގެ އަދަދު ވަނީ ކަންބޮޑުވާ މިންވަރަށް އިތުރުވެފައެވެ. އެ ގައުމުގެ އެކި ސަރަހައްދުތަކުގައި ހުރި ހޮސްޕިޓަލުތަކުގައި ޖުމްލަ 902 މީހުންނަށް ފަރުވާ ދެމުންދާކަމަށް މެލޭޝިޔާގެ ހެލްތު ޑިރެކްޓަރ ޖެނެރަލް، ޓާން ސްރީ ޑރ. ނޫރް ވަނީ ވިދާޅުވެފައެވެ. މިހާރު ކުއާލަ ލަމްޕޫރްގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 84269 އެވެ. އަދި މި […]

ކޮވިޑް19: އިތުރު 552 މީހަކު ފައްސިވެއްޖެ!

މިއަދު ކޯވިޑް19 އަށް ފައްސިވެފައިވަނީ 552 މީހުންނެވެ. މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 249 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ރިސޯޓްތަކުން 31 މީހަކާއި އަލަށް ތަރައްޤީ ކުރަމުން އަންނަ ރަށަކުން މީހަކު ވަނީ ފައްސިވެފައެވެ. އަނެއް 271 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. މިއަދުގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 68,502 އަށް އަރައިފައެވެ. އޭގެ ތެރޭގައި 18,462 އެކްޓިވް ކޭސް ހިމެނޭއިރު 164 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން […]

ގައުމުގެ ކަންކަން މިހާރު ކުރިއަށް ދަނީ ބޭރުގެ ގައުމުތަކުން ބޭނުންވާ ގޮތަށް: މާލޭގެ މޭޔަރު ޑރ. މުޢިއްޒު

މި ގައުމުގެ ކަންކަން މިހާރު ކުރިއަށްދަނީ ބޭރުގެ ގައުމުތަކުން ބޭނުންވާ ގޮތަށް ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ޓީވީ ޗެނަލް-13ގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ޑރ. މުޢިއްޒު އާދީއްތަ ދުވަހުގެ ރޭ ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް ފާޑުވިދާޅުވިއިރު، އިންޑިއާއިން ރާއްޖޭގެ ބައެއް ކަންތައްތަކަށް އަތް ގަދަކުރަމުންދާކަމަށް ބުނެ ވަރަށް ގިނަ ފަރާތްތަކުން ގެންދަނީ މީޑިއާގެ އެކި ގުނަވަންތަކުގައި އެކަމަށް ފާޑުކިޔައި ދެކޮޅުހަދަމުންނެވެ. އެގޮތުން އައްޑުއާއި ހައްދުން މައްޗާއި ހަނިމާދޫއާއި މާލެއަތޮޅުގައި ތަރައްގީގެ […]

ސްޓޫޑެންޓް ލޯނު ލިބުނު ދަރިވަރުންގެ ލިސްޓް އިއުލާންކުރުން ލަސްކޮށްފި

  މަތީ ތައުލީމް ހާސިލްކުރަން ބޭނުންވާ ދަރިވަރުންނަށް ސަރުކާރުން ދޫކުރާ ލޯނު ލިބުނު ދަރިވަރުންގެ ދާއިމީ ލިސްޓު އިއުލާންކުރުން ލަސްކޮށްފިއެވެ. ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ދާއިމީ ލިސްޓު އިއުލާން ކުރުން ލަސްކުރަން ނިންމީ ކޮވިޑް-19 ހާލަތު އިތުރަށް ގޯސްވުމުގެ ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުންނާއި ތަނުގެ މުއައްޒަފުންގެ ތެރެއިން ބަޔަކު ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން ދިމާވި ދަތިތަކެއްގެ ސަބަބުންކަމަށެވެ. އަދި މީގެ އިތުރުން ސްޓޫޑެންޓް ލޯނާއި ގުޅިގެން ހުށަހަޅާފައިވާ ޝަކުވާތައް ވީހާވެސް ރަގަޅަށް ބެލުމަށްފަހު ދަރިވަރުންނަށް […]

ޓެކްސް ދެއްކުމުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި

  ކޮވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން ޓެކްސް ފައިސާ ދައްކަން ޖެހޭ ސުންގަޑި އަނެއްކާ ވެސް ފަސް ކޮށްދީފި އެވެ. މީރާއިން ބުނީ މިހާރު ސުންގަނޑީގެ ގޮތުގައި ކަނޑައަޅާފައި ވާނީ މި އަހަރުގެ އޮގަސްޓް މަހުގެ 31 ވަނަދުވަސްކަމަށެވެ. މީގެ ކުރިންވެސް މީރާއިން ވަނީ ޓެކްސް ދައްކަންޖެހޭ ސުންގަޑި ފަސްކޮށްފައެވެ. ކުރިން ހަމަޖައްސާފައި އޮތްގޮތުން ޓެކްސް ދައްކަންޖެހޭ ސުންގަޑި އަކީ އަންނަ ބުރާސްފަތި ދުވަހެވެ. މީގެ އިތުރުން މި އަހަރަށް ހުށަހަޅަން […]

ޝާހިދު ވާދަކުރައްވާ އދ ގެ އާންމު މަޖިލީހުގެ ރައީސަކު ހޮވުން މިރޭ

    ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުއްލާ ޝާހިދު ވާދަކުރައްވާ އދ.ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސް ހޮވުމުގެ  އިންތިހާބު މިރޭ އޮންނާނެއެވެ. މި އިންތިހާބު އޮންނާނީ ރާއްޖެ ގަޑިން މިރޭ 7:00 ޖަހާއިރު އެމެރިކާގެ ނިއުޔޯކުގައި ހުންނަ އދގެ މައި މަރުކަޒުގައެވެ. މި އިންތިހާބުގައި ޝާހިދުއާ ވާދަކުރައްވަނީ އަފްއާނިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ.ރަލްމައި ރަސޫލް އެވެ. މި އިންތިހާބު ކާމިޔާބު ކާމިޔާބު ކުރުމަށް ރާއްޖެއިން ކެމްޕެއިން ކުރުމަށް ސަރުކާރުގެ ބަޖެޓުން ވަނީ 4.3 […]

ގާޒީ އަބްދުއްލާ އަލީގެ މައްސަލަ ސާބިތު ނުވާކަމަށް ނިންމައިފި

  ސިވިލް ކޯޓުގެ އިސް ގާޒީ އަބްދުއްލާ އަލީއާ ބެހޭގޮތުން ތަހްގީކުރި ސުލޫކީ މައްސަލަ ސާބިތު ނުވާކަމަށް ޖުޑީޝަލް ސާވިސްކޮމިޝަނު ( ޖޭއެސްސީ)ން ނިންމައިފިއެވެ. ގާޒީ އަބްދުﷲ ގެ މައްސަލަ ޖޭއެސްސީއަށް ހުށަހެޅީ 2019 ވަނަ އަހަރުގެ ތެރޭގަ އެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަނުން ބުނީ އަބްދުﷲ އާ ބެހޭ ގޮތުން އެ ކޮމިޝަނަށް ހުށައެޅި މައްސަލަ އެ ކޮމިޝަނުން ތަހުގީގު ކުރުމަށްފަހު އެ މައްސަލަ ސާބިތު ނުވާކަމަށް މިދިޔަ މެއި މަހުގެ 31ވަނަ ދުވަހު ބޭއްވި […]

އިޒްރޭލު ސިފައިން، ފަލަސްތީނުގެ ދެ އެކްޓިވިސްޓުން ހައްޔަރުކޮށްފި

މުނާ އާއި އޭނާގެ ބޭބެ މުޙަންމަދު އަލް ކުރްދު ގެ ހިތްވަރުގަދަކަމުން މުޅި ދުނިޔެ ވަނީ ސިއްސުވާލާފައެވެ. އެމީހުންނަކީ އިޒްރޭލު ސިފައިންނާ ދެކޮޅަށް އަޑު އުފުލައި މުޒާހަރާތައް އިންތިޒާމްކޮށް މީސްމީޑިޔާގައި އިޒްރޭލު ސިފައިންގެ އަނިޔާވެރިކަން ތަފުސީލުކޮށް ބަޔާންކޮށް ކިޔައިދެމުން އަންނަ ފަލަސްތީނުގެ ދެ ޒުވާނުންނެވެ. އެމީހުންނަށް މީސްމީޑިޔާއިންނާއި އެހެނިހެން ގޮތްގޮތުން ތާއިދު ލިބުން ވެގެން ދިޔައީ އިޒްރޭލު ސިފައިންނަށް ވަރަށް ބޮޑަށް ގެއްލުންވި ކަމެއް ކަމަކަށެވެ. އިޒްރޭލު ސިފައިންގެ އަނިޔާވެރި އެތައް އަމަލެއް އެމީހުންވަނީ ވީޑިޔޯކޮށް މުޅިދުނިޔެއަށް […]

ކޮވިޑް 19: ފައްސިވާ މީހުންގެ އަދަދުތައް ދަށަށް!

ކޮވިޑް 19 އަށް ފައްސިވާ މީހުންގެ އަދަދުތައް ފާއިތުވި މަސްދުވަހަށް ވުރެ މި މަހު ދަށް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) ގެ ތަފާސް ހިސާބު ތަކުން ދަށްކައިފިއެވެ. އެގޮތުން އިއްޔަ މުޅި ރާއްޖެއިން ކޯވިޑް19 އަށް ފައްސިވެފައިވަނީ 412 މީހުންނެވެ. އިއްޔަ ފެނުނު ކޭސްތަކުގެ ތެރެއިން 162 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ރިސޯޓްތަކުން 11 މީހަކު ވަނީ ފައްސިވެފައެވެ. އަނެއް 239 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. އިއްޔެގެ ރެކޯޑްތަކާއި އެކު […]