ޕްރިންސް ހެރީ އާއި މެގަން މާކްލްއަށް ލިބިވަޑައިގެންނެވި އަންހެން ދަރިކަނބަލުންނަށް ޑަޔަނާއާ ގުޅޭ ނަމެއް

Loading

Facebook
Twitter
WhatsApp

ޖޫން 4 ވަނަ ދުވަހު ޕްރިންސް ހެރީ އާއި މެގަން މާކްލް އަށް އަންހެން ބޭކަނބަލަކު ލިވިވަޑައިގެންފިއެވެ. އެއީ އެ ދެބޭފުޅުންގެ ދެވަނަ ދަރިފުޅެވެ.

ދެވަނަ ދަރިފުޅު އުފަންވެވަޑައިގަތުމާ ގުޅިގެން ޕްރިންސް ހޭރީ ވަނީ ބަޔާނެއް ނެރުއްވާފައެވެ. މި ބަޔާނުގައި ދެމަފިރިކަނަބަލުން ވަނީ ހެޔޮއެދޭ އެންމެންނަށް ޝުކުރު އަދާކުރައްވައި އަންހެން ދަރިކަނބަލުން ލިލީ އުފަންވެވަޑައިގަތުމުގެ އުފާވެރި ޚަބަރު ދެއްވާފައެވެ.

ލިލިބެޓް ލިލީ ޑަޔާނާ މައުންޓްބެޓަން ވިންސްޑާ ގެ ނަން ދަރިކަނަބަލުންނަށް ދެއްވާފައިވަނީ ރާނީ އެލިޒަބިތު އާއި ޕްރިންސް ހެރީގެ މަންމާފުޅު ޕްރިންސަސް ޑަޔާނާގެ ނަމާއި ގުޅުވައިގެންނެވެ.

ލިލީ އުފަންވެވަޑައިގަތުމާ ގުޅިގެން ޕްރިންސް ވިލިއަމް އާއި ކެޓް ވަނީ ޕްރިންސް ހެރީ އަށާއި މެގަންއަށް މަރުހަބާ ދެންނެވުމުގެ ގޮތުން އެ ބޭފުޅުންގެ އޮފިޝަލް ޓްވިޓާ އެކައުންޓުގައި ޕޯސްޓެއްކުރައްވާފައެވެ. އަދި ރާނީ އެލިޒަބިތު ވެސް ވަނީ އެ އުފާވެރި ޚަބަރާ ގުޅިގެން އައިލާގެ އައު މެމްބަރަށް މަރުހަބާ ދަންނަވައި އުފާ ފާޅުކުރައްވާފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް