އިޒްރޭލު ސިފައިން، ފަލަސްތީނުގެ ދެ އެކްޓިވިސްޓުން ހައްޔަރުކޮށްފި

Loading

Facebook
Twitter
WhatsApp

މުނާ އާއި އޭނާގެ ބޭބެ މުޙަންމަދު އަލް ކުރްދު ގެ ހިތްވަރުގަދަކަމުން މުޅި ދުނިޔެ ވަނީ ސިއްސުވާލާފައެވެ. އެމީހުންނަކީ އިޒްރޭލު ސިފައިންނާ ދެކޮޅަށް އަޑު އުފުލައި މުޒާހަރާތައް އިންތިޒާމްކޮށް މީސްމީޑިޔާގައި އިޒްރޭލު ސިފައިންގެ އަނިޔާވެރިކަން ތަފުސީލުކޮށް ބަޔާންކޮށް ކިޔައިދެމުން އަންނަ ފަލަސްތީނުގެ ދެ ޒުވާނުންނެވެ. އެމީހުންނަށް މީސްމީޑިޔާއިންނާއި އެހެނިހެން ގޮތްގޮތުން ތާއިދު ލިބުން ވެގެން ދިޔައީ އިޒްރޭލު ސިފައިންނަށް ވަރަށް ބޮޑަށް ގެއްލުންވި ކަމެއް ކަމަކަށެވެ. އިޒްރޭލު ސިފައިންގެ އަނިޔާވެރި އެތައް އަމަލެއް އެމީހުންވަނީ ވީޑިޔޯކޮށް މުޅިދުނިޔެއަށް ފެންނާނެހެން އާންމުކޮށްފައެވެ.

އިޒްރޭލުން ޣައްޒާއަށް ބޮން އެޅުން ހުއްޓާލުމާއެކު މިހާރު ފަށައިގެން އުޅެނީ އެއަށްވުރެ މާ ބިރު ބޮޑު ހަނގުރާމައެކެވެ. މިހާރު އެމީހުންދަނީ އެމީހުންގެ ކޮރަޕްޓު ގާނޫނުތަކުގެ އެހީގައި ފަލަސްތީނުގެ ބިންތައް ފޭރިގަނެ އެ ގައުމުގެ މީހުންނަށް ބިރުދެއްކުމަށް މަސައްކަތްކުރަމުންނެވެ. މިގޮތުން ދާދިފަހުން އިޒްރޭލު ސިފައިން އަލް ޖަޒީރާ ނޫހުގެ ނޫސްވެރިއެއްވެސް ހައްޔަރުކޮށްފައިވެއެވެ.

މިއަދުގެ ވަގުތެއްގައި އިޒްރޭލު ސިފައިން ވަނީ މުނާ އާއި މުޙަންމަދު ދިރިއުޅެމުންދާ ގެޔަށް ވަދެގަނެ އެ ދެމީހުން ހައްޔަރުކުރަން މަސައްކަތްކޮށްފައެވެ. ނަމަވެސް އެވަގުތު މުޙަންމަދު ގޭގައި ނެތުމުން އެމީހުންނަށް ހައްޔަރުކުރެވިފައި ވަނީ ހަމައެކަނި މުނާއެވެ. މުޙަންމަދު ގެޔަށް އަންނަންދެން އެގެއިން ނުނިކުންނާނެކަމަށް ބުނެ އިޒްރޭލު ސިފައިން ވަނީ ބިރުދައްކާފައެވެ. އަދި އޭގެ ކުޑަ ވަގުތުކޮޅެއްފަހުން އެމީހުން ވަނީ މުޙަންމަދުވެސް ހައްޔަރުކޮށްފައެވެ. އެ ދެ މީހުން ހައްޔަރު ކުރި ގޮތުގެ ވީޑިޔޯތައް މީސްމީޑިޔާގައި ވަނީ އާންމުކޮށްފައެވެ.

ހައްޔަރުކުރުމަށްފަހު މުނާ މިހާރުވަނީ ދޫކޮށްލާފައެވެ. ނަމަވެސް މުޙަންމަދު އަދިވެސް ހުރީ އިޒްރޭލު ސިފައިންގެ ބެލުމުގެ ދަށުގައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް