ގާޒީ އަބްދުއްލާ އަލީގެ މައްސަލަ ސާބިތު ނުވާކަމަށް ނިންމައިފި

Loading

Facebook
Twitter
WhatsApp

 

ސިވިލް ކޯޓުގެ އިސް ގާޒީ އަބްދުއްލާ އަލީއާ ބެހޭގޮތުން ތަހްގީކުރި ސުލޫކީ މައްސަލަ ސާބިތު ނުވާކަމަށް ޖުޑީޝަލް ސާވިސްކޮމިޝަނު ( ޖޭއެސްސީ)ން ނިންމައިފިއެވެ.

ގާޒީ އަބްދުﷲ ގެ މައްސަލަ ޖޭއެސްސީއަށް ހުށަހެޅީ 2019 ވަނަ އަހަރުގެ ތެރޭގަ އެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނުން ބުނީ އަބްދުﷲ އާ ބެހޭ ގޮތުން އެ ކޮމިޝަނަށް ހުށައެޅި މައްސަލަ އެ ކޮމިޝަނުން ތަހުގީގު ކުރުމަށްފަހު އެ މައްސަލަ ސާބިތު ނުވާކަމަށް މިދިޔަ މެއި މަހުގެ 31ވަނަ ދުވަހު ބޭއްވި ކޮމިޝަންގެ ބައްދަލުވުމުން ނިންމާފައިވާކަމަށެވެ.

ގާޒީ އަބްދުﷲ އާ ގުޅޭގޮތުން މީގެ އިތުރުން ވެސް ޖޭއެސްސީއަށް މައްސަލައެއް ހުށަހަޅާފައިވެ އެވެ. އެ މައްސަލަ ވެސް ތަހުގީގު ކުރުމަށްފަހު މައްސަލަ ސާބިތު ނުވާ ކަމަށް އޭރު ނިންމާފައިވެ އެވެ.

މި މައްސަލަތަކާ ގުޅޭ އިތުރުތަފްސީލް ޖޭއެސްސީން ހާމަނުކުރެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް