މެލޭޝިއާގައި ކޮރޯނާ ވައިރަހުގެ އަދަދު ދަށްވިނަމަވެސް އައިސީޔޫ ގައި ފަރުވާދެވޭ ކޭސްތައް ދަނީ އިތުރުވަމުން

Loading

Facebook
Twitter
WhatsApp

މެލޭޝިއާގެ ވެރިރަށް ކުއާލަ ލަމްޕޫރުގައި ކޮރޯނާ ވައިރަހަށް ފައްސިވާ މީހުންގެ އަދަދު މިހާރު ވަނީ ކޮންމެވެސް ވަރަކަށް ދަށްވާން ފަށާފައެވެ. ނަމަވެސް އައިސީޔޫގައި ފަރުވާދެމުންދާ ބަލިމީހުންގެ އަދަދު ވަނީ ކަންބޮޑުވާ މިންވަރަށް އިތުރުވެފައެވެ.

އެ ގައުމުގެ އެކި ސަރަހައްދުތަކުގައި ހުރި ހޮސްޕިޓަލުތަކުގައި ޖުމްލަ 902 މީހުންނަށް ފަރުވާ ދެމުންދާކަމަށް މެލޭޝިޔާގެ ހެލްތު ޑިރެކްޓަރ ޖެނެރަލް، ޓާން ސްރީ ޑރ. ނޫރް ވަނީ ވިދާޅުވެފައެވެ.

މިހާރު ކުއާލަ ލަމްޕޫރްގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 84269 އެވެ. އަދި މި ބަލި ޖެހުނު މީހުންގެ ތެރެއިން 7548 މީހުންވަނީ ބަލިން ރަނގަޅު ވެފައެވެ.

އިއްޔެ އެ ސަރަހައްދުން ފައްސިވެފައިވަނީ 6241 މީހުންނެވެ. އަދި ހޮނިހިރު ދުވަހު ފައްސިވެފައިވަނީ 7452 މީހުންނެވެ. އަލަށް ފައްސިވީ މީހުންގެ ތެރޭގައި ހިމެނެނީ ކުއާލަ ލަމްޕޫރްގެ 5257 ރައްޔިތުންނާއި ބިދޭސީ 14 މީހުންނެވެ. މިހާތަނަށް މި ބަލީގައި އެ ގައުމުން 82 މީހުން ވަނީ މަރުވެފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް