ޗުއްޓީއާ ދިމާކޮށް އިންޑިއާ ޓީޗަރުންނަށް މޯލްޑިވިއަނުން ހާއްސަ ފްލައިޓްތަކެއް

ރާއްޖޭގައި މަސައްކަތް ކުރާ އިންޑިއާ ޓީޗަރުން ބޮޑު ޗުއްޓީއާ ދިމާކޮށް އެނބުރި ގައުމަށް ދާން ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަނުން އިތުރު ފްލައިޓް ތަކެއް ބާއްވަން ނިންމައިފި އެވެ. މޯލްޑިވިއަނުުން ބުނީ ބޮޑު ޗުއްޓީއާ ދިމާކޮށް އިންޑިއާ ޓީޗަރުންނަށް ހާއްސަ ކުރާ ފްލައިޓްތައް އޮންނާނީ މިމަހުގެ 18 އާއި 19 އެ ދެ ދުވަހު ކަމަށެވެ. މި ދަތުރުތައް އިންޑިއާގެ ކޮޗިން އާއި ޓްރިވެންޑްރަމް އަށް ބޭއްވުމަށް ވަނީ ހަމަޖައްސާފައެވެ. އެ ކުންފުނިން ބުނީ އެއީ މި […]
އައްޑޫ ފްލައިންގ ސްކޫލުން ކިޔަވާ ދަރިވަރުންގެ ލޯންތައް ހަޔަރ އެޑިއުކޭޝަނަށް ބަދަލުކޮށްފި

އައްޑޫ ސިޓީގައި ހިންގާ އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ)ގައި ކިޔަވާ ދަރިވަރުންގެ ތެރެއިން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލްގެ) ސްޓޫޑެންޓް ލޯނު ނަގާފައިވާ 15 ދަރިވަރެއްގެ ލޯނު މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަން )އެމްއެޗްއީ)ގެ ދަށަށް ބަދަލުކޮށްފި އެވެ. ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ނިންމެވުމާއި އެއްގޮތަށް އެމްއެޗްއީ އަށް މި ދަރިވަރުންގެ ލޯނު ބަދަލުވުމުން އެއްވެސް އިންޓްރެސްޓް އެ ދަރިވަރުން ދައްކާކަށް ނުޖެހޭނެކަމަށެވެ. އަދި މލޯނު އަނބުރާ […]
ހޯރަފުށި އެއަރޕޯޓްގެ ދަތުރުތައް އަންނަ ހަފްތާގައި ފަށަނީ

ވިއްސާރައިގައި ބޮޑެތި ގެއްލުންތަކެއްވެފައިވާ ހޯރަފުށި އެއަރޕޯޓްގެ ދަތުރުތައް މި މަހު 15 ފަށާނެކަމަށް ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީން ބުނެފިއެވެ. މިދިޔަ މަހު ރާއްޖެއަށް ކުރި ވިއްސާރައިގައި ކުޅުދުއްފުށި އެއަރޕޯޓްގެ ޓާމިނަލް އިމާރާތުގެ ދޮރުތައް ވެއްޓި އިމިރާތަށް ގެއްލުންވެފައިވާއިރު އުދަ އެރުމުގެ ސަބަބުން އެއާޕޯޓުގެ ހައިވޭ އަދި ރަންވޭއަށް ވަނީ ވެއްޔާއި ގާ އަރައިފަ އެވެ. އަދި ހޯރަފުއްޓާ ހޯރަފުށީ އެއަރޕޯޓް ގުޅާލާ ކޯޒްވޭއަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. މި ގެއްލުންތަކުގެ ސަބަބުން އެއަރޕޯޓަށް ދަތުރުތައް […]
މިއީކީ ސިޔާސީ ހަލަބޮލިކަމެއްގެ ތެރެއަށް ދާންވީ ވަގުތެއްނޫން: ރައީސް

މިއީކީ ސިޔާސީ ހަލަބޮލިކަމެއްގެތެރެއަށް ދާންވީ ވަގުތެއްނޫންކަމުގައި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް އެމަނިކުފާނުގެ ޕާޓީ، އެމްޑީޕީގެ ބައެއް ޕާލަމެންޓު މެންބަރުގެ ފާޑުކިއުންތައް އަމާޒުވެފައިވާ ދަނޑިވަޅެއްގައި މިއަދު ބޭއްވި ނޫސް ކޮންފަރެންސުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މިއީ މިގައުމު ސަލާމަތްކުރަން ލިބިފައިއޮތް ވަރަށް ރަނގަޅު ފުރުސަތެއްކަމުގައެވެ. ”ސަރުކާރާއި ރައްޔިތުންގެ މަޖިލީހާއި އެކީގައި މަސައްކަތްކޮށްގެން، ގައުމު ވެއްޓިފައި މި އޮތް ބިރުވެރި އަނދަވަޅުން ސަލާމަތް ކުރުމަށް ކުރެވެން ހުރި ވަރަށް […]
އިންޑިއާގެ ކާރުޚާނާއެއްގައި ރޯވެ 18 މީހުން މަރުވެއްޖެ

އިންޑިއާގެ ޕޫނޭގައި ކެމިކަލް ކާރުޚާނާއެއްގައި ރޯވުމުގެ ސަބަބުން 18 މީހުން މަރުވެ ގިނަ އަދަދެއްގެ ބަޔަކު ޒަޚަމްވެއްޖެއެވެ. ނިއުސް އެޖެންސީތަކުން ޚަބަރުދިން ގޮތުގައި ހޯމަދުވަހު މެންދުރުފަހުން ކާރުޚާނާގައި ކުއްލިއަކަށް ހިނގި އަލިފާނުގެ ނުރައްކާތެރި ހާދިސާގައި ފިހި އަދި އެކިގޮތްގޮތަށް ޒަޚަމްވި މީހުން ކާރުޚާނާއާ ކައިރީގައި ހުރި ހޮސްޕިޓަލްތަކަށް ގެންގޮސްގެން މިހާރު ދަނީ ފަރުވާ ދެމުންނެވެ. ކާރުޚާނާގައި އަލިފާނުގެ ހާދިސާއެއް ހިނގި ޚަބަރު ލިބުމާއެކު އަލިފާން ނިއްވާ މީހުންނާއި ތަކެތި އެތަނަށް ގެންގޮސް ވަނީ އަލިފާން ނިއްވާލުމުގެ މަސައްކަތް […]
ދައުލަތުން އަނިޔާ ލިބުނު ފަރާތްތަކުން އިންސާފަށް އެދުމުގެ ފުރުސަތު ހުޅުވާލަނީ

ދައުލަތުން އެކިގޮތްގޮތަށް އނިޔާލިބިފައިތި ފަރާތްތަކަށް އިންސާފު ހޯދައިދުނުމަށް މި ސަރުކާރުން އުފެއްދި އޮމްބަޑްސްޕަރސަންގެ އޮފީހަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު މި އަންނަ އާދީއްތައިން ފެށިގެން ހުޅުވާލަން ނިންމައިފިއެވެ. އެ އޮފީހުން ބުނީ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަން ގެއްލުމާއި ބަދަލު ނަގައިދިނުމަށް އެދޭ ފޯމު މިމަހުގެ 13 ވަނަ ދުވަހުން ފެށިގެން އެ އޮފީހުން ލިބޭނެ އެވެ. އަދި އެ ދުވަހުން ފެށިގެން މައްސަލަތައް ހުށަހަޅަން ދެ މަސް ދުވަހުގެ މުއްދަތެއް ދޭނެ ކަމަށް އެ […]
އަމީރު އަހްމަދު ހިންގި ބިން 35 އަހަރަށް އެޑިއުކޭޝަން މިނިސްޓްރީއަށް

ކުރީގެ އަމީރު އަހްމަދު ސްކޫލް ހިންގި ބިން، ތަޢުލީމުދޭ މަރުކަޒެއް ހިންގުމަށް 35 އަހަަރަށް އެޑިއުކޭޝަން މިނިސްޓްރީއަށް ދިނުމަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ. މާލެ ސިޓީގެ ތަރައްގީގެ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މި ބިން ދޫކުރުމަށް ކައުންސިލުން ނިންމާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި އެޑިއުކޭޝަން މިނިސްޓްރީގެ އެދުމުގެ މަތިންކަމަށާ މި ބިމިގައި ތައުލީމުދޭ މަރުކަޒެއް ހިންގާ ބެލެހެއްޓުމަށް އެޑިއުކޭޝަން މިނިސްޓްރީއަށް […]
އޮންލައިން އަދަބީ އީދެއް ބާއްވަނީ

ތަފާތު އަދަބީ މުބާރާތްތަކެއް ހިމެނޭ ގޮތަށް ”އޮންލައިން އަދަބީ އީދެއް“ ބާއްވަން ދިވެހިބަހުގެ އެކަޑެމީން ހަމަޖައްސައިފިއެވެ. ދިވެހިބަހުގެ އެކަޑެމީން ބުނީ އަދަބީ އީދުގެ މަގްސަދަކީ ސްކޫލް ދަރިވަރުންނާއި ބެލެނިވެރިންގެ މެދުގައި ބަހަށް އޮތް ޝައުގުވެރިކަން އިތުރުކޮށް ބަސް ރައްކާތެރިކުރުމަށް މަސައްކަތް ކުރާނެ ޖީލެއް ބިނާކުރުމެވެ. އާންމުންނަށް ހުޅުވާލައިގެން ބާއްވާ މި އަދަބީ އީދުގައި ތަފާތު ތިން އުމުރުފުރާއަށް ބަހާލައިގެން ކުރިއަށް ގެންދަން ނިންމާފައިވެއެވެ. އެއީ 10 އަހަރާއި 13 އަހަރާ ދެމެދުގެ އުމުރުފުރާ، 13 އަހަރާއި […]
އެންދަމަން އުޅެނިކޮށް ހާލުދެރަވި މީހަކު މަރުވެއްޖެ

ގއ. ދެއްވަދޫ ކައިރިއަށް އެންދަމަން މޫދަށް އެރި އުޅެނިކޮށް ހާލު ދެރަވި މީހަކު މަރުވެއްޖެ އެވެ. ފުލުހުން ބުނީ މަރުވެފައިވަނީ ހދ. ވައިކަރަދޫ، ކަސްތޮޅި 59، މުހައްމަދު ރަޝީދު ކަމަށެވެ. އޭނާ މަހަށް ގޮސްފައިވަނީ ސ. ހިތަދޫ މޯހިރު ދޯނިން ކަމަށް ވެސް ފުލުހުން ބުނެއެވެ. އިއްޔެ ހަވީރު އެންދަމަން މޫދުގައި އުޅެނިކޮށް ހާލު ސީރިއަށްވެގެން އެމީހާ ދެއްވަދޫ ހެލްތު ސެންޓަރަށް ގެންދިޔައެވެ. ހެލްތު ސެންޓަރަށް އެމީހާ ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހެލްތު ސެންޓަރާ […]
ޝާހިދު އދ. އިންތިހާބު ކާމިޔާބު ކޮށްފި

އދގެ އާންމު މަޖިލީހުގެ ރައީސަކު ހޯދަން ބޭއްވި އިންތިހާބު ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ކާމިޔާބު ކުރައްވައިފި އެވެ. މިނިސްޓަރު ޝާހިދަށް ލިބިވަޑައިގަތީ 191 ވޯޓުގެ ތެރެއިން 143 ވޯޓުންނެވެ. ޝާހިދުއާ ވާދަކުރެއްވި އަގްފާނިސްތާނުގެ ޑރ. ޒަލްމާއި ރަސޫލަށް ލިބިވަޑައިގަތީ 48 ވޯޓެވެ. އދގެ އާންމު މަޖިލީހުގެ 76 ވަނަ މަޖިލީހުގެ ރައީސްކަމާ ޝާހިދު ހަވާލުވެވަޑައިގަންނަވާނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. މިނިސްޓަރު ޝާހިދު އދގެ އާންމު މަޖިލީހުގެ 76 ވަނަ […]
