އޮންލައިން އަދަބީ އީދެއް ބާއްވަނީ

Loading

Facebook
Twitter
WhatsApp

 

ތަފާތު އަދަބީ މުބާރާތްތަކެއް ހިމެނޭ ގޮތަށް ”އޮންލައިން އަދަބީ އީދެއް“ ބާއްވަން ދިވެހިބަހުގެ އެކަޑެމީން ހަމަޖައްސައިފިއެވެ.

ދިވެހިބަހުގެ އެކަޑެމީން ބުނީ އަދަބީ އީދުގެ މަގްސަދަކީ ސްކޫލް ދަރިވަރުންނާއި ބެލެނިވެރިންގެ މެދުގައި ބަހަށް އޮތް ޝައުގުވެރިކަން އިތުރުކޮށް ބަސް ރައްކާތެރިކުރުމަށް މަސައްކަތް ކުރާނެ ޖީލެއް ބިނާކުރުމެވެ.

އާންމުންނަށް ހުޅުވާލައިގެން ބާއްވާ މި އަދަބީ އީދުގައި ތަފާތު ތިން އުމުރުފުރާއަށް ބަހާލައިގެން ކުރިއަށް ގެންދަން ނިންމާފައިވެއެވެ. އެއީ 10 އަހަރާއި 13 އަހަރާ ދެމެދުގެ އުމުރުފުރާ، 13 އަހަރާއި 17 އަހަރާ ދެމެދުގެ އުމުރުފުރާ ގެ އިތުރުން 17 އަހަރާއި 20 އަހަރާ ދެމެދުގެ އުމުރުފުރާއަށެވެ.

އަދަބީ އީދުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މުބާރާތްތަކަކީ ބަނދި ކިޔުން، ޅެން ކިޔުން، ވާހަކަ ހުށަހެޅުން އަދި ރައިވަރު ކިޔުންއެވެ.

މި އީދުގައި ބައިވެރިވާ ކޮންމެ ފަރާތަކަށްވެސް ބައިވެރިވެވޭނީ ގިނަވެގެން  ދެ މުބާރާތުގައި ކަމަށް އެކަޑެމީން ބުނެއެވެ.

މި އީދުގައި ބައިވެރިވުމަށް އެކަމަށް ތައްޔާރުކޮށްފައިވާ ގޫގުލްފޯމު ކޮންމެ ދުވަހެއްގެ މެންދުރުފަހު 14:00 ކުރިން ފުރުމަށްފަހު އެކަޑަމީއަށް ހުށަހަޅަންޖެހެއެވެ.

އޮންލައިންކޮށް ބާއްވާ މި އީދުގައި ބައިވެރިވާން އެދޭ ފޯމާއި ތަކެތި ހުށަހަޅަން ހަންގާފައިވަނީ އެކި އުމުރުފުރަޔަށް ވަކިވަކި ތާރީހް ތަކެއްގައި ސްންގަޑި ހަމަވާގޮތަށެވެ. އެގޮތުން 10 އަހަރާއި 13 އަހަރާ ދެމެދުގެ އުމުރުފުރާގެ ކުދިން 28 ޖޫންގެ ކުރިން ފޯމު ހުށަހަޅަން ޖެހޭއިރު 13 އަހަރާއި 17 އަހަރާ ދެމެދުގެ އުމުރުފުރާ ކުދިން ފޯމު ހުޑަހަޅަންޖެހެނީ 29 ޖޫންގެ ކުރިންނެވެ. އަދި  17 އަހަރާއި 20 އަހަރާ ދެމެދުގެ އުމުރުފުރާގެ ބައިވެރިން ފޯމު ހުށަހަޅަން ޖެހެނީ 30 ޖޫން އެވެ.
ބަހުގެ އެކެޑަމީން ބުނީ މުބާރާތަށް ހުށަހަޅާ އަދަބީ އުފެއްދުންތައް ހުށަހަޅަން ޖެހެނީ ޓެލެގްރާމުން 7986230 ނަންބަރަށް ކަމަށެވެ. އަދަބީ އުފެއްދުންތަކުގެ ވީޑިއޯ ފޮނުވާއިރު ވީޑީއޯ ފޮނުވަން ޖެހެނީ އެމްޕީ 4 ފޯމެޓުގައި ލޭންޑް ސްކޭޕްކޮށް ކަމުގައި ދިވެހިބަހުގެ އެކަޑަމީން ބުނެއެވެ.

އަދި ފޮނުވާ އަދަބީ އުފެއްދުމުގެ ވީޑިއޯގައި ކޮންމެ ބައިވެރިއެއްގެ ނަމާއި އެޑްރެހާއި އުމުރުފުރާ އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ޖަހަންޖެހެއެވެ.

ދިވެހި އަދަބު ކުރިއެރުވުމާއި އަދަބީ އުފެއްދުންތައް ހުށަހެޅުމުގެ ހުނަރު ތަރައްގީކޮށް ކުރިއަރުވާ ދެމެހެއްޓުމަށްޓަކައި
ދިވެހިބަހުގެ އެކަޑެމީން ބާއްވާ އަދަބީ އީދަކީ 2014 ވަނަ އަހަރުން ފެށިގެން ދިވެހި ބަހުގެ އެކެޑަމީން ބާއްވަމުން އަންނަ މުބާރާތެކެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް