އައްޑޫ ފްލައިންގ ސްކޫލުން ކިޔަވާ ދަރިވަރުންގެ ލޯންތައް ހަޔަރ އެޑިއުކޭޝަނަށް ބަދަލުކޮށްފި

Loading

Facebook
Twitter
WhatsApp

 

އައްޑޫ ސިޓީގައި ހިންގާ އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ)ގައި ކިޔަވާ ދަރިވަރުންގެ ތެރެއިން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލްގެ) ސްޓޫޑެންޓް ލޯނު ނަގާފައިވާ 15 ދަރިވަރެއްގެ ލޯނު މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަން )އެމްއެޗްއީ)ގެ ދަށަށް ބަދަލުކޮށްފި އެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނީ  ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ނިންމެވުމާއި އެއްގޮތަށް އެމްއެޗްއީ އަށް މި ދަރިވަރުންގެ ލޯނު ބަދަލުވުމުން އެއްވެސް އިންޓްރެސްޓް އެ ދަރިވަރުން ދައްކާކަށް ނުޖެހޭނެކަމަށެވެ.
އަދި މލޯނު އަނބުރާ ދައްކަން ފަށަން ޖެހޭނީ ތަމްރީނު ފުރިހަމަކޮށް ނިމޭތާ 6 މަސްފަހުންކަމަށް ވެސް އެމްއެޗްއީން ބުނެއެވެ.

މީގެ ކުރިންވެސް މިނިސްޓްރީގެ މަތީ ތައުލީމާއި ތަމުރީނުގެ ލޯނު ފުރުސަތުގެ ދަށުން މިވަގުތު އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސްގައި ކިޔަވާ 96 ދަރިވަރުންގެވެސް ލޯނު އަނބުރާ ދައްކަން ފެށުމުގެ މުއްދަތު، ކޯސް ނިންމޭ މުއްދަތަށް ހެކި ލިބޭނެ ލިޔެކިޔުން ދަރިވަރުން ހުށަހެޅުމުން، ކޯސް ނިންމޭ ތާރީޚަކުން ފެށިގެން 6 މަސް ދުވަހަށް ވަނީ ބަދަލުކޮށްދީފައެވެ.

އޭއޭއޭގައި ކިޔަވަމުންދާ ދަރިވަރުންނަށް ހައްލުތަކެއް ހޯދައި ދިނުމުގެ މަސައްކަތުގެ ތެރެއިން ބީއެމްއެލްގެ ކިޔަވާ ލޯނު ނަގާފައިވާ އިތުރު ދަރިވަރުންތަކެއްގެ ލޯނުވެސް މިނިސްޓްރީގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް މިހާރުވެސް  ކުރަމުންދާ ކަމަށް އެމިނިސްޓްރީން ހާމަކުރެއެވެ.

އޭއޭއޭގައި ކިޔަވާ ދަރިވަރުންގެ ލޯނަށް ލުއި ގޮތްތަކެއް ހަމަޖައްސައިދީފައި ވަނީ އެތަނުގައި ކިޔަވާ ދަރިވަރުުންގެ ކިޔެވުން ފުރިހަމަ ނުވެ ދިގުލައިގެން ގޮސްފައިވާތީ އެވެ. ފްލަައިން ސްކޫލުގެ އިހުމާލު އެކަމުގައި އޮތް އިރު ސަރުކާރުން ވަނީ އެތަނުގެ ވެރިންނަށް ފިޔަވަޅު އަޅައިފަ އެވެ. އެގޮތުން އޭއޭއޭގެ ޓްރެއިންގް ހެޑް ސުރަންޖަން ޑި ސިލްވާ އަށް ދޫކޮށްފައިވާ ހުއްދަ ސަރުކާރުން ވަނީ ބާތިލުކޮށްފަ އެވެ.

ފްލައިން ސްކޫލްގެ މައްސަލަތަކުގެ ތެރޭގައި އެތަނުގައި ކިޔަވައިދެމުން އަންނަ 170 އަށްވުރެ ގިނަ ދަރިވަރުންނަށް ބޭނުންވާވަރަށް މުދައްރިސުން ނެތުމާއި ފްލައިންގެ ގަޑި ހަމަކުރުމަށާއި ކިޔެވުމުގައި ބޭނުންކުރާނެ ބޯޓު ނެތުމުގެ މައްސަލަވެސް ވަނީ ފެންމަތިވެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް