ހުޅުމާލޭގައި ހަދާ 1000 ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް ފަށައިފި

    ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ތެރެއިން ހުޅުމާލޭގައި އެޅުމަށް ހަމަޖެހިފައިވާ 1000 ހައުސިން ޔުނިޓް އެޅުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. އެޕޯލޯ ހޯލްޑިގްސްއިން އާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި ހައުސިން ޔުނިޓްތަކުގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފައެވެ. މި މަޝްރޫއުގައި އެކި ރޭންޖްގެ ހައުސިންގ ޔުނިޓްތައް ހިމެނެއެވެ. ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ހިންގުމަށް ހަމަޖެހިފައިވާ މި މަޝްރޫގައި  އަޅާ ހައުސިން ޔުނިޓްތަކުގައި ހިމެނެނީ އެންމެ އގުހެޔޮ ފްލެޓްތަކުގެ ގޮތުގައި ދޫކުރާ […]

ޝާހިދުގެ ޗީފް އޮފް ސްޓާފަކަށް އިންޑިއާ މީހަކު ހަމަޖައްސައިފި

  އދ. ގެ އާއްމު މަޖިލީހުގެ 76 ރައީސްކަމަށް އިންތިހާބުވެވަޑައިގެންގެންނެވި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲގެ ޝާހިދު ޗީފް އޮފް ސްޓާފްގެ މަގާމަށް އިންޑިއާއިން އދ. އަށް ކަނޑައަޅާފައިވާ ސަފީރުގެ ނައިބު ނަގަރާޖް ނައިޑޫ ކުމާރު ހަމަޖައްސައިފި އެވެ.   މަޖިލީހުގެ ރިޔާސަތުގެ އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު ، އާއްމު މަޖިލީހުގައި ތަގުރީރުކުރައްވަމުން ޝާހިދު ވިދާޅުވީ އޭނާގެ ޓީމަކީ ހަމަހަމަކަން ގާއިމްކުރަން ހުރިހާ ސަރަހައްދެއް ތަމްސީލުކުރެވޭ ޓީމަކަށް ހަދާނެ ކަމަށެވެ. އަދި އެކި ގައުމުތަކުގެ މައްޗަށް ބަހާލެވޭ […]

ޝާހިދުގެ މަންދޫބަކަށް ތިލްމީޒާ

އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ރައީސް ކަމަށް އިންތިހާބުވެ ވަޑައިގެންނެވި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ހާއްސަ މަންދޫބަކަށް ތިލްމީޒާ ހުސެން ހަމަޖައްސަވައިފި އެވެ. ތިލްމީޒާއަކީ ރާއްޖެއިން އދ. އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ވެސް މެއެވެ. މަޖިލީހުގެ ރިޔާސަތުގެ އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު އދ. ގެ އާންމު މަޖިލީހުގައި ތަގްރީރު ކުރައްވަމުން ޝާހިދު ވިދާޅުވެފައި ވަނީ އޭނާގެ ޓީމަކީ ޖިންސުގެ ހަމަހަމަކަން އޮންނަ އަދި ހުރިހާ ޖިއޮގްރަފިކަލް ސަރަހައްދުތައް ތަމްސީލް […]

އަރަބިއްޔާ ސްކޫލު އިމާރާތް ފަސް އަހަރު ފަހުން ބޭނުން ނުކުރެވޭނެ

    އަރަބިއްޔާ ސްކޫލު އިމާރާތް ކުރިއަށް އޮތް ފަސް އަހަރުފަހުން ބޭނުނުން ނުކުރެވޭނެކަމަށް އިންސްޕެކްޝަން ރިޕޯޓުން ބުނެފި އެވެ. އަރަބިއްޔާ ސްކޫލުގެ އިމާރާތުގެެ ތަނބުތަކުގައި ރެދުލައި ބައިބައިވެ ވެއްޓެމުންދާކަމުގެ ބޮޑެތި ޝަކުވާތައް ބެލެނިވެރިންގެ ފަރާތުން ލިބެމުން ދިއުމާގުޅިގެން އެޑިއުކޭޝަނުން ބަޔަކާ ހަވާލުކޮށްގެން އެ ސުކޫލްގެ އިންސްޕެކްޝަނެއް ކުރުވިއެވެ. މި އިސްޕެކްޝަނަށްފަހު އެކުލަވާލި އިިންސްޕެކްޝަން ރިޕޯޓްގައި ބުނެފައިވަނީ ކުރިއަށް އޮތް 3-5 އަހަރުތެރޭ މި ސުކޫލް އިމާރާތް ބޭނުންކުރުން ރައްކާތެރި ނުވާނެކަމަށެވެ. ރިޕޯޓްގައ ބުނާގޮތުން މި ސުކޫލް […]

ޝަރީއަތުގައި އޮންލައިންކޮށް ބައިވެވޭނެގޮތް ހަދައިދިނުމަށް އަލީވަހީދު އެދިއްޖެ

  ޖިންސީގޯނާގެ ބޮޑެތި ދައުވާތަކެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކާ ގުޅިގެން މާދަމާ ބާއްވާ ޝަރީއަތުގެ އަޑުއެހުމުގައި އޮންލައިންކޮށް ބައިވެރިވެވޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށް އަލީ ވަހީދު އެދިވަޑައިގެންފި އެވެ. އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލުމަށް ޖާމިނުވި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑޭ)އާ އެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާ ތާރީހަށް ތާވަލުކޮށްފައިވާ މި އަޑުއެހުމަށް ވީޑިއޯ ކޯލެއް މެދުވެރިކޮށް ބައިވެރިވުމުގެ އިންތިޒާމު ހަމަޖައްސައިދިނުމަށް […]

ިދިރާސީ އަހަރު ނިމެންދެން ކިޔަވައިދޭނީ އޮންލައިންކޮށް

މި ހިނގާ ދިރާސީ އަހަރު ނިމެންދެން މާލޭގެ ސްކޫލުތަކުގެ ކިޔެވުން އޮންލައިންކޮށް ކުރިއަށް ގެންދަން  އެޑިއުކޭޝަން މިނިސްޓްރީއިން ނިންމައިފި އެވެ. އެޑިއުކޭޝަން މިނިސްޓްރީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކޮވިޑް-19ގެ ހާލަތަށް ރިއާއަތްކޮށް، ހެލްތް ފްރޮޓެކްޝަން އެޖެންސީ ( އެޗްޕީއޭ)ގެ ލަފާގެ މަތިން، މި ދިރާސީ އަހަރު ނިމެންދެން މާލޭ ސަރަހައްދުގެ ސްކޫލުތަކުގެ ހުރިހާ ގްރޭޑަކަށްވެސް އޮންލައިންކޮށް ކިޔަވައިދޭން ނިންމާފައިވާކަމަށެވެ. ކޮވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށް ސަރުކާރުން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކުގެ ތެެރެއިން މިހާރުވެސް މާލޭ ސަރަހައްދާއި މޮނިޓަރިންގައި […]

ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެގައި ފުލުހުންގެ ވެހިކަލަކަށް ގެއްލުން ވެއްޖެ

  ބްރިޖް ހައިވޭގައި މަޑުކޮށްގެން އޮތް ފުލުހުންގެ ވެހިކަލް އެއްގައި ޕިކަޕަކުން ޖެހި ހިނގި އެކްސިޑެންޓެއްގައި ފުލުހުންގެ ވެހިކަލްއަށް ގެއްލުން ތަކެއް ވެއްޖެއެވެ. ފުލުހުން ބުނީ އެ ވެހިކަލް އަކީ ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓަކާ ގުޅިގެން އެތަނަށް ދިޔަ ވެހިކަލްއެއްކަމަށެވެ. މި އެކްސިޑެންޓް ހިނގީ މާލެ އިން ހުޅުމާލެ ދިޔަ ޕިކަޕަކުން ފުލުހުންގެ ވެހިކަލްގައި ޖެހިގެން ކަމަށެވެ. މި އެކްސިޑެންޓްގައި މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް ފުލުސް ވެހިކަލާއި އެ ޕިކަޕަށް […]

ދުނިޔޭގެ ރެކޯޑެއް: ދެކުނު އެފްރިކާގެ ދެމަފިރިއަކަށް އެއްމާބަނޑު 10 ކުދީން

ދެކުނު އެފްރިކާގެ ދެމަފިރިއަކަށް އެއްމާބަނޑު 10 ކުދީން ލިބިއްޖެއެވެ. މީޑިއާއިން ޚަބަރުދިން ގޮތުގައި އުމުރުން 37 އަހަރުވީ ގޮސްޔާމީ ތަހެމާރާގެ ބަނޑުން 10 ކުދީން ނެގީ އޮޕްރޭޝަން ކޮށްގެންނެވެ. އެ 10 ކުދީންގެ ތެރޭގައި ހިމެނެނީ ހަތް ފިރިހެން ކުދީންނާއި ތިން އަންހެން ކުދީންނެވެ. ދިހަ ކުދީން ލިބުމުން ކުރިން މޮރޮކޯގެ އަންހެނަކު މީގެ ކުރީން ގާއިމުކޮށްފައިވާ ނުވަ ކުދީން ވިހެއުމުގެ ރިކޯޑު މުގުރާލައި އައު ރެކޯޑެއް ގާއިމު ކުރެވުނީއެވެ. މީގެ ކުރިން އެއްމާބަނޑު ނުވަ ކުދީން […]

ޔޫތު މިނިސްޓަރ އަހްމަދު މަހްލޫފް މަސައްކަތުން އެކަހެރިކުރަން ރައީސުލްޖުމްހޫރިއްޔާ ނިންމައިފި!

​މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހްމަދު މަހްލޫފްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ފޮނުވުމުން އެ އޮފީހުން ވަކި ގޮތެއް ނިންމަން ދެން މަހްލޫފް މަގާމުން އެކަހެރިވެ ހުންނެވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އަންގަވައިފިއެވެ. ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒް މިއަދު ވިދާޅުވީ، މަހުލޫފަށް ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވާފައިވާތީ، އޭނާއަށް ދައުވާ ކުރުމާ މެދު ޕީޖީ އޮފީހުން ގޮތެއް ނިންމަންދެން އޭނާ […]

ލައިސަންސް ކާޑާއި ރަޖިސްޓްރީތައް ދޫކުރުން ސެލްފް ކަލެކްޝަން ސްޓޭޝަންނެއް

އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ކާޑާއި ރަޖިސްޓްރީތައް ސެލްފް ކަލެކްޝަން ސްޓޭޝަންއަކުން ދޫކުރާގޮތަށް ހަމަޖައްސައިފިއެވެ. ސެލްފް ސަރވިސް މި ޚިދުމަތަކީ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން މުޅިން އަލަށް ފެށި ޚިދުމަތެކެވެ. ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ކުރިއަށް އޮތްތާ ލައިސެންސް ކާޑް ދޫކުރުމާއި ރަޖިސްޓްރީތައް ދޫކުރާނީ ޓްރާންސްޕޯޓް އޮތޯރިޓީގެ ދެވަނަ ފަންގިފިލާއިން ކަމަށެވެ. މި ސެންޓަރުން ލައިސަންސް ކާޑާއި ވެހިކަލް ރަޖިސްޓްރީތައް ދޫކުރާނެއެވެ. މި ޚިދުމަތަކީ ކިއުގައި ނުޖެހި އަވަސް، ފަސޭހަ ޚިދުމަތެއް ދިނުމަށްޓަކާ ޤާއިމުކުރި ޚިދުމަތެއްކަމަށް ޓްރާންސްޕޯޓުން […]