ހުޅުމާލޭގައި ހަދާ 1000 ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް ފަށައިފި

395

 

 

ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ތެރެއިން ހުޅުމާލޭގައި އެޅުމަށް ހަމަޖެހިފައިވާ 1000 ހައުސިން ޔުނިޓް އެޅުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

އެޕޯލޯ ހޯލްޑިގްސްއިން އާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި ހައުސިން ޔުނިޓްތަކުގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފައެވެ.
މި މަޝްރޫއުގައި އެކި ރޭންޖްގެ ހައުސިންގ ޔުނިޓްތައް ހިމެނެއެވެ. ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ހިންގުމަށް ހަމަޖެހިފައިވާ މި މަޝްރޫގައި  އަޅާ ހައުސިން ޔުނިޓްތަކުގައި ހިމެނެނީ އެންމެ އގުހެޔޮ ފްލެޓްތަކުގެ ގޮތުގައި ދޫކުރާ ކައުންސިލް ހައުސިންގް އާއި މަތީފަންތީގެ ފަރާތްތަކަށް ހާއްސަ ފްލެޓްތަކުގެ އިތުރުން މެދުފަންތީގެ ފަރާތްތަކަށް ހާއްސަ ކޮށްގެން ދޫކުރާ ފްލެޓްތަކެވެ.

މާލެއަށް ދިމާވެފައިވަ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށް ދެއްވުމަށްޓަކައި މިދައުރުގެ ތެރޭގައި 15000 ހައުސިން ޔުނިޓް އި މާރާތްކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވަނީ ވިދާޅުވެފައެވެ. އަދި މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ މިއަހަރުގެ ތެރޭގައި 5000 ހައުސިން ޔުނިޓް ފަށާނެކަމަށެވެ.

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ