ިދިރާސީ އަހަރު ނިމެންދެން ކިޔަވައިދޭނީ އޮންލައިންކޮށް

Loading

Facebook
Twitter
WhatsApp

މި ހިނގާ ދިރާސީ އަހަރު ނިމެންދެން މާލޭގެ ސްކޫލުތަކުގެ ކިޔެވުން އޮންލައިންކޮށް ކުރިއަށް ގެންދަން  އެޑިއުކޭޝަން މިނިސްޓްރީއިން ނިންމައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކޮވިޑް-19ގެ ހާލަތަށް ރިއާއަތްކޮށް، ހެލްތް ފްރޮޓެކްޝަން އެޖެންސީ ( އެޗްޕީއޭ)ގެ ލަފާގެ މަތިން، މި ދިރާސީ އަހަރު ނިމެންދެން މާލޭ ސަރަހައްދުގެ ސްކޫލުތަކުގެ ހުރިހާ ގްރޭޑަކަށްވެސް އޮންލައިންކޮށް ކިޔަވައިދޭން ނިންމާފައިވާކަމަށެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށް ސަރުކާރުން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކުގެ ތެެރެއިން މިހާރުވެސް މާލޭ ސަރަހައްދާއި މޮނިޓަރިންގައި އޮތް ރަށްރަށުގެ ސްކޫލުތަކުގައި ކިޔަވައިދެނީ އޮންލައިންކޮށެވެ.

މިދިރާސީ އަހަރު ނިމޭނީ މި މަހުގެ 24 ވަނަ ދުވަހު އެވެ. ދެން އަންނަ ދިރާސީ އަހަރު ފެށޭނީ އޮގަސްޓް މަހުގެ ކުރީކޮޅުގައެވެ.

ކޮވިޑްގެ ހާލަތު ގޯސްވެ މާލޭ ސަރަހައްދުގައި އޮތީ ހާއްސަ ފިޔަވަޅުތަކެއް އަޅާފަ އެވެ. އެގޮތުން ހަވީރު 4:00އިން ފެށިގެން ކާފިއު ހިންގަ އެވެ. އަދި ސަރުކާރު އޮފީސްތައްވެސް ބަންދުކުރަން ވަނީ ނިންމައިފަ އެވެ.

 

 

Top of Form

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް