ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެގައި ފުލުހުންގެ ވެހިކަލަކަށް ގެއްލުން ވެއްޖެ

Loading

Facebook
Twitter
WhatsApp

 

ބްރިޖް ހައިވޭގައި މަޑުކޮށްގެން އޮތް ފުލުހުންގެ ވެހިކަލް އެއްގައި ޕިކަޕަކުން ޖެހި ހިނގި އެކްސިޑެންޓެއްގައި ފުލުހުންގެ ވެހިކަލްއަށް ގެއްލުން ތަކެއް ވެއްޖެއެވެ.

ފުލުހުން ބުނީ އެ ވެހިކަލް އަކީ ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓަކާ ގުޅިގެން އެތަނަށް ދިޔަ ވެހިކަލްއެއްކަމަށެވެ.

މި އެކްސިޑެންޓް ހިނގީ މާލެ އިން ހުޅުމާލެ ދިޔަ ޕިކަޕަކުން ފުލުހުންގެ ވެހިކަލްގައި ޖެހިގެން ކަމަށެވެ.

މި އެކްސިޑެންޓްގައި މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށް ފުލުހުން ބުނެއެވެ.

ނަމަވެސް ފުލުސް ވެހިކަލާއި އެ ޕިކަޕަށް އެކިވަރުގެ ގެއްލުން ވެފައިވެއެވެ.

ފުލުހުން ބުނީ އެކްސިޑެންޓްވި ޕިކަޕު މިހާރު ޓޯ ކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ބަލަމުންދާ ކަމަށްވެސް ވަނީ ބުނެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް