ޝާހިދުގެ ޗީފް އޮފް ސްޓާފަކަށް އިންޑިއާ މީހަކު ހަމަޖައްސައިފި

Loading

Facebook
Twitter
WhatsApp

 

އދ. ގެ އާއްމު މަޖިލީހުގެ 76 ރައީސްކަމަށް އިންތިހާބުވެވަޑައިގެންގެންނެވި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲގެ ޝާހިދު ޗީފް އޮފް ސްޓާފްގެ މަގާމަށް އިންޑިއާއިން އދ. އަށް ކަނޑައަޅާފައިވާ ސަފީރުގެ ނައިބު ނަގަރާޖް ނައިޑޫ ކުމާރު ހަމަޖައްސައިފި އެވެ.

 

މަޖިލީހުގެ ރިޔާސަތުގެ އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު ، އާއްމު މަޖިލީހުގައި ތަގުރީރުކުރައްވަމުން ޝާހިދު ވިދާޅުވީ އޭނާގެ ޓީމަކީ ހަމަހަމަކަން ގާއިމްކުރަން ހުރިހާ ސަރަހައްދެއް ތަމްސީލުކުރެވޭ ޓީމަކަށް ހަދާނެ ކަމަށެވެ. އަދި އެކި ގައުމުތަކުގެ މައްޗަށް ބަހާލެވޭ ޓީމަކަށް ހަދާނެ ކަމަށް ވިދާޅުވެފައި ވެ އެވެ.

ތަރައްގީވެފައިވާ އަދި ތަރައްގީވަމުން އަންނަ ގައުމުތައް ވެސް ހިމަނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އޭގެ އިތުރުން އދ. ގެ އާއްމު މަޖިލީހުގެ ރައީސްގެ ހާއްސަ މަންދޫބަކަށް ރާއްޖެއިން އދ. އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ތިލްމީޒާ ހުސެއިން ހަމަޖައްސަވާފައި ވެ އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް