ޗައިނާ އަދި އީރާނުގެ ޚާރިޖީ ވަޒީރުން، އީރާނު ހަގުރާމަ ފެށުނު ފަހުން ފުރަތަމަ ފަހަރަށް ބައްދަލް ކުރައްވާ މަޝްވަރާތައް ބާއްވަވައިފިއެވެ. ބުދަ ދުވަހު ބޭޖިންގ ގައި ބޭއްވެވި ބައްދަލް ވުމުގައި ޗައިނާގެ ޚާރިޖީ ވަޒީރު ވެންގ ޔީ ވަނީ ވީހާވެސް އަވަހަކަށް ހޮރްމޫސް ކަނޑުއޮޅި ހުޅުވުމަށް ގޮވާލައްވާފައެވެ.
މީގެ އިތުރުން ދެމިގެންދާ ”ސީސްފަޔަރ“ އެއް ހޯދުމަކީ އަރޖަންޓް ”ޕްރަޔޮރިޓީ“ އެއްކަމަށާ މަޝްވަރާތަކުގައި ދެމިތިބުން މުހިންމު ކަމަށް ވެސް ވިދާޅުވެފައި ވެއެވެ. އަދި މަޝްރަހް ފިނިކޮށް ހާސްކަން ކެނޑުވުމަށް އެހީތެރިވުމަށް ބޭޖިންގ އޮތީ ތައްޔާރަށް ކަމަށްވެސް ވިދާޅުވެފައި ވެއެވެ.އީރާން އަދި ޗައިނާގެ ޚާރިޖީ ވަޒީރުން ބައްދަލް ކުރައްވާފައިމިވަނީ ފެށޭ ހަފްތާގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ޗައިނާގެ ރައީސް ޝީޖިންޕިންގ ސަމިޓް ބައްދަލް ވުމެއް ބޭއްވުމަށް ތައްޔާރުވެފައިވާ ދަނޑިވަޅެއްގައެވެ. މިބައްދަލް ކުރެއްވުމުގައިވެސް އީރާން ހަނގުރާމަ އަދި ހޮރްމޫސް ކަނޑުއޮޅި ހުޅުވުމުގެ މައްސަލަޔަށް ދެލީޑަރުން ޚިޔާލް ބަދަލް ކުރައްވާނެ ކަމަށް ބެލެވެއެވެ.އީރާން ހަނގުރާމަ ފެށުނީއްސުރެވެސް ޗައިނާއިން އަންނަނީ މަޝްވަރާތައް ކުރިޔަށް ގެންދިއުމަށް ބާރު އަޅަމުންނެވެ.އީރާން އާއި އެމެރިކާ އާއި ދެމެދު ޕާކިސްތާން މެދުވެރިވެގެން އެޕްރިލްމަހު ބޭއްވުނު މަޝްވަރާތައްވެސް ހަމަޖައްސާފައިވަނީ ޗައިނާއިންނެވެ.ބުދަ ދުވަހުގެ ބައްދަލް ވުމުގައި ޗައިނާގެ ޚާރިޖީ ވަޒީރު ވެންގ ޔީ ވަނީ އީރާނުން ނިއުކްލިއަރ ހަތިޔާރު ނުއުފައްދާނެ ކަމަށް ބުނަމުން ގެންދާތީ އެކަމަށް މަރުހަބާ ވިދާޅުވެފައެވެ.ބުދަ ދުވަހުގެ ބައްދަލް ކުރެއްވުމުގައި އީރާންގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވަނީ ކުރިޔަށް އޮތް ދުވަސް ތަކުގައި އީރާނާއި ޗައިނާ އާއި ދެމެދު އޮތް ގުޅުންތައް އިތުރަށް ބަދަހިވެގެން ދާނެ ކަމަށް ވިދާޅުވެފައެވެ.އީރާން އާއި ޗައިނާ އާއި ދެމެދު އޮތް ގުޅުންތައް ފުޅާކޮށް ވަރުގަދަ ކުރުމަށް ދެގައުމުން ވެސް މަސައްކަތް ކުރަމުން އަންނައިރު އަރަގްޗީ ގެ މިދަތުރު ފުޅުގެ ސަބަބުން ވެސް ދެގައުމުގެ ދެމެދުއޮތް ސިޔާސީ އަދި އިގްތިސާދީ ގުޅުންތައް ވަރުގަދަވެގެން ދާނެ ކަމަށް މަޝްރަހް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
![]()
