ޔޫރަޕްގެ ގައުމުތަކުގެ ފުޓުބޯޅަ މުބާރާތް ފަށާމެޗުގައި މިރޭ ކުޅޭނީ ތުރުކީއާއި އިޓަލީ

ވޯލްޑްކަޕް ފިޔަވައި ދުނިޔޭގައި ބާއްވާ އެންމެ މަގުބޫލު ފުޓްބޯޅަ މުބާރާތަކީ ޔޫރަޕްގެ ގައުމުތަކުގެ މެދުގައި ބާއްވާ ފުޓުބޯޅަ މުބާރާތެވެ. ޔޫރޯ 2021 މިރޭ ފަށާއިރު ފުރަތަމަ މެޗުގައި ވާދަކުރާނީ ތުރުކީއާއި އިޓަލީއެވެ. މިރޭ މާލޭގަޑިން 12.00 ގައި ފަށާ މެޗު ކުޅެނީ އިޓަލީގެ ރޯމްގެ އޮލިމްޕިކް ސްޓޭޑިއަމްގައެވެ. އިޓަލީއަކީ ޔޫރަޕްގެ އަދި ދުނިޔޭގެ ވެސް ފުޓުބޯޅައިގެ ވަރުގަދަ ބާރަކަށްވާއިރު ތުރުކީ ފާހަގަކުރެވެނީ ޔޫރަޕުގެ އާދައިގެ ޓީމެއްގެ ގޮތުގައެވެ. ނަމަވެސް ތުރުކީއަކީ ހައިރާން ކުރުވާ ފަދަ ނަތީޖާ ނެރޭ […]

96  އެމްބިއުލާންސް ގެނައުމަށް އެސްޓީއޯ އާ ހަވާލުކޮށްފި

އަތޮޅުތެރެއަށް ބޭނުންވާ 96 އެމްބިއުލާންސް ގެނައުމަށްޓަކައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އާއި ހަވާލުކޮށްފިއެވެ. އެމްބިއުލާންސް ގެނައުމަށް ފިނޭންސް މިނިސްޓްރީން އެސްޓީއޯއާ ހަވާލުކުރީ އިއްޔެ އެސްޓީއޯގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ދެ ފަރާތުގެ ދެމެދުގައި ވަނީ އެއްބަސް ވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސް ވުމުގެ ދަށުން  180 ދުވަސްތެރޭ އަތޮޅުތަކަށް ބޭނުންވާ 96 އެމްބިއުލާންސް ރާއްޖެގެނެސް މިނިސްޓްރީއާ ހަވާލުކުރަން ޖެހެއެވެ. އެއްބަސްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވީ، އެމްބިއުލާންސްގެ ހިދުމަތަކީ […]

ހަމައެކަނި ކައުންސިލްގެ ހުއްދައާ އެކު ރުއްގަސް ނުކެޑޭނެ: އީޕީއޭ

ހަމައެކަނި ކައުންސިލްގެ ހުއްދައާ އެކު ރުއްގަސް ނުކެޑޭނެ ކަމަށާ، ރުއްގަސް ކެނޑޭނީ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ ( އީޕީއޭ)ގެ ހުއްދަ ލިބިގެންކަމަށް އެ އެޖެންސީން އަންގައިފިއެވެ. އީޕީއޭ އިން ބުނީ ރުއްގަސް ކަނޑައި އެހެން ރަށްރަށަށް ގެންދިއުމުގައި ހަމައެކަނި ކައުންސިލުން ހުއްދަ ނަގައިގެން އެކަން ކުރަމުންދާ ކަމަށެވެ. ނަމަވެސް އެއީ ގާނޫނީގޮތުން އެކަން އޮންނަ ގޮތް ނޫންކަމަށް ވާތީ އެކަން އެކަން އެގޮތަށް ކޮށްގެން ނުވާނެކަމަށް އެ އެޖެންސީން ބުނެއެވެ. އީޕީއޭއިން ބުނީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި […]

ނަޝީދަށް ދިން ހަމަލާގެ ތަހުގީގަށް ފާރަވެރިވުމަށް ހާއްސަ ކޮމިޓީއެއް

    ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ކުރިއަށް ގެންދާ ތަހުގީގަށް ފާރަވެރިވުމަށް “ މޭ ހައެއް“ ނަމުގައި ހާއްސަ ކޮމެޓީއެއް އެމްޑީޕީން އުފައްދައިފި އެވެ. މި ކޮމެޓީ އުފެއްދީ ރޭ އެމްޑީޕީން ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައެވެ. އޮންލައިންކޮށް ކުރިއަށްގެންދިޔަ ބައްދަލުވުމަށް މި ކޮމިޓީ އުފައްދަން ގަރާރު ހުށަހެޅުއްވީ އުނގުފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ( ވައްޑެ) އެވެ. ތާއިދު ކުރެއްވީ ފެންކުންފުނީގެ ޗެއާމަން […]

މީހުންގެ ޒާތީ މައުލޫމާތު ވިއްކާ ގްރޫޕެއްގެ މައްސަލަ ބަލަންފަށައިފި

  އަންހެން ކުދިންގެ ޒާތީ މައުލޫމާތު ވިއްކަމުންދާ ގުރޫޕެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒު ވިދާޅުވީ ސޯޝަލް މީޑިއާގައި ފަރުދުންގެ ޒާތީ މައުލޫމާތު ވިއްކުމަށް މަސައްކަތްކުރަމުންދާ ގްރޫޕެއްގެ މައްސަލަ ފުލުހުން ބަލަން ފަށާފައިވާ ކަމަށެވެ. މަބުރޫކް ވިދާޅުވީ ކުރިއަށް ހުރި ވަގުތުތަކުގައި މި މައްސަލައިގެ އިތުރު ތަފްސީލު ހާމަކުރަމުން ގެންދާނެ ކަމަށެވެ. އެނގިފައިވާ ގޮތުގައި އެ ޓްލެގްރާމް ޕޭޖްގައި އަންނަނީ ދިވެހި އަންހެންކުދިންގެ ފޯނު ނަންބަރާއި، ފޮޓޯ […]

ދިވެހި އަންހެން ޓީޗަރަކު ދަރިވަރަކަށް ޖިންސީ  ގޯނާ ކުރި މައްސަލައެއް

ދިވެހި އަންހެން ޓީޗަރަކު ދަރިވަރަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ. ފުލުހުން ބުނީ މެދު އުތުރު ޕްރޮވިންސް (ނ، ފ، ބ، ޅ) ގައި ހިމެނޭ ރަށެއްގައި އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ 16 އަހަރުގެ ފިރިހެން ދަރިވަރަކަށް ޖިންސީ ގޯނާ ކުރި މައްސައެއް އިއްޔެ އެ އިދާރާއަށް ހުށަހަޅައިފައިވާ ކަމަށެވެ. ފުލުހުން ބުނީ މި މައްސަލައިގައި ތުހުމަތުކުރެވޭ ޓީޗަރަކީ އުމުރުން  25 އަހަރުގެ އަންހެނެއްކަމަށެވެ. އެގިފައިވާ ގޮތުގައި […]

އިންޑިއާއިން ކޮރޯނާވައިރަސް ޖެހިގެން މީހުން މަރުވުމުގެ ދުނިޔޭގެ ރެކޯޑެއް: އެއްދުވަހުން 6148 މީހުން މަރުވެއްޖެ

އިންޑިއާއިން ކޮރޯނާވައިރަސް ޖެހިގެން ބުދަދުވަހު 6148 މީހުން މަރުވެފައިވާކަމަށް އެގައުމުގެ ސިއްހީ ދާއިރާތަކުން ހާމަކޮށްފިއެވެ. މިއީ ކޮރޯނާވައިރަސް ދުނިޔޭގައި ފެތުރެން ފެށިފަހުން ގައުމަކުން އެއްދުވަހުގެ ތެރޭގައި މީހުން މަރުވުމުގެ ދުނިޔޭގެ ރެކޯޑެވެ. މީގެ ކުރިން އެންމެ ގިނަ މީހުން އެއްދުވަހުގެތެރޭގައި މަރުވެފައިވަނީ ފެބުރުއަރީ މަހުގެ 12 ވަނަ ދުވަހުގައެވެ. އެ ދުވަހު އެމެރިކާއިން މަރުވީ 5،444 މީހުންނެވެ. އިންޑިއާގައި ކޮރޯނާވައިރަސް ޖެހިގެން މަރުވާ މީހުންގެ ރެކޯޑު އަދަދަކަށް އިތުރުވެގެން ދިޔަކަން ހާމަވީ ބިހާރު ސްޓޭޓުގައި މަރުވާ މީހުންގެ […]

އަޅުގަނޑާމެދު އަމަލުކުރަމުން އަންނަނީ ސިޔާސީގޮތުން ކަތިލާ ކަންބަޅިއެއްގޮތަށް : މަހްލޫފް

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި އޭނާއާމެދު އަމަލުކުރަމުން އަންނަނީ ޒާތީކޮށް ސިޔާސީ ގޮތުން ކަތިލާ ކަންބަޅިއެއްގެ އުސޫލުން ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ. މިނިސްޓަރު ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ އެއީ ސިޔާސީގޮތުން ބަޔަކު އަޑީގައި ތިބެގެން ކުރާ ކަމައްކަމަށާ އެކަމުގެ ބޭނުމަކީ މަގާމުން ވަކިކުރުން ކަމަށެވެ. ”ފެށުނީއްސުރެވެސް އެމްއެމްޕީއާރުސީގެ މައްސަލައިގައި އަޅުގަނޑާމެދު އަމަލު ކުރަމުން އަންނަނީ ޒާތީކޮށް ސިޔާސީ ގޮތުން ކަތިލާ ކަންބަޅިއެއް ގޮތަށް. އެކަން ކުރަނީ ސިޔާސީ ބަޔަކު އަޑީގަތިބެގެންކަން އެންމެ އިސްވެރިންނަށް އެނގިވަޑައިގަންނަވާ. […]

މެލޭޝިޔާ: ބިދޭސީ މަސައްކަތްތެރިންގެ ގަޔަށް ޑެޓޯލް ޖަހަމުންދާ މައްސަލަ ކުށްވެރިކޮށްފި

މެލޭޝިޔާގެ ސައިބާރޖާޔާގައި ގަވައިދާ ޚިލާފަށް ދިރިއުޅެމުންދާ ބިދޭސީން ހޯދުމަށްފަހު އެމީހުންގެ ގަޔަށް ޑެޓޯލް ޖަހާފައިވާ މައްސަލަ އެ ގައުމުގެ މެޑިކަލް އެސޯސިއޭޝަނުންނާއި އިމިގްރޭޝަން ޑިޕާޓްމެންޓުން ކުށްވެރިކޮށްފިއެވެ. ސަރުކާރުން މިފަދަ އަމަލެއް ހިންގަފާނެކަމަށް އުންމީދުވެސް ނުކުރާ ކަމަށާއި މިއީ ވަރަށް ހިތާމަވެރި މައްސަލައެއް ކަމުގައި މެލޭޝިޔަން މެޑިކަލް އެސޯސިއޭޝަންގެ ރައީސް، ޑަޓުކް ސަބްރަމޭނިއަމް މުނިޔާންޑޭ ވަނީ ވިދާޅުވެފައެވެ. މިކަން ކުރުމުގެ ކުރިން ސަރުކާރުން ސިއްހީ އެއްވެސް ޖަމިއްޔާއެއްގެ ލަފާ ހޯއްދަވާފައި ނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި އާލިމީ […]

ފްރާންސްގެ ރައީސް ގެ މޫނުމަތީގައި މީހަކު ޖަހައިފި

ފްރާންސްގެ ރައީސް އެމަނުއެލް މެކަރޮން ދެކުނުއިރުމަތީ ފްރާންސަށް މިދިޔަ އަންގާރަ ދުވަހު ވަނީ ދަތުރުފުޅެއް ކުރައްވާފައެވެ. މިދަތުރުފުޅުގައި އެ މަނިކުފާނު ޑޯމްރީޖަންގެ ޓެއިން އަލް ހާރމިޓޭޖްއަށް ޒިޔާރަތް ކުރައްވަވައި އެސަރަހައްދަށް އެއްވެފައި ތިބި މީހުންނާއި ސަލާމް ކުރެއްވިއެވެ. އެވަގުތުކޮޅު ބީއެފްއެމް ނިއުސްއިން ވަގުތުން ދައްކަމުން ގެންދިޔައެވެ. ރައީސް އެ ސަރަހައްދަށް އެއްވެފައި ތިބި މީހުންނާ ސަލާމް ކުރައްވަމުން ގެންދަވަނިކޮށް އެންމެ ކުރީ ސަފުގައި ހުރި މީހަކު ވަނީ ރައީސްގެ މޫނުގައި ޖަހާފައެވެ. މި ކަން ވެގެން ދިޔައީ […]