ދިވެހި އަންހެން ޓީޗަރަކު ދަރިވަރަކަށް ޖިންސީ  ގޯނާ ކުރި މައްސަލައެއް

Loading

Facebook
Twitter
WhatsApp

ދިވެހި އަންހެން ޓީޗަރަކު ދަރިވަރަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ މެދު އުތުރު ޕްރޮވިންސް (ނ، ފ، ބ، ޅ) ގައި ހިމެނޭ ރަށެއްގައި އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ 16 އަހަރުގެ ފިރިހެން ދަރިވަރަކަށް ޖިންސީ ގޯނާ ކުރި މައްސައެއް އިއްޔެ އެ އިދާރާއަށް ހުށަހަޅައިފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލައިގައި ތުހުމަތުކުރެވޭ ޓީޗަރަކީ އުމުރުން  25 އަހަރުގެ އަންހެނެއްކަމަށެވެ.

އެގިފައިވާ ގޮތުގައި މި މައްސަލަ ފެންމަތިވީ ޓީޗަރާއި ދަރިވަރާ ދެމެދު ދައްކާފަހުރި ބަދުއަހްލާގީ ވާހަކަތަކެއް ޗެޓްލޮގް އާއްމުވެގެންނެވެ. އެ އަންހެން މީހާއަކީ އޭނާ ޓީޗަރެއްގެ ގޮތުގައި މަސައްކަތްކުރަމުންދާ ރަށުގެ މީހަކާ އިދެގެން އުޅޭ އެހެން ރަށެއްގެ އަންހެނެކެވެ.

މި މައްސަލައިގައި އިތުރު ކުދިންތަކަކަށްވެސް އެ އަންހެން މީހާގެ ފަރާތުން ޖިންސީ ހާނިއްކަ ލިބިފައިވާ ކަމަށް ފުލުހުން ތުހުމަތު ކުރެއެވެ.

މި މައްސަލައާ ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވެއެވެ.

ނަމަވެސް އެ އަންހެން މީހާ މިހާރު ވަނީ އެ ރަށުން ފުލުހުންގެ އެހީތެރިކަމާއެކު ބާލާފައެވެ.

ފުލުހުން ބުނީ ޖެންޑާ މިނިސްޓްރީއާ ގުޅިގެން މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.

Loading

One Response

  1. މަހީކުރީ ސިދާތާ ބޭރުކޮށްލީމާ ދެން ތިހުރިހާކަމެއް ޙައްލުވެފައޭ ވީ! އެހެނެއްނޫންދޯ؟ އެޖެންޑާ19 ތަފާތުވާނެ. ތެދެއް.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް