ހަމައެކަނި ކައުންސިލްގެ ހުއްދައާ އެކު ރުއްގަސް ނުކެޑޭނެ: އީޕީއޭ

Loading

Facebook
Twitter
WhatsApp

ހަމައެކަނި ކައުންސިލްގެ ހުއްދައާ އެކު ރުއްގަސް ނުކެޑޭނެ ކަމަށާ، ރުއްގަސް ކެނޑޭނީ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ ( އީޕީއޭ)ގެ ހުއްދަ ލިބިގެންކަމަށް އެ އެޖެންސީން އަންގައިފިއެވެ.

އީޕީއޭ އިން ބުނީ ރުއްގަސް ކަނޑައި އެހެން ރަށްރަށަށް ގެންދިއުމުގައި ހަމައެކަނި ކައުންސިލުން ހުއްދަ ނަގައިގެން އެކަން ކުރަމުންދާ ކަމަށެވެ. ނަމަވެސް އެއީ ގާނޫނީގޮތުން އެކަން އޮންނަ ގޮތް ނޫންކަމަށް ވާތީ އެކަން އެކަން އެގޮތަށް ކޮށްގެން ނުވާނެކަމަށް އެ އެޖެންސީން ބުނެއެވެ.

އީޕީއޭއިން ބުނީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ގާނޫނު ‘4/93′ ދަށުން އެކުލަވާލާފައިވާ ”ރުއްގަސް ކެނޑުމާއި، އުފުރުމާއި، ކޮނެގެންނެގުން އަދި އެއްރަށުން އަނެއްރަށް ގެންދިއުމާއި ބެހޭ ގަވާއިދު“ގެ 05 ވަނަ މާއްދާގެ (ހ) ގެ ދަށުން މިކަން ކުރެވޭނީ އެ އެޖެންސީގެ ހުއްދަ ލިބިގެންކަމަށެވެ.

”އެހެން ނަމަވެސް ހަމައެކަނި ކައުންސިލުގެ ހުއްދައަކަށް ރިޢާޔަތްކޮށް ގަވާއިދާ ހިލާފަށް ގިނަ ފަރާތްތަކުން މިމަސައްކަތްކުރަމުން ގެންދާކަން މިއެޖެންސީއަށް ވަނީ ފާހަގަކުރެވިފައެވެ. އެހެންކަމުން ރުއްގަސް ނެގޭނީ ކައުންސިލްގެ ހުއްދައިގެ އިތުރުން މިއެޖެންސީގެ ހުއްދަ ލިބިގެންކަން ރިސޯޓް ތަރައްގީކުރާ ފަރާތްތަކުންނާއި ކޮންޓްރެކްޓަރުން އަދި ކައުންސިލްތަކުން ޔަގީންކުރުމަށް އިލްތިމާސްކުރަމެވެ.“ އީޕީއޭ އިން އާންމުކުރި އިއުލާނެއްގައި ވެއެވެ.

އެ ޖެންސީން ބުނީ ހާއްސަ ހުއްދަތައް މަސައްކަތްކުރާ ފަރާތްތަކުގެ އަތުގައި އަދި ރުއްގަސް އުފުލާ އުޅަނދު ފަހަރުގައި ހުންނަންޖެހޭނެކަމަށެވެ.

އެހުއްދަ ތަކަކީ:

  • އެމަޝްރޫއުއަކަށް ދޫކޮށްފައިވާ އީއައިއޭ ޑިސިޝަން ސްޓޭޓްމަންޓް ނުވަތަ ރުއްގަސް ގަވާއިދުގެ ދަށުން ދެވިފައިވާ ހުއްދަ
  • ދޫކުރެވިފައިވާ ހުއްދައިގެ ދަށުން ނެގުމަށް ހުއްދަ ދެވިފައިވާ ރުއްގަހުގެ އަދަދު.
  • ރުއްގަސް ނެގުމަށް ހުއްދަ ދެވިފައިވާ ސަރަހައްދުގެ ބޮޑުމިން.
  • ރުއްގަހާއި އެކު ރަށްރަށުން ކަޅު ފަސް ބޭރުނުކުރުން.

ލިޔެކިޔުންތައް މިގޮތަށް ފުރިހަމަ ނުކޮށް ރުއްގަސް ކަނޑައި ނުވަތަ ނަގައި އެއްރަށުން އަނެއް ރަށަށް އުފުލާ ފަރާތްތައް ގާނޫނު ތަންފީޒުކުރާ ފަރާތްތަކުގެ އެހީގައި އީޕީއޭން ހުއްޓުވާ ފިޔަވަޅުއަޅާނެކަމަށް އެއެޖެންސީން ބުނެއެވެ.

Loading

2 Responses

  1. އީޕީއޭ ހުއްދަ ކޮންމެކަމަކަށް ލިބުނީމާ ވާގޮތެއް ހަމައެއްގޮތަކަށްވެސް ނުވިސްނުނު..ރަށު ކައުންސިލަރުން ރަށުގައި ތިއްބަވައިގެން އެކަން ރަނގަޅަށް ބަލައި ދިރާސާ ކުރައްވާ! އީޕީއޭ ހަމަނަމެއް ދެއްތޯ!
    ގަހެއްކެނޑިޔަސް ދެގަސް ވެސް އިންދާނީ ކައުންސިލަރުންގެ މަޝްވަރާމަތިން.
    އީޕޭއޭ…. ކޮށްދެވޭނީ ކޮންކަމެއް..
    ވިސްނާ ވިސްނާހަމަނޭނގުނު.

  2. ކައުންސިލަރުން ހަދާ ނުހަދާ ކާކުބަލާނީ. މިހާރުވެސް ލ. އަތޮޅު ގަމުން އެވަނީ 100 ގޯތި ކޮންމެގޯއްޗެއް ތިން ހަތަރު މީހުނަށް ރެޖިސްޓަރީ ކޮށްދީފަ. އެވަރަށްދޯ ބާރުވެރި ކުރެވޭނީ. މިހެން ބައިވަރު ޖަރީމާ ކައުންސިލްތަކުން ހިންގަމުންދާއިރު އެމީހުން ބާރުވެރިނުވެގެން އަދިވެސް ޝަކުވާ. ވަރަށް ބޮޑު މުސީބާތެއް.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް