ފްރާންސްގެ ރައީސް ގެ މޫނުމަތީގައި މީހަކު ޖަހައިފި

Loading

Facebook
Twitter
WhatsApp

ފްރާންސްގެ ރައީސް އެމަނުއެލް މެކަރޮން ދެކުނުއިރުމަތީ ފްރާންސަށް މިދިޔަ އަންގާރަ ދުވަހު ވަނީ ދަތުރުފުޅެއް ކުރައްވާފައެވެ. މިދަތުރުފުޅުގައި އެ މަނިކުފާނު ޑޯމްރީޖަންގެ ޓެއިން އަލް ހާރމިޓޭޖްއަށް ޒިޔާރަތް ކުރައްވަވައި އެސަރަހައްދަށް އެއްވެފައި ތިބި މީހުންނާއި ސަލާމް ކުރެއްވިއެވެ.

އެވަގުތުކޮޅު ބީއެފްއެމް ނިއުސްއިން ވަގުތުން ދައްކަމުން ގެންދިޔައެވެ. ރައީސް އެ ސަރަހައްދަށް އެއްވެފައި ތިބި މީހުންނާ ސަލާމް ކުރައްވަމުން ގެންދަވަނިކޮށް އެންމެ ކުރީ ސަފުގައި ހުރި މީހަކު ވަނީ ރައީސްގެ މޫނުގައި ޖަހާފައެވެ. މި ކަން ވެގެން ދިޔައީ ބަލަންތިބި އެންމެނަށްވެސް ކުއްލި ސިހުމެއް ގެނުވި ކަމަކަށެވެ. ފްރާންސްގެ އުމުރުން 43 އަހަރުގެ ރައީސް މެކަރޮންގެ މޫނުގައި ޖެހި މީހާ ވަގުތުން ވަނީ ހައްޔަރުކޮށްފައެވެ. އަދި މި މައްސަލައާއި ގުޅިގެން އިތުރު ދެމީހަކުވެސް ހައްޔަރުކޮށްފައިވާކަމަށް ބީއެފްއެމް ޓީވީ އާއި އާރްއެމްސީ ރޭޑިޔޯއިން ވަނީ މައުލޫމާތު ދީފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް