96  އެމްބިއުލާންސް ގެނައުމަށް އެސްޓީއޯ އާ ހަވާލުކޮށްފި

38

އަތޮޅުތެރެއަށް ބޭނުންވާ 96 އެމްބިއުލާންސް ގެނައުމަށްޓަކައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އާއި ހަވާލުކޮށްފިއެވެ.

އެމްބިއުލާންސް ގެނައުމަށް ފިނޭންސް މިނިސްޓްރީން އެސްޓީއޯއާ ހަވާލުކުރީ އިއްޔެ އެސްޓީއޯގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ދެ ފަރާތުގެ ދެމެދުގައި ވަނީ އެއްބަސް ވުމެއްގައި ސޮއިކޮށްފައެވެ.

މި އެއްބަސް ވުމުގެ ދަށުން  180 ދުވަސްތެރޭ އަތޮޅުތަކަށް ބޭނުންވާ 96 އެމްބިއުލާންސް ރާއްޖެގެނެސް މިނިސްޓްރީއާ ހަވާލުކުރަން ޖެހެއެވެ.

އެއްބަސްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވީ، އެމްބިއުލާންސްގެ ހިދުމަތަކީ ކޮންމެ ރަށަކަށްވެސް މުހިންމު ހިދުމަތެއްކަމަށާ،  އަލަށް މިގެނެވޭ އެމްބިއުލާންސްތަކުގެ ސަބަބުން ހިދުމަތް އިތުރަށް ފުޅާވެ، އަތޮޅުތެރޭގައި މިހާރު ކުރިމަތިވަމުންދާ ގިނަ ގޮންޖެހުންތަކަށް ހައްލު ލިބިގެންދާނެ ކަމަށެވެ.

އަލަށް ގެނެވޭ އެމްބިއުލާންސްތައް އަތޮޅުތެރޭގައި ހިދުމަތް ދޭން ފެށުމުން، ކާރިސާތަކުގެ ވަގުތުތަކުގަ އާއި  އެކްސިޑެންޓްތަކުގައި ބަލިމީހުންނަށް ފޯރުކޮށްދޭންޖެހޭ ސިއްހީ ކުއްލި ފަރުވާ ފަސޭހަކަމާއެކު ދެވިގެންދާނެ ކަމަށް ވެސް ހެލްތު މިނިސްޓަރ ވިދާޅުވި އެވެ.

1 ހިޔާލު

  1. thankolheh kurin aduehen mi meegenkurin masathakega annaiyeyves adhi mi June mahu annaniyeyves naseem dhakavahaka dhekolhunjehey.. kobaa mishqa mahuge case? ekan nimunithoa?? noonsverin??

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ