ވެކުސިން ޖެހުމަށް ކުރެއްވި ޓުވިޓާއެކު ޖޯ ބައިޑަންއަށް ފާޑުކިޔުންތައް އަމާޒުވަނީ

އެމެރިކާގެ ރައީސް ޖޯ ބައިޑަން އިގިރޭސިވިލާތުގެ ޒުވާނުންނަށް ވެކުސިން ޖެހުމަށް ގޮވާލައި ޓްވީޓެއް ކުރައްވައިފިއެވެ. އެ ޓުވީޓުގައި ވަނީ ހަލުވިކަމާއެކު ފެތުރެމުންދާ ޑެލްޓާ ވޭރިއެންޓަށް ސަމާލުވެ، ރައްކައުތެރިވުމުގެ ގޮތުން އިނގިރޭސިވިލާތުގެ އުމުރުން 12 އަހަރާއި 20 އަހަރާއި ދެމެދުގެ ޒުވާނުން ވެކުސީން ޖެހުމަށެވެ. ނަމަވެސް މިޓްވީޓްގައި ބޭނުންކޮށްފައިވާ އިބާރާތް އިނގިރޭސިވިލާތުގެ ރައްޔިތުން ދަނީ ކުށްވެރިކުރަމުންނެވެ. ޖޯބައިޑަން އަކީ އެމެރިކާގެ ރައީސްކަމަށްވީއިރު އިގިރޭސިވިލާތުގެ ދާޚިލީ ކަންކަމާ ފާޑުވިދާޅުވުމަކީ އެކަށީގެންވާ ކަމެއް ނޫންކަމަށް އިނގިރޭސީން ދަނީ ބުނަމުންނެވެ. އަދި ބައިޑަންގެ […]
ޔަމަނު ހަނގުރާމައިން ރެކެން ސައުދީން މަސައްކަތް ފަށައިފި

ފާއިތުވި 6 އަހަރުގެ ތެރޭގައި ސައުދީ އާއި ޔަމަނާ ދެމެދު ކުރަމުން ދިޔަ ހަނގުރާމައަށް ސައުދީން އެތައް ބިލިއަން ޑޮލަރެއް ވަނީ ހޭދަކޮށްފައެވެ. އެމެރިކާއިން ހަތިޔާރުގަނެ، ޔަމަނަށް ގިނަ ހަމަލާތަކެއް ދީ އެގައުމު ވަނީ ސުންނާފަތި ކޮށްލާފައެވެ. ސައުދީން މިހަނގުރާމަ ފެށީ އ.ދ އާއެކު އެއްވެސް މަޝްވަރާއެއް ކުރުމަކާ ނުލައެވެ. އެހެންކަމުން މިހަނގުރާމައަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް ކުރަމުންދާ ހަނގުރާމައެކެވެ. އެމްނެސްޓީ އިންޓަނޭޝަނަލް އާއި ހިއުމަންރައިޓުސް ވޮޗް ފަދަ އިންސާނީ ހައްގުތައް ހިމާޔަތް ކުރުމަށް މަސައްކަތް ކުރަމުންދާ […]
މިއަދާއި މިރޭ ޔޫރޯގެ ތިން މެޗު، ފޯރީ ގަދަވާނީ ދަންވަރު ކުޅޭ ބެލްޖިއަމް- ރަޝިއާ މެޗު

ޔޫރަޕްގެ ގައުމުތަކުގެ މެދުގައި ހުކުރު ދުވަހުގެ ރޭ ފެށި ޔޫރޯ ފުޓު ބޯޅަ މުބާރާތަގައި މިއަދާއި މިރޭ ތިން މެޗު ކުޅެން ހަމަޖެހިފައިވެއެވެ. ހަވީރު 6.00 ގައި ފަށާ މެޗުގައި ވާދަ ކުރާނީ ވޭލްސްއާއި ސްވިޒަލޭންޑެވެ. މިރޭގެ ދެވަނަ މެޗު ފަށާނީ 9.30 ގައެވެ. އެ މެޗުގައި ބައްދަލުކުރާނީ ޑެންމާކާއި ފިންލޭންޑެވެ. އަދި މެންދަމު 12.00ގައި ފަށާ ފޯރިގަދަ މެޗުގައި ވާދަކުރާނީ ރަޝިއާއާއި ބެލްޖިއަމްއެވެ. މުބާރާތުގެ ކަންތައް ދިރާސާ ކުރާ ފަރާތްތަކުން އަންދާޒާކުރާ ގޮތުގައި ބެލްޖިއަމްއަކީ މުބާރާތުގައި […]
ހަތިޔާރުއެޅި ބޮޑު ފައުޖަކުން ޖަލުތަކުގައި ހާއްސަ އޮފަރޭޝަނެއް ފަށައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދަށް މިދިޔަ މަހު ހައެއްގައި ދިން ހަމަލާއާ ގުޅިގެން ހަތިޔާރުއެޅި ބޮޑު ފައުޖަކުން ޖަލުތަކުގައި ހާއްސަ އޮފަރޭޝަނެއް ފަށައިފިއެވެ. ފުލުހުން ބުނީ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ޖަލުތަކުގައި ހިންގާ އޮޕަރޭޝަނުގައި މާފުށީ ޖަލާއި މާލެ ޖަލުގައި ރޭ ފަތިހުން ފެށިގެން ހާއްސަ އޮޕަރޭޝަނެއް ހިންގަމުން އަންނަ ކަމަށެވެ. ފުލުހުން ބުނީ މި އޮޕަރޭޝަނަކީ އެ އިދާރާގެ އިތުރުން ސިފައިންނާއި ކަރެކްޝަނަލް ސާވިސް ގުޅިގެން ކުރިއަށްގެންދާ […]
ދަރިމައިވުމަށް ދިގުމުއްދަތަކަށް ފަރުވާ ހޯދާ ފަރާތްތަކަށް ކައުންސެލިން ސެޝަންތަކެއް

ދަރިމައިވުމަށް ދިގުމުއްދަތަކަށް ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ހާއްސަކޮށްގެން ގުރޫޕް ކައުންސެލިންގ ސެޝަންތަކެއް ބޭއްވުމަށް އަމިއްލަ ޖަމިއްޔާއެއްކަމަށްވާ ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީގެ ފަރާތުން ފަށައިފިއެވެ. އެ ޖަމިއްޔާއިން ބުނީ މި ގުރޫޕް ކައުންސެލިންގ ސެޝަންތަކުގެ މަގްސަދަކީ ދަރިމައިވުމަށް ދިގުމުއްދަތަކަށް ފަރުވާ ފަރުވާ ހޯދަމުންއަންނަ ފަރާތްތަކަށް ނަފްސާނީ ގޮތުން ދިމާވާ ކަންކަމަށް އެހީތެރިކަން ފޯރުކޮށްދީ، އެންޒައިޓީ އާއި ސްޓްރެސް މެނޭޖްކުރާނެ ގޮތްތައް ދަސްކޮށްދިނުން ކަމަށެވެ. އޮންލައިންކޮށް ކުރިއަށްގެންދާ މި ގުރޫޕް ކައުންސެލިންގ ސެޝަންތަކަކީ ބައިވެރިންގެ އަތުން އެއްވެސް ފީއެއް […]
ނަސްރީނާ ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ. އެކަމަނާ ކޮވިޑަށް ޕޮޒިޓިވްކަން އެނގުނީ ގޭގައި ދިރިއުޅޭ އެހެން ބަޔަކު ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން އެކަމަނާވެސް ކޮވިޑަށް ޓެސްޓް ކުރެއްވުމުންނެވެ. އުމުރުންފުޅުން 70 އަހަރުގެ ނަސްރީނާ ކޮވިޑަށް ޕޮޒިޓިވް ވެފައި ވީނަމަވެސް އެކަމަނާގެ ހާލުކޮޅު ރަނގަޅެވެ. އަދި އެކަމަނާ ހުންނެވީ ގެކޮޅުގައެވެ. އެނިގފައިވާ ގޮތުގައި ރައީސް މައުމޫންވެސް ކޮވިޑަށް ޓެސްޓް ކުރެއްވިއެވެ.ނަމަވެސް އެމަނިކުފާނުގެ ނަތީޖާ ނެގެޓިވްއެވެ. ރައީސް މައުމޫނާއި ނަސްރީނާ […]
ގެއެއްގައި ހުރި ދެ ސައިކަލެއްގައި ރޯވެ އަންދައި ހުލިވެއްޖެ

ކުޅުދުއްފުށީ ގެއެއްގެ ތެރޭގައި ބަހައްޓާފައިހުރި ދެ ސައިކަލެއްގައި ރޯވެ އަނދައި ހުލިވެއްޖެ އެވެ. ހުކުރު ވިލޭރޭ ދޭއް ޖަހާ އެހާއްކަށްހާއިރު ހިނގި މިހާދިސާގައި އެގޭގައި ހުރި ދެ ސައިކަލުގެ އިތުރުން ބެޓަރި ބައިސްކަލެއް ވެސް ވަނީ އަނަދައި ހުލިވެފައެވެ. ސައިކަލްތައް ބަހައްޓާފައި ހުރީ ގެޔާއި އިންވެގެން ވަކިން ހަދާފައިހުރި ފެންޑާއެއްގައި އެވެ. މި ހާދިސާގައި ސައިކަލްތައް ބަހައްޓާފައިހުރި ފެންޑާ އަނދައި ހުލިވެގައިވާއިރު އެގެޔަށްވެސް ވަނީ އަލިފާނުގެ އަސަރުކޮށް ގެއްލުންވެފައެވެ. މައުލޫމާތު ލިބޭގޮތުގައި މި އަލިފާނުގެ ހާދިސާ ހިނގިއިރު […]
އެޗްއީއޯސީގެ ވޮލަންޓިއަރަކަށް ޖިންސީގޯނާ ކުރި މައްސަލައެއް

ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި ވޮލަންޓިއަރެއްގެ ގޮތުގައި މަސައްކަތްކުރާ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެ އެ މައްސަލަ ބަލަން ފަށައިފި އެވެ. ފުލުހުން ބުނީ އެފަދަ މައްސަލައެއް އެ އިދާރާއަށް ހުށައެޅިފައިވާ ކަމަށާ މައްސަލައިގެ ތަހުގީގު މިހާރު ފަށައިފައިވާކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ. އެނގިފައިވާ ގޮތުގައި ސަރުކާރުގެ ކުންފުންޏަކަށް ނިސްބަތްވާ އެ އަންހެން މުވައްޒަފަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ކުރެވެނީ ހެލްތު މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރަކަށެވެ. […]
ގިނަ ބަޔަކު އެއްވެ ކުޅިވަރުގެ ހަރަކާތް ބެލުމުގެ ފުރުސަތު ނުދޭނަން : ފުލުހުން

ބޮޑު ސްކްރީން ހަރުކޮށްގެން ގިނަ ބަޔަކު އެއްތަނަކަށް އެއްވެ ކުޅިވަރު މުބާރާތްތައް ބެލުމުގެ އިންތިޒާމުތައް ބައެއް ފަރާތްތަކުން ރާވަމުން ދާ ކަމުގެ މައުލޫމާތު ލިބެމުން ދާކަމަށާ މި ފަދަ އެއްވުންތަކަށް ފުރުސަތު ނުދޭނެކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން އެ އިޝާރާތް ކުރަނީ ޔޫރަޕްގެ ސަރަހައްދީ ފުޓްބޯޅަ މުބާރާތް ކަމަށްވާ ޔޫރޯ މެޗްތައް މިރޭ ފެށޭއިރު މި މުބާރާތުގެ މެޗުތައް ބަލުމަށް ގިނަ ބަޔަކު އެއްވެގެން ރާވަމުންދާތީ އެކަމާއެވެ. ފުލުހުން މިރޭ ބުނީ ކޮވިޑް- 19 ފެތުރުން […]
ނަޝީދަށާއި އީވާއަށް އޯކޭ ޒާހިރު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ

”މި ނުލަފާ އަންހެން މީހާ ކޮންމެ ކަމެއް މިހެން ކުރަމުންދާއިރު މަޑުން ތިބެންވެއްޖެއްޔާ ގައުމު އިސާހިތަކު ފަސާދަވެގެން ނެތި ހަލާކުވެގެން ހިނގައިދާނެ“. ޒާހިރު: އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ ޢަމަލުފުޅުތަކާއި އެމަނިކުފަނުގެ ގާތްތިމާގެ ކޮއްކޮ އީވާ ޢަބުދުއްލާގެ ވިޔާނުދާ ޢަމަލުތަކުގެ ސަބަބުން އަޅުގަނޑުމެން އެންމެން ހަލާކުވެގެން ދާކަމުގައި އެމްޑީޕީ އުފެއްދުމުގައިވެސް އިސް ދައުރެއް އަދާކުރެއްވި އަދި މިހާރުވެސް އެމްޑީޕީގެ ހާރޑްކޯ ސަޕޯޓަރ މުޙައްމަދު ޒާހިރު (އޯކޭ ޒާހިރު) ވިދާޅުވެއްޖެއެވެ. ”އެހެންވީމާ އެމީހުންގެ ޢަމަލުތަކުގެ ސަބަބުން މުޅި ގައުމު […]