އެޗްއީއޯސީގެ ވޮލަންޓިއަރަކަށް ޖިންސީގޯނާ ކުރި މައްސަލައެއް

Loading

Facebook
Twitter
WhatsApp
one caucasian business woman man couple sexual harassment in silhouette studio on white background

 

ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި ވޮލަންޓިއަރެއްގެ ގޮތުގައި މަސައްކަތްކުރާ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެ އެ މައްސަލަ ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ އެފަދަ މައްސަލައެއް އެ އިދާރާއަށް ހުށައެޅިފައިވާ ކަމަށާ މައްސަލައިގެ ތަހުގީގު މިހާރު ފަށައިފައިވާކަމަށެވެ.  ނަމަވެސް އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.

އެނގިފައިވާ ގޮތުގައި ސަރުކާރުގެ ކުންފުންޏަކަށް ނިސްބަތްވާ އެ އަންހެން މުވައްޒަފަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ކުރެވެނީ ހެލްތު މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރަކަށެވެ.

ޖިންސީ ގޯނާ ލިބުނު އަންހެންމީހާގެ ފިރިމީހާވެސް އެޗްއޯސީގައި މަސައްކަތް ކުރެއެވެ. މި މައްސަލަ ހޫނުވެ އެ ފިރިހެން މީހާ މި މައްސަލައިގައި ތުހުމަތުވާ މީހާ ގައިގައި ޖަހަން ވެސް މަސައްކަތްކޮށްފައިވާކަމަށް ވެއެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމާއި ދެކޮޅަށް ކުރާ މަސައްކަތުގައި އެންމެ އިސް ދައުރެއް އަދާކުރަމުންދާ  ބަޔަކީ ވެސް އެޗްއީއޯސީ އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް