މަޖިލީހުގެ ރައީސާއި އުއްތަމަ ފަޑިޔާރަށް ރަސްމީގެކޮޅު ހަމަޖެއްސުމަށް ކޮމިޓީން ފާސްކޮށްފި

  ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި  އުއްތަމަ ފަނޑިޔާރަށް ސަލާމަތާއި ރައްކަތެރިކަން ކަށަވަރުކޮށްދިނުމަށް ރަސްމީ ގެކޮޅު ހަމަޖެއްސުމަށް ސަރުކާރުން ހުށައެޅި ބިލު މަޖިލީހުގެ ކޮމިޓީން ފާސްކޮށްފިއެވެ. މަޖިލީހުގެ ރައީސްއާއި، އުއްތަމަ ފަނޑިޔާރު ދިއރިއުޅުއްވަން ރަސްމީ ގެކޮޅެއް ކަނޑައެޅުވުމަށް ސަރުކާރުން ވަކިވަކިން ހުށައެޅުއްވި ދެބިލުގައި ބުނެފައިވަނީ، މަޖިލީހުގެ ރައީސްއާއި އުއްތަމަ ފަނޑިޔާރަށް ހަމަޖައްސަވާ ގެއަށް ބޭނުންވާ އެކަށީގެންވާ އަދަދެއްގެ މުވައްޒަފުންނާއި، އެގެއަށް ހިނގާނެ ހަރަދު ދައުލަތުގެ ފަރާތުން ހަޖައްސައިދޭންވާނެކަމަށެވެ. އެ ދެ ބޭފުޅުން ދިރިއުޅުއްވަން ހަމަޖައްސަވައި ތަނަކީ ސަލާމަތީގޮތުން […]

ފްރެންޗު އޯޕަންގެ ޗެމްޕިއަންކަން ނޮވެކް ޖޮކޮވިޗު ހޯދައި ދުނިޔެ ހައިރާންކޮށްލައިފި

ފްރެންޗު އޯޕަންގެ ޗެމްޕިއަންކަން ނޮވެކް ޖޮކޮވިޗު ހޯދައި ދުނިޔެ ހައިރާންކޮށްލައިފިއެވެ. ފަރަންސޭސިވިލާތުގެ ޕެރިހުގައި އާދީއްތަ ދުވަހުގެ މެންދުރުފަހުން ކުޅުނު ފްރެންޗު އޯޕަން ޓެނިސް މުބާރާތުގެ ފުރަތަމަ ދެ ސެޓު ސްޓެފާނޮސް ސްޓިސިޕަސް 6-7 އަދި 6-2 އިން ހޯދާފައިވަނިކޮށް ޖޮކޮވިޗު ޗެމްޕިއަންކަން ހޯދީ ފަހު ތިން ސެޓު ކާމިޔަބުކޮށްގެންނެވެ. ފަހު ތިން ސެޓު އޭނާ ކާމިޔާބުކުރީ 6-3، 6-2، އަދި 6-4 އިންނެވެ. މީގެ ކުރިން ވެސް އެއްފަހަރު ފްރެންޗު އޯޕަން ކާމިޔާބު ކޮށްފައިވާ ޖޮކޮވިޗު ފްރެންޗު […]

ރާއްޖޭގެ އެއާޕޯޓްތައް ބޭރުކުންފުނިތަކަށް ދެވޭނެހެން އުސޫލު ބަދަލުކޮށްފި

ރާއްޖޭގެ އެއާޕޯޓްތައް 100 ޕަސެންޓް ހިއްސާ އޮންނަ ބޭރުގެ ފަރާތްތަކަށް ދެވޭނެހެން ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ (އެފްޑީއައި) އަށް ބަދަލުގެނެސްފިއެވެ. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުން މިއަދު ގެޒެޓުކޮށްފައިވާ އިސްލާހުގައި ބުނެފައިވާގޮތުން 2020 ފެބްރުއަރީ 11 ގައި އާންމުކޮށްފައިވާ އެފްޑީއައި ޕޮލިސީގެ އެނެކްސް 1 ގެ ކޯޑު H3 އަށް ވަނީ އިސްލާހު ގެނެސްފަ އެވެ. މި އިސްލާހުގައިވާގޮތުން ބޭރުގެ ކުންފުނިތަކުގެ 100 ޕަސަންޓު ހިއްސާ އޮންނަ ކުންފުނިތަކަށް ރާއްޖޭގައި އެއާޕޯޓުތައްހިންގޭނެއެވެ. މީގެ ކުރިން އެ […]

އިންޑިއާ އަށް ބަރޯސާ ވެގެން ރާއްޖެ ތަރައްގީގެ މަންތީފަންތިއަކަށް ނޭރުވޭނެ: އުގައިލް

  އަވައްޓެރި އިންޑިއާއަށް ބަރޯސާ ވެގެން ރާއްޖެ ތަރައްގީގެ މަތީ ފަންތި އަކަށް ނޭރުވޭނެ ކަމަށް ރާއްޖޭގެ މަޝްހޫރު ޕްރޮފެސަރު ހަސަން އުގައިލް ވިދާޅުވެއްޖެ އެވެ. އުގައިލް  ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިންޑިއާ އަކީ އެއްވަނަ ދުނިޔޭގެ ގައުމެއް ނޫން ކަމަށެވެ. ”ވީއިރު އިންޑިއާއަށް މާބޮޑަށް ބަރޯސާވެގެން ދިވެހިރާއްޖެ ތަރައްގީގެ މަތީފަންތިއަކަށް ގެންދެވޭނެ ގޮތެއް ނުވިސްނޭ. ނޫނީ އެކާވީސްވަނަ ގަރުނު ނިމޭއިރު ވެސް އަޅުގަނޑުމެން ބޭނުންވަނީ ރާއްޖެ ފިނިހަކަ ދުވެލީގެ އޮންނަން ތޯ؟“ ޕްރޮފެސަރުގެ ޕޯސްޓްގައި […]

އަޒުހަރު ޔުނިވަރސިޓީގެ ސްކޮލާޝިޕަށް އެދުމުގެ ފުރުސަތަށް ހުޅުވާލައިފި

މިސްރުގެ އަލް އަޒްހަރު ޔުނިވަރސިޓީގެ ސްކޮލާޝިޕަށް އެދުމުގެ ފުރުސަތު ދިވެހި ދަރިވަރުންނަށް ހުޅުވާލައިފި އެވެ. ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން  ބުނީ އަޒްހަރު ޔުނިވަރސިޓީން ކިޔެވުމަށް ޖުމްލަ 22 ފަރާތަކަށް ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ. އޭގެ ތެރެއިން  10 ފުރުސަތު ހާއްސަ ކޮށްފައިވަނީ އިސްލާމިކް ޝަރީއާއާ ގުޅޭ ކޯސްތަކަށެވެ. އަދި 12 ފުރުސަތު ހުޅުވާލައިފައި ވަނީ އެހެނިހެން ދާއިރާ ތަކުން ކިޔަވަން ބޭނުން ދަރިވަރުންނަށެވެ. ކޯސްތަކަށް އެދުމުގެ ޝަރުތުތަކަކީ 1 ޝަހާދާ ޘަނަވިއްޔާއިން ފާސްވެފައިވުން. ދިރާސާތުލް އިސްލާމިއްޔާ ކޯހަށް […]

އަލިފާނުގެ ހާދިސާއެއް ހިނގައި މީހަކު ފިހިއްޖެ

  މާލެ ސިޓީގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި މީހަކު ފިހިއްޖެ އެވެ. އެމްއެންޑިއެފްން ބުނީ މި އަލިފާނުގެ ހާދިސާ ހިނގީ ގެއެއްގައި ބާބަކިއު ހަދަން އުޅުމުގެ ތެރޭގައި މިއަދު މެންދުރުކަމަށެވެ. އަދި ފިހުނު މީހާ ވަގުތުން އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައިވާކަމަށް އެމްއެންޑީއެފްން ބުނެއެވެ. އެމީހާ އެނދީ ކިހަވަރަކަށް ކަމެއް ސާފެއް ނުވެއެވެ. އަލިފާނުގެ މި ހާދިސަ ހިގާފައިވަނީ ހ. ފައިންޕާކުގެ ދެ ވަނަ ފަންގިފިލާގައެވެ.  

ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކުރެވޭ އަންހެން ޓީޗަރު ސަސްޕެންޑް ކޮށްފި

ދަރިވަރަކަށް ޖިންސީ  ގޯނާ ކުރި ކަމަށް ތުހުމަތުކުރެވޭ އަންހެން ޓީޗަރު ސަސްޕެންޑް ކޮށްފި އެވެ. އެޑިޔުކޭޝަން މިނިސްޓްރީން ބުނީ ދަރިވަރަށް ޖިންސީ ގޯނާކުރި ކަމަށް ބެލެވޭ ޓީޗަރު ބުރާސްފަތި ދުވަހުގެ ރޭ ސަސްޕެންޑް ކޮށްފައިވާ ކަމަށާ އެކަން ލިޔުމުން އަންގާފައިވާނެ ކަމަށެވެ. ފުލުހުން ވެސް އަންނަނީ މި މައްސަލަ ބަލަމުންނެވެ. ފުލުހުން ބުނީ މެދު އުތުރު ޕްރޮވިންސް (ނ، ފ، ބ، ޅ) ގައި ހިމެނޭ ރަށެއްގައި އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ 16 އަހަރުގެ ފިރިހެން […]

މިއަދުގެ ގަދަ މެޗަކަށް ވާނީ އިންގްލޭންޑް- ކްރޯޝިއާ މެޗު، ފަށާނީ 6.00ގައި

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިއަދު ތިން މެޗު ކުޅެން ހަމަޖެހިފައިވާއިރު އޭގެ ތެރެއިން ފޯރިގަދަ މެޗަކަށް ވާނީ އިންގްލޭންޑާއި ކޮރޯޝިއާ ބައްދަލު ކުރާ މެޗެވެ. މެޗު ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 6.00 ގައި އިނގިރޭސިވިލާތުގެ ވެމްބްލީ ސްޓޭޑިއަމްގައެވެ. ފުޓްބޯޅަ ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި އިނގިރޭސި ޓީކަމީ މުބާރާތުގައި ވާދަކުރާ 24 ޓީމުގެތެރޭގައި ހިމެނޭ އެންމެ ވަރުގަދަ އެއްޓީމެވެ. އޭގެ އިތުރަށް މެޗު ވެމްބްލީ ސްޓޭޑިއަމްގައި ކުޅުމުން އެޓީމަށް ކުޅެން ފަސޭހަވާނެއެވެ. ޓީމުގައި ގިނައީ ޒުވާން ކުޅުންތެރީންނެވެ. […]

އިންތިގާލީ އިންސާފުގެ އޮފީހަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ދައުލަތުން އެކިގޮތްގޮތަށް އަނިޔާލިބިފައިތި ފަރާތްތަކަށް އިންސާފު ހޯދައިދުނުމަށް މި ސަރުކާރުން އުފެއްދި އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އެ އޮފީހުން ބުނީ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަން ގެއްލުމާއި ބަދަލު ނަގައިދިނުމަށް އެދޭ ފޯމު މިއަދުން ފެށިގެން އެ އޮފީހުން ލިބޭނެކަމަށެވެ. އެ އޮފީހަށް 1 ޖެނުއަރީ 1953 އިން ފެށިގެން 17 ނޮވެމްބަރު 2018 އާ ދެމެދު ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް […]

ޖަލުގައި މިއަދު ކުރިއަށްގެންދިޔަ އޮޕަރޭޝަނުގައި ތިން މީހަކަށް އަނިޔާވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދަށް މިދިޔަ މަހު ހައެއްގައި ދިން ހަމަލާއާ ގުޅިގެން ހަތިޔާރުއެޅި ބޮޑު ފައުޖަކުން ޖަލުތަކުގައި މިއަދު ހިންގި ހާއްސަ އޮފަރޭޝަނުގައި ތިން ގައިދީއަކަށް އަނިޔާ ވެއްޖެ އެވެ. ފުލުހުން ބުނީ މިއަދު ހިންގި އޮޕަރޭޝަނުގައި ނުކިޔަމަންތެރިކަން ދެއްކި ދެ ގައިދީއަކާ ދެކޮޅަށް ޕެޕަރ ސްޕްރޭ ބޭނުންކޮށްފައިވާނެ ކަމަށާ، ޕެޕަރ ސަބަބުން ސިއްހީ ފުރަތަމަ އެހީ އެ ދެ ގައިދީއަކަށް ފޯރުކޮށްދީފައިވާނެކަމަށެވެ. އޭގެ އިތުރުން، މާފުށި ޖަލުގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި ނުކިޔަމަންތެރިކަން […]