އިންތިގާލީ އިންސާފުގެ އޮފީހަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

Loading

Facebook
Twitter
WhatsApp

ދައުލަތުން އެކިގޮތްގޮތަށް އަނިޔާލިބިފައިތި ފަރާތްތަކަށް އިންސާފު ހޯދައިދުނުމަށް މި ސަރުކާރުން އުފެއްދި އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެ އޮފީހުން ބުނީ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަން ގެއްލުމާއި ބަދަލު ނަގައިދިނުމަށް އެދޭ ފޯމު މިއަދުން ފެށިގެން އެ އޮފީހުން ލިބޭނެކަމަށެވެ.

އެ އޮފީހަށް 1 ޖެނުއަރީ 1953 އިން ފެށިގެން 17 ނޮވެމްބަރު 2018 އާ ދެމެދު ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއަކު، ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފަށް ހިންގާފައިވާ އަމަލުތަކުގެ މައްސަލަތައް ލެވޭނެއެވެ.

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަކީ އިންތިގާލީ އިންސާފުގެ ގާނޫނު ދަށުން އުފެއްދައްދާފައިވާ އޮފީހެކެވެ. މި  އޮފީސް އުފެއްދީ މިދިޔައަހަރުގެ ޑިސެމްބަރު މަހުގައެވެ.

އިންތިގާލީ އިންސާފްގެ ގާނޫނުގެ މަގްސަދުތަކުގެ ތެރޭގައި، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތްކުރި ފަރާތަކުން، ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގި އމަލެއްގެ ސަބަބުން މީހެއްގެ ނުވަތަ ބައެއްގެ އިންސާނީ ހައްގެއް ނުވަތަ އަސާސީ މިނިވަންކަމެއް ނިގުޅައިގެންފައިވާނަމަ، އެ އަލުތަކަށް ޒިންމާވާ ފަރާތްތައް މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޖަވާބުދާރީކުރުވައި، އެފަރާތްތަކުގެ އަމަލުތަކުގެ ސަބަބުން އަނިޔާ ލިބުނު ފަރާތްތަކަށް ޙައްލުތަކުގެ ޒަރީއާއިން އިންސާފު ހޯދައިދައިދިނުން ހިމެނެއެވެ.

އަދި  ކުރިއަށް އޮތް ތަނުގައި އެފަދަ ކަންކަން ނުވާނެކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ފާހަގަކޮށް، ގާނޫނުގެ ވެރިކަމުގެ މައްޗަށް ބިނާވެފައިވާ ތަހުޒީބީ ދައުލަތެއް އާރާސްތުކުރުމަކީ ވެސް މިގާނޫނުގެ އެއް މަގްސަދެވެ.

އޮމްބަޑްސްޕާސަން އޮފީހުން ބުނީ އެ އޮފީހަށް ވަރަށް ގިނަ ވެރިކަން ތަކުގައި ހިނގައިދިޔަ ކަންކަން ބެލުމަށް މަތިކޮށްފައިވާއިރު، އިންސާނީ ހައްގުތަކާއި، އަސާސީ ހައްގުތަކަށް ހަނިވާ ގޮތަށް ހުރި ކަންކަން ބެލުމަށް ކުރަންޖެހޭ މަސައްކަތް ކުރާނެކަމަށެވެ.
އަދި އެ އޮފީހަށް ހުށަހެޅޭ މައްސަލަތައް އިންސާފުވެރިކަމާއިއެކު ބަލައި، ރާއްޖޭގެ މަސްލަހަތު ހިފެހެއްޓުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރާނެކަމުގެ ޔަގީންކަން އެ އޮފީހުން ވަނީ ދީފައެވެ.

Loading

One Response

  1. ހާދަ ހީވޭ ތިވެސް ވާނީ ކޮންމެވެސް ބައިގަނޑަކަށް ބަދަލުދިނުމަށް ހިތުގައި ލައިގެން ކުރި ކަމެއްހެން. ބުނާތީ އަޑުއިވޭ ވެލާނާގެ ދައުލަތަށް ނަގައިފަ އޮތުމުން އަންނިގެ މިތުރު އަޙުމަދު ނާސިރުމެނަށް ބޮޑު ބަދަލެއް ދޭންވެގެނޭ. އެއީ ތެދެއްބާ؟ ދެން އިނގިދާނެތާ ދޯ؟

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް