ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ފޭސްބުކްގައި ކޮމެންޓް ކުރި ސްރީލަންކާގެ ޒުވާނަކު މަރަން ހުކުމްކޮށްފި

Loading

September 27, 2026
blue-circle-with-white-user_78370-4707
Facebook
Twitter
WhatsApp

ސައޫދީއަރަބިއްޔާ ގައި ދިރިއުޅެމުން އަންނަ ސްރީލަންކާގެ ޒުވާނަކު އިސްލާމް ދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަ ކޮށް ފޭސްބުކްގައި ކޮމެންޓް ކުރުމުން އެގައުމުގެ މަތީ ކޯޓަކުން އޭނާގެ މައްޗަށް މަރުގެ ހުކުމް އިއްވައިފިއެވެ.
މިދިޔަ ޖޫންމަހު ހިނގި ހާދިސާގައި މައިގްރަންޓް ވަރކަރ އެއްކަމަށްވާ، އުމުރުން 24 އަހަރުގެ ސިވަރާސަ އަނޯޖަންގެ މައްޗަށް ދަށުކޯޓަކުން ފުރަތަމަ އިއްވީ 5އަހަރު ދުވަހަށް ޖަލަށް ލުމަށާއި 3 މިލިއަން ސައޫދީ ރިޔާލުގެ ޖޫރިމަނާއެކެވެ. ނަމަވެސް މީގެ 3 ދުވަސް ކުރިން މަތީ ކޯޓަކުން މިހުކުމް މަރުގެ ހުކުމަށް ބަދަލު ކުރުމާއި ގުޅިގެން އޭނާ ސަލާމަތް ކުރެވޭތޯ މަސައްކަތް ފަށާފައިވާ ކަމަށް ޚަބަރު ލިބެއެވެ.
މިމައްސަލައިގައި ސޯޝަލް މީޑިޔާގައި ކޮމެންޓް ބަދަލުކުރަން ފުރަތަމަ ފެށުނީ ސްރިލަންކާގެ މުސްލިމަކު ހިންދޫ ދީނުގެ ކަނލާގެ އަށް ފުރައްސާރަވާގޮތަށް ސޯޝަލް މީޑިޔާ އަށް ޕޯސްޓެއް ލުމުންނެވެ.މި ޕޯސްޓަށް ސްރީލަންކާގެ ތަމަޅައެއް ކަމަށްވާ އަނޯޖަން އިސްލާމް ދީނަށާއި ކީރިތި ރަސޫލާ އަށް ފުރައްސާރަ ވާގޮތަށް ސުވާލު އުފެއްދިކަމަށް ވެއެވެ. އަދި ކޮންމެވެސް މީހަކު އަރަބި ބަހުން ކޮމެންޓް ކޮށް ސައޫދީ ކަމާބެހޭ އިދާރާތަކުގެ ސަމަލުކަމަށް މިމައްސަލަ ގެނައެވެ.
ސިވަރާސަ އަނޯޖަން ގެ މަރުގެ ހުކުމް ތަންފީޒު ކުރުން ހުއްޓުވުން އެދި ހިންދޫން ގެ އިސް ގްރޫޕަކުންވެސް ވަނީ ޗެންނާއީގައި ހުންނަ ސްރީލަންކާގެ ޑެޕިއުޓީ ހައިކޮމިޝަން އޮފީހަށް ޕެޓިޝަން އެއްވެސް ހުށަހަޅާފައެވެ. މިމައްސަލައިގައި މަރުގެ ހުކުމް ތަންފީޒު ކުރުން ހުއްޓުވާދިނުން އެދި އިންޑިޔާ ސަރުކާރުގެ އިތުރުން ބައިނަލްއަގްވާމީ ބައެއް މަޝްހޫރު ފަރާތްތަކުގެ އެހީއަށްވެސް ދަނީ އެކި ފަރާތްތަކުން އެދެމުންނެވެ.
މިމައްސަލައިގައި ސިވަރާސަ އަނޯޖަން މިހާރުވަނީ ހުރިހާ މުސްލިމުންގެ ކިބައިން މައާފަށް ވެސް އެދިފައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް