އަޒުހަރު ޔުނިވަރސިޓީގެ ސްކޮލާޝިޕަށް އެދުމުގެ ފުރުސަތަށް ހުޅުވާލައިފި

Loading

Facebook
Twitter
WhatsApp

މިސްރުގެ އަލް އަޒްހަރު ޔުނިވަރސިޓީގެ ސްކޮލާޝިޕަށް އެދުމުގެ ފުރުސަތު ދިވެހި ދަރިވަރުންނަށް ހުޅުވާލައިފި އެވެ.

ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން  ބުނީ އަޒްހަރު ޔުނިވަރސިޓީން ކިޔެވުމަށް ޖުމްލަ 22 ފަރާތަކަށް ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ. އޭގެ ތެރެއިން  10 ފުރުސަތު ހާއްސަ ކޮށްފައިވަނީ އިސްލާމިކް ޝަރީއާއާ ގުޅޭ ކޯސްތަކަށެވެ. އަދި 12 ފުރުސަތު ހުޅުވާލައިފައި ވަނީ އެހެނިހެން ދާއިރާ ތަކުން ކިޔަވަން ބޭނުން ދަރިވަރުންނަށެވެ.

ކޯސްތަކަށް އެދުމުގެ ޝަރުތުތަކަކީ

1 ޝަހާދާ ޘަނަވިއްޔާއިން ފާސްވެފައިވުން.

  1. ދިރާސާތުލް އިސްލާމިއްޔާ ކޯހަށް އެދޭ ފަރާތްތަކުން ޝަހާދާ ޘަނަވިއްޔާއިން %65 އަށް ވުރެ މަތިން ފާސްވެފައިވުން.
  2. މި ކޯސްތަކަށް ހުށަހަޅުއްވާ ބޭފުޅުންނަކީ މިސްރު ސަރުކާރުގެ ސްކޮލަރޝިޕެއްގައި މީގެ ކުރިން ކިޔަވާފައިވާ ފަރާތަކަށް ނުވުން
  3. 30 އޮގަސްޓް 2021 އަށް އުމުރުން 25 އަހަރު ފުރިފައި ނުވުން.
  4. ޝަހާދާ ޘަނަވިއްޔާ ނިންމެވިފަހުން، 30 އޮގަސްޓް 2021 އަށް 3 އަހަރު ވެފައިނުވުން.

 

މި ސްކޮލާޝިޕް ތަކަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައިވަނީ އޮގަސްޓް މަހުގެ ދެ ވަނަ ދުވަހުގެ މެންދުރުފަހު 1:30 ނިޔަލަށެވެ.

ސްކޮލާޝިޕަށް ކުރިމަތިލާން ޖެހޭނީ އެކަމަށް ހާއްސަ ޕޯޓަލް އިންނެވެ.

ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ބުނީ ސްކޮލަޝިޕަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ދަރިވަރުން ކަނޑައަޅާނީ ޝަހާދަ ސާނަވިއްޔާ ސެޓްފިކެޓްއިން އެންމެ މަތިން ޕޮއިންޓް ލިބޭ ތަރުތީބުން ކަމަށެވެ.

ސްކޮލާޝިޕަށް ހޮވޭ ދަރިވަރުންނަށް އަޒްހަރު ޔުނިވަސިޓީން ދިނުމަށް ހަމަޖެހިފައިވަނީ ޓިއުޝަން ފީ އެކަންޏެވެ. އަދި އެހެން ހަރަދުތައް ހަމަޖައްސަން ޖެހެނީ އެ ދަރިވަރު އަމިއްލަ އަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް