ފްރެންޗު އޯޕަންގެ ޗެމްޕިއަންކަން ނޮވެކް ޖޮކޮވިޗު ހޯދައި ދުނިޔެ ހައިރާންކޮށްލައިފި

Loading

Facebook
Twitter
WhatsApp

ފްރެންޗު އޯޕަންގެ ޗެމްޕިއަންކަން ނޮވެކް ޖޮކޮވިޗު ހޯދައި ދުނިޔެ ހައިރާންކޮށްލައިފިއެވެ.

ފަރަންސޭސިވިލާތުގެ ޕެރިހުގައި އާދީއްތަ ދުވަހުގެ މެންދުރުފަހުން ކުޅުނު ފްރެންޗު އޯޕަން ޓެނިސް މުބާރާތުގެ ފުރަތަމަ ދެ ސެޓު ސްޓެފާނޮސް ސްޓިސިޕަސް 6-7 އަދި 6-2 އިން ހޯދާފައިވަނިކޮށް ޖޮކޮވިޗު ޗެމްޕިއަންކަން ހޯދީ ފަހު ތިން ސެޓު ކާމިޔަބުކޮށްގެންނެވެ. ފަހު ތިން ސެޓު އޭނާ ކާމިޔާބުކުރީ 6-3، 6-2، އަދި 6-4 އިންނެވެ.

މީގެ ކުރިން ވެސް އެއްފަހަރު ފްރެންޗު އޯޕަން ކާމިޔާބު ކޮށްފައިވާ ޖޮކޮވިޗު ފްރެންޗު އޯޕަން މިފަހަރު ކާމިޔާބު ކުރުމުން ގްރޭންޑް ސްލޭމްގެ 19 މުބާރާތް އޭނާއަށް ކާމިޔާބުކުރެވުނީއެވެ. އޭނާއަށް ވުރެ އިތުރަށް ގްރޭންޑް ސްލޭމް މުބާރާތްތައް ކާމިޔާބުކޮށްފައި ވަނީ ސްވިޒަރލޭންޑްގެ ރޮޖަރ ފެޑެރާއާއި ސްޕޭންގެ ރަފާލް ނަޑާލްއެވެ. އެއިން ކޮންމެ ކުޅުންތެރިއަކުވެސް 20 ފަހަރު މުބާރާތް ކާމިޔާބުކޮށްފައިވެއެވެ.

މެޗުގެ ފުރަތަމަ ދެ ސެޓު ސްޓެފަނޮސް ކާމިޔާބު ކުރި ގޮތުން ގިނަ ބަޔަކު ގަބޫލުކޮށްގެން ތިބީ ޖޮކޮވިޗަށް ފްރެންޗު އޯޕަން މި އަހަރު ގެއްލުނީ ކަމަށެވެ. ނަމަވެސް ފަހު ތިން ސެޓުގައި އޭނާ ވަރަށް ފަރުވާތެރިކަމާއެކު ލިބިފައިވާ ތަޖުރިބާގެ ބޭނުން ކޮށްގެން ކުޅެމުން ދިޔައިރު އޭނާގެ ވާދަވެރިޔާއަށް ހެދޭ ގޯސްތަކާ ގުޅިގެން އަމިއްލަ ބޮލުގައި ދެ އަތުން ތަޅައި ރެކެޓު ބިމުގައި ތަޅަމުން ދިޔަތަން ފެނުނެވެ.

އުމުރުން 34 އަހަރުގެ ޖޮކޮވިޗަށް ފުރަތަމަ ދެ ސެޓު ގެއްލުމުން ގިނަ ބަޔަކަށް ހީވެފައިއޮތީ އުމުރުން 22 އަހަރުގެ ސްޓެފަނޮސް ޒުވާންކަމުގެ ބުންވަރުގައި މެޗު ކާމިޔާބުކޮށް އޭނާއަށްވުރެ 12 އަހަރު ދޮށީ ޖޮކޮވިޗު ފުނޑާލާނެކަމަށެވެ. ނަމަވެސް ތަޖުރިބާގެ ބޭނުންކޮށް ޖޮކޮވިޗު މެޗު ކާމިޔާބު ކުރީ ދުނިޔޭގައި ޓެނިސްކުޅޭ އެތައް މިލިއަން މީހުންނަށް ބޮޑު ހައިރާންކަމެއް ގެނެސްދީފައެވެ.

މަޑު މައިތިރި މިޒާޖެއްގެ ޖޮކޮވިޗު ވަނީ މީގެ ކުރިން އޮސްޓްރޭލިއަން އޯޕަން ނުވަ ފަހަރު، ވިމްބަލްޑަން ފަސް ފަހަރު، ޔޫއެސް އޯޕަން ތިން އަހަރު ހޯދުމުގެ އިތުރަށް 2016 ގައި ފްރެންޗު އޯޕަން ވެސް ހޯދާފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް