އިންޑިއާ އަށް ބަރޯސާ ވެގެން ރާއްޖެ ތަރައްގީގެ މަންތީފަންތިއަކަށް ނޭރުވޭނެ: އުގައިލް

148

 

އަވައްޓެރި އިންޑިއާއަށް ބަރޯސާ ވެގެން ރާއްޖެ ތަރައްގީގެ މަތީ ފަންތި އަކަށް ނޭރުވޭނެ ކަމަށް ރާއްޖޭގެ މަޝްހޫރު ޕްރޮފެސަރު ހަސަން އުގައިލް ވިދާޅުވެއްޖެ އެވެ.

އުގައިލް  ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިންޑިއާ އަކީ އެއްވަނަ ދުނިޔޭގެ ގައުމެއް ނޫން ކަމަށެވެ.

“ވީއިރު އިންޑިއާއަށް މާބޮޑަށް ބަރޯސާވެގެން ދިވެހިރާއްޖެ ތަރައްގީގެ މަތީފަންތިއަކަށް ގެންދެވޭނެ ގޮތެއް ނުވިސްނޭ. ނޫނީ އެކާވީސްވަނަ ގަރުނު ނިމޭއިރު ވެސް އަޅުގަނޑުމެން ބޭނުންވަނީ ރާއްޖެ ފިނިހަކަ ދުވެލީގެ އޮންނަން ތޯ؟” ޕްރޮފެސަރުގެ ޕޯސްޓްގައި ވެއެވެ.

މީގެ އިތުރުން އުގައިލް ވިދާޅުވީ އޭނާގެ އެ ވާހަކައަކީ ސިޔާސީ ވާހަކައެއް ނޫން ކަމަށައި އެއީ އިލްމީ ވާހަކައެއް ކަމަށެވެ.

އުގައިލް އެހެން ވިދާޅުވެފައި ވާއިރު އައްޑޫގައި ކޮންސިއުލޭޓް އޮފީހެއް ހެދުމަށް އިންޑިއާ ސަރުކާރުން ވަނީ ރާއްޖެއަށް ހުށަހަޅާފައެވެ. އަދި މި ހުށަހެޅުމާ ދޭތެރޭ ވިސްނާ ވަޑައިގަންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފަ އެވެ.

މި މައްސަލައާ ގުޅިގެން އައްޑޫ ރައްޔިތެއްކަމަށްވާ ޕްރޮފެސަރު އުގައިލް ގެންދަވަނީ ކޮންސިއުލޭޓް އޮފީހެއް އައްޑޫގައި ހެދުމަށް ދެކޮޅު ހައްދަވާ ވާހަކަފުޅު ދައްކަވަމުންނެވެ.

 

2 ހިޔާލުތައް

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ