ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކުރެވޭ އަންހެން ޓީޗަރު ސަސްޕެންޑް ކޮށްފި

Loading

Facebook
Twitter
WhatsApp

ދަރިވަރަކަށް ޖިންސީ  ގޯނާ ކުރި ކަމަށް ތުހުމަތުކުރެވޭ އަންހެން ޓީޗަރު ސަސްޕެންޑް ކޮށްފި އެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ ދަރިވަރަށް ޖިންސީ ގޯނާކުރި ކަމަށް ބެލެވޭ ޓީޗަރު ބުރާސްފަތި ދުވަހުގެ ރޭ ސަސްޕެންޑް ކޮށްފައިވާ ކަމަށާ އެކަން ލިޔުމުން އަންގާފައިވާނެ ކަމަށެވެ.

ފުލުހުން ވެސް އަންނަނީ މި މައްސަލަ ބަލަމުންނެވެ.

ފުލުހުން ބުނީ މެދު އުތުރު ޕްރޮވިންސް (ނ، ފ، ބ، ޅ) ގައި ހިމެނޭ ރަށެއްގައި އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ 16 އަހަރުގެ ފިރިހެން ދަރިވަރަކަށް ޖިންސީ ގޯނާ ކުރި މައްސައެއް ބުރާސްފަތި ދުވަހު އެ އިދާރާއަށް ހުށަހަޅައިފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލައިގައި ތުހުމަތުކުރެވޭ ޓީޗަރަކީ އުމުރުން  25 އަހަރުގެ އަންހެނެއްކަމަށެވެ.

އެގިފައިވާ ގޮތުގައި މި މައްސަލަ ފެންމަތިވީ ޓީޗަރާއި ދަރިވަރާ ދެމެދު ދައްކާފަހުރި ބަދުއަހްލާގީ ވާހަކަތަކެއް ޗެޓްލޮގް އާއްމުވެގެންނެވެ. އެ އަންހެން މީހާއަކީ އޭނާ ޓީޗަރެއްގެ ގޮތުގައި މަސައްކަތްކުރަމުންދާ ރަށުގެ މީހަކާ އިދެގެން އުޅޭ އެހެން ރަށެއްގެ އަންހެނެކެވެ.

މި މައްސަލަ ފެންމަތިވުމާއެކު އެ އަންހެން މީހާވަނީ ފުލުހުންގެ އެހީތެރިކަމާއެކު އޭނާގެ ރަށަށް ގޮސްފައެވެ.

މި މައްސަލައިގައި އިތުރު ކުދިންތަކަކަށްވެސް އެ އަންހެން މީހާގެ ފަރާތުން ޖިންސީ ހާނިއްކަ ލިބިފައިވާ ކަމަށް ފުލުހުން ތުހުމަތު ކުރެއެވެ.

މި މައްސަލައާ ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވެއެވެ.

ފުލުހުން ބުނީ ޖެންޑާ މިނިސްޓްރީއާ ގުޅިގެން މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް