ނަފްރަތުގެ ބިލާ ދެކޮޅަށް 15 ކައުންސިލަކުން ނުކުމެއްޖެ

މުސްލިމަކާ ދިމާއަށް އާންމު ތަނެއްގައި ކާފަރެއް ކަމަށް ބުނުމަކީ ޖިނާއީ ކުށެއް ކަމުގައި ކަނޑައަޅަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލާ ދެކޮޅަށް 15 ކައުންސިލަކުން ތެދުވެއްޖެ އެވެ. ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ސަރުކާރު ފަރާތުން ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހިސާން ހުސެއިން ހުށަހެޅުއްވި މި ބިލާ ދެކޮޅަށް ކައުންސިލްތަަކުން ވަނީ ވަކިވަކި ބަޔާންތަކެއް  ނެރެފައެވެ.  އަދި މި ބިލް ފާސް ނުކުރުމަށް އެކައުންސިލްތަކުން ވަނީ މަޖިލީހަށް ގޮވާލާފައެވެ. ބިލާ ދެކޮޅަށް ބަޔާން ނެރުނު ކައުންސިލްތައް […]

މަސްތުގެ ހާލަތުގައި ތިބިކަމަށް ތުހުމަތުކުރެވޭ 15 މީހަކު މިސްކިތްތަކުން ހައްޔަރުކޮށްފި

މަސްތުގެ ހާލަތުގައި ތިބި ކަމަށް ތުހުމަތު ކުރެވޭ 15 މީހަކު މިސްކިތްތަކުން ރޭ ހައްޔަރުކޮށްފި އެވެ. ފުލުހުން މިއަދު ބުނީ މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށުގެ ރެކޯޑް އޮތް އަދި ކުށުގެ ވެށީގައި އުޅޭ މީހުންގެ ތެރެއިން ބޭނުމެއް ނެތި މިސްކިތަށް ވަދެ އަދި މަސްތުގެ ހާލަތުގައި ތިބި ކަމަށް ތުހުމަތު ކުރެވޭ 15 މީހަކު ރޭގެ ވަގުތެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. މި މީހުންގެ ބަންދާމެދު ގޮތް ނިންމަން ކޯޓަށް ހާޒިރު ކުރުމުން ހަތް […]

އިސްރާއީލްގެ ސިއްރު ފުލުހުން އީރާނާ ދެކޮޅަށް ހިންގާފައިވާ އޮޕަރޭޝަންތައް ހާމަކޮށްފި

އީރާނާ ދެކޮޅަށް އިސްރާއީލުން ހިންގާފައިވާ އޮޕަރޭޝަންތަކާ ބެހޭ މައުލޫމާތުތައް އިޒުރޭލުގެ ސިއްރުފުލުހުންގެ، (މޮސާޑްގެ) ކުރީގެ ވެރިޔާ، ހާމަކޮށް އިންޓަވިއުއެއް ދީފިއެވެ. މޮސާޑްގެ ކުރީގެ ވެރިޔާ ޔޮއްސި ކޮހަން ވަނީ އީރާނުގެ ނިއުކްލިއަރ އާކައިވްއިން ވަގަށްނެގި މައުލޫމާތު ވެސް ހިއްސާކޮށްފައެވެ. އީރާނާ ދެކޮޅަށް 2018ގައި އިޒުރޭލުން ހިންގާފައިވާ ވެއަރ ހައުސް ރެއިޑްގައި އެތަކެއް ހާސް ޑޮކިއުމެންޓް ތަކެއް ވަނީ އިޒުރޭލަށް ގެންގޮސްފައެވެ. މީގެ އިތުރުން އޭނާ ވަނީ ނަތަނާޒްގައިހުރި ނިއުކުލިއަރ ފެސިލިޓީ ހަލާކު ކޮށްލުމުގައްޔާއި، ނިއުކުލިއަރ ސައިންޓިސްޓު މަރާލުމުގައި […]

ތުރުކީ ވިލާތުން އައިއެސްގެ ބައިވެރިން ކަމަށް ތުހުމަތު ކުރެވޭ 14 މީހަކު ހައްޔަރުކޮށްފި

ތުރުކީވިލާތުން ހާމަކުރި ގޮތުގައި، މިދިޔަ ހުކުރު ދުވަހު ތުރުކީ ވިލާތުގެ އެކި ކަންކޮޅު ތަކުގައި ޓެރަރިޒަމް ގެ ޢަމަލުތަކާ ދެކޮޅަށް ހިންގި އޮޕަރޭޝަންތަކުގައި ”ދާއިޝް ޓެރާ ގްރޫޕް“ އަށް ނިސްބަތްވާކަމަށް ތުހުމަތު ކުރެވޭ 14 މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. އައިއެސްއެސްއަށް ފައިސާ ހޯދާ ނެޓްވޯރކަށް އަމާޒުކޮށް އެންޓި-ޓެރަ ޕޮލިސްއިން އެރްޒުރުމްގެ އިރުމަތީ ޕްރޮވިންސްގައި މި އޮޕަރޭޝަން ހިންގާފައި ވަނީ އެސަރަހައްދުގެ ޕޮލިހުންނެވެ. މިއޮޕަރޭޝަންގައި ހައްޔަރު ކޮށްފައިވާ ފަރާތްތަކަކީ އެ ޓެރަރިސްޓު ޖަމާއަތަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ […]

ތުރުކީގެ މިސްކިތަކަށް ތިމާވެއްޓާ ގުޅޭ ޚާއްޞަ ސެޓްފިކެޓެއް ދީފި

ތުރުކީގެ އިސްތަންބޫލް ގައި ހުރި މިސްކިތަކަށް ގޯލްޑް ލެވެލް ލީޑަރޝިޕްގެ ފަރާތުން އެނާޖީ އެންޑް އެންވަޔަރަންމަންޓް ޑިޒައިން ސެޓްފިކެޓެއް ދިފިއެވެ. އިސްތަންބޫލް އެއާޕޯޓުގެ އަލީ ކުޝު މިސްކިތަކީ ޔޫއެސް ގްރީން ބިލްޑިންގް ކައުންސިލުގެ ފަރާތުން ދުނިޔޭގެ އެންމެ ފުތަރަމަ ގޯލްޑް ލެވެލް އެލްއީއީޑީ ސެޓްފިކެޓް ދިން މިސްކިތެވެ. މި ކައުންސިލުން އިމާރާތްތައް ބަލައި ފާސްކުރުމުގައި އެ އިމާރާތްތަކުގެ ފެނުގެ އެފިޝެންސީ، ދެމެހެއްޓެނިވި ގޮތްތަކާއި، އެނާޖީ އެންޑް އެޓްމޮސްފިއާ، ބޭނުންކުރާ ސާމާނާއި ވަސީލަތްތައް، އިންޑޯ އެންވަޔަރަންމަންޓް ކޮލިޓީ، އިނޮވޭޝަން، […]

އެއާޕޯޓެއްގެ އެއާ ޓްރެފިކް ކޮންޓްރޯލް ބޭރުގެ ބަޔަކަށް ނުދޭނެ: ފައްޔާޒު

ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓު ޕޮލިސީއަށް ސަރުކާރުން ގެނެސްފައިވާ އިސްލާހުގެ ދަށުން އެއާޕޯޓެއްގެ އެއާރ ޓްރެފިކްގެ ކޮންޓްރޯލް ބޭރު ބަޔަކަށް ނުދޭނެކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ. ފައްޔާޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރުން ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް އުސޫލަށް ގެނައި ބަދަލުގެ ތެރެއިން ރާއްޖޭގެ އެއަރޕޯޓެއްގެ އެއާ ޓްރެފިކް އޮޕަރޭޝަން ރާއްޖޭގެ އަމިއްލަ ފަރާތަކަށް ނޫނީ ބޭރު ފަރާތަކަށްވެސް ދޭން ނިންމާފައިނުވާކަމަށާ ރާއްޖޭގެ އެއާޕޯޓް ތައް ކޮންޓްރޯލް ކުރާނީ ދައުލަތުންކަމަށެވެ. ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓު […]

މިސްކިތުގައި މަސްތުވާތަކެތި ބޭނުންކުރާކަމަށް ތުހުމަތުވާ މީހަކު އާންމުން ފުލުހުންނާ ހަވާލުކޮށްފި

    މާލޭގެ ވިޔަފާރިވެރިންގެ މިސްކިތް ތެރޭގައި މަސްތުވާތަކެތި ބޭނުންކުރާ އަދި އެތަކެތި ފޮރުވައިގެން އުޅުނު ކަމަށް ތުހުމަތުވާ މީހަކު ހިފަހައްޓާ އާންމުންގެ ބަޔަކު އޭނާ ފުލުހުންނާ ހަވާލު ކޮށްފި އެވެ. ފުލުސް މިއަދު ބުނީ މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ޕެކެޓްތަކަކާއެކު 24 އަހަރުގެ މީހަކު ރޭގެ ވަގުތެއްގައި މާލޭގެ ވިޔަފާރިވެރިންގެ މިސްކިތް ކައިރިން ހައްޔަރުކޮށްފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ. މި މީހާ ހިފަހައްޓާ ނަގާފައިވާ ވީޑިއޯއެއް […]

މޮރޮކޯގެ ސަފީރުކަމަށް ޑރ. އާސިމް އައްޔަނުކުރުމަށް މަޖިލީހަށް ހުށައަޅައިފި

    މޮރޮކޯއަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމުގެ މަގާމަށް ޑރ. އާސިމް އަހްމަދު އައްޔަންކުރުމަށް ރުހުން ހޯއްދެވުމަށް، ރައީސް އިބްރާހިމް މުހައްމަދު ސާލިހު މަޖިލީހަށް ހުށައަޅުއްވައިފި އެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ޑރ.އާސިމަށް ރުހުން ހޯއްދެވުމުގެ މައްސަލަ ދިރާސާކުރެއްވުމަށް ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުއްވާފައެވެ. ޑރ. އާސިމަކީ ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރްކަޒުތަކަށް، ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބުވެސްމެއެވެ. އދ. ގެ ދާއިމީ މިޝަންގެ ޖެނީވާ އޮފީހުގެ ދާއިމީ މަންދޫބަކަށް […]

ކަނޑައިގެން ގޮސްފައިވާ ދެ ކަނދުފައްޗެއް ހަރުކޮށްފި

  ކަނޑައިގެން ގޮސްފައިވާ ދެ އޮއިވާލި ކަނދުފައްޗެއް ފިޝަރީޒް މިނިސްޓްރީން އަލުން ހަރުކޮށްފިއެވެ. ފިޝަރީޒް މިނިސްޓްރީން ބުނީ ކަނޑައިގެން ދިއުމުގެ ސަބަބުން އަލުން ހަރުކުރީ ކ.ދިއްފުށި ކަނދުފައްޗާއި، ށ. ފުނަދޫ ކަނދުފައްޗެވެ. ދިއްފުށި ކަނދުފައްޗަކީ ދިއްފުށީގެ އިރުން 13 މޭލު ބޭރުގައި އަޅާފައިވާ ކަނދުފައްޗެކެވެ. އަދި ފުނަދޫ ކަނދުފައްޗަކީ ފުނަދޫ އިރުން 11.5 މޭލު ބޭރު ގައި އަޅާފައިވާ ކަނދުފައްޗެއްކަމަށް މިނިސްޓްރީން ބުނެއެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފިޝަރީޒް މިނިސްޓްރީން ވަނީ 55 ކަނދުފަތި އަޅާފައެވެ. އެކި […]

ކުޑަކުދިންގެހިޔާގއި އުޅޭ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

    ދައުލަތުގެ ބެލުމުގެ ދަށުގައި ކުޑަކުދިންގެ ހިޔާގައި އުޅޭ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ. އުމުރުން 25 އަހަރުގެ މި މީހާ ކުޑަކުއްޖާއާއި ޖިންސީގޯނާ ކުރަނީ ކުޑަކުދިންގެ ހިޔާއިން އެކުއްޖާ ބޭރަށް ގެންގޮސްގެންނެވެ. އެމީހާ ހައްޔަރުކުރީ ހޮނިހިރު ދުވަހު އެ ކުޑަކުއްޖާ އާއެކު އޭނާ ދިރިއުޅޭ ކޮޓަރީގައި ހުއްޓާ ފުލުހުން އެކޮޓަރިއަށް ވަދެއެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 10 ދުވަސް ދީފަ އެވެ. ކްރިމިނަލް ކޯޓުން އޭނާ […]