ޣައްޒާގެ އެއް މިލިއަން ކުޑަ ކުދީންނަށް ސިކުނޑީގެ ދުޅަހެޔޮކަމަށް ފަރުވާ ހޯދަން ވަނީ ޖެހިފައި

ޔުނިސެފް އަދި ޔޫއާރުޑަބްލިޔުއޭ ވަނީ ސްޓްރެސް އާއި ޓްރޯމާގެ ނިޝާންތައް ހުރި ކުދީންނާއި އެކުދީންގެ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ މުހިއްމުކަން ދުނިޔެއަށް ހާމަކޮށްދީފައެވެ. ޓްރޯމާގެ ސަބަބުން ޣާޒާގެ ކުޑަކުދީންގެ ކެއުމާއި ނިދުމުގައި ދަތިކަން ހުންނަ ކަމަށް ދިރާސާތަކުން ދައްކައެވެ. ޣައްޒާގައި ދިރިއުޅޭ އާބާދީގެ ދެބައިކުޅަ އެއްބަޔަކީ 18 އަހަރުން ދަށުގެ ކުޑަކުދީންނެވެ. ލަފާކުރެވޭ ގޮތުގައި ޣައްޒާގެ އެއްމިލިއަން ކުދީންނަށް މެންޓަލް ހެލްތު ކެއަރ ގެ އިތުރުން ސިއްހީ ޚިދުމަތާ ތައުލީމު އުނގެނުމުގެ ފުރުސަތުތަކާއި ތައްރައްގީގެ ފުރުސަތުތަކަށް […]

ޔޫރޯގައި މިރޭ ފްރާންސް- ޖާމަން: ފައިނަލެއް ފަދަ ވަރުގަދަ މެޗެއް

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ މެންދަމު 12.00ގައި ކުޅޭ ފުޓްބޯޅަ މެޗަކީ ފުޓްބޯޅަ ދިރާސާ ކުރާ ގިނަ މީހުން ގަބޫލުކުރާ ގޮތުގައި މުބާރާތުގެ ފައިނަލް މެޗު ފަދަ ވަރުގަދަ މެޗެކެވެ. ޖަރުމަންވިލާތުގެ މިއުނިކުގެ އެލިއަންޒް އެރީނާގައި ކުޅޭ މެޗަށް ދެ ޓީމުން ވެސް ވަނީ ރަނގަޅަށް ތައްޔާރުވެފައެވެ. ދެ ޓީމުގެ 15 ހާހެއްހާ ބެލުންތެރިންނަށް ސްޓޭޑިއަމަށް ކުޅިބަލަން ވަނުމުގެ ފުރުސަތު ލިބޭނެއެވެ. އަދި ރަށު ޓީމު ރަށަށް ގަދަވާނެއޭ ބުނާ އުސޫލުން މެޗު ޖަރުމަނުގައި ކުޅުމުން އެ […]

މެމްބަރު ރަޝީދު އަންނި އަށް: މީހާ ބޮޑުވެގެން ނުވާނެ ދިވެހި ގައުމަށްވުރެ.

އެމްޑީޕީގެ ރައީސް ނަޝީދު ދެން މިރާއްޖޭގެ އިސްމަގާމަކަށް ގެންނަން ދިވެހިރާއްޖޭގެ މެޖޯރިޓީ ރައްޔިތުން ގަބޫލު ނުކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު އަޙުމަދު ރަޝީދު ވިދާޅުވެއްޖެއެވެ. ”ރާއްޖޭގެ ރައްޔިތުންނަށް ހެއުއެދިގެން ހެއު މީސްވެގެން ރަނގަޅަކަށް ކަމެއްކުރަންޏާ އަޅުގަނޑުމެން ވެސް ރައީސް ނަޝީދަށް ތާއީދުކުރަން. އެކަމަކު (ނަޝީދުގެ) ވިސްނުންފުޅު ބަދަލު ކުރަން ޖެހޭނެ. ރަނގަޅު ނިޔަތުގައި ކަންކަން ކުރަންޖެހޭނެ.“ އަޙުމަދު ރަޝީދު ވިދާޅުވިއެވެ. ”ފާޅުގައި (ރައީސް ނަޝީދު) ވަރަށް ބޮޑެތި ނުބައިކަންތައްތަކަށް ތާއީދުކުރައްވާފައި ހުންނެވީ. […]

ގަމުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

  ލ.ގަން ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރު ކޮށްފިއެވެ. ފުލުހުން ބުނީ އެ މީހާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ  އެއްޗެއްހުރި 26 ރަބަރު ޕެކެޓު ފެނިފައި ވުމުން ކަމަށެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 25 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް ފުލުހުން ބުނެއެވެ. އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރުމަށްފަހު އޭނާ ހައްޔަރުކުރީ މި މަހުގެ 12  ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށް ފުލުހުން […]

ޝަރީފް އިލެކްޝަން ކޮމިޝަނުން އިސްތިއުފާ ދެއްވައިފި

    އިލެކްޝަން ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް އިސްތިއުފާ ދެއްވައިފި އެވެ. ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮމިޝަންގެ މެމްބަރު ކަމުން މިއަދު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ. ޝަރީފް ވިދާޅުވީ ވޭތުވެ ދިޔަ ތިން އިންތިހާބުގައި އިހްލާސްތެރިކަމާއި އަމާނާތްތެރިކަމާ އެކު މަސައްކަތް ކޮށްދެވުނު ކަމުގެ ހިތްހަމަޖެހުން އެބަ އޮތް ކަމަށެވެ. “ ވޭތުވެދިޔަ ތިން އިންތިހާބުގައި އިހްލާސްތެރިކަމާ އެކު މަސައްކަތް ކޮށް ދެވުނު ކަމުގެ ހިތްހަމަޖެހުން ލިބުނު، ކުރިމަގުގަ ވެސް ރައްޔިތުންގެ ހިދުމަތުގަ ފެންނާނެ“ ޝަރީފް […]

ވަގަށް ނަގާފައިވާ ގިނަ އަދެއްގެ ފޯނާ އެކު ދެ މީހަކު ހައްޔަރުކޮށްފި

  މާލެ ސިޓީގެ ފިހާރައެއް ފަޅާލައި ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފޯނާ އެކު ދެ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ އެ ދެ މީހުންނަކީ މައްޗަންގޯޅީގައި ހުންނަ ޑްރީމްސް މޯބައިލް ފިހާރައިގެ ފުރާޅު ނަގައިގެން އެ ފިހާރައަށް ވަދެ ގިނަ އަދަދެއްގެ ފޯނު ނަގައިފައިވާ ކަމަށް ތުހުމަތު ކުރެވިގެން ހައްޔަރުކުރި ދެ މީހުން ކަމަށެވެ. . ފުލުހުން ބުނީ ހުކުދުވަހުގެ ހެނދުނު  ހުށަހެޅި މައްސަލައާ ގުޅިގެން އެ އިދާރާއިން ހިންގި އޮޕަރޭޝަނުގައި އެރޭގެ ވަގުތެއްގައި […]

ކުޑަކުދިންގެ ބަގީޗާއިން ދޫންޏެއް ވަގަށް ނެގި މީހަކު ހޯދަން ވީޑިއޯއެއް އާންމުކޮށްފި

ކުޑަކުދިންގެ ބަގީޗާއިން ދޫންޏެއް ވަގަށްނެގި ކަމަށް ތުހުމަތުކުރެވޭ މީހަކު ހޯދަން ފުލުހުން ވީޑިއޯއެއް އާންމުކޮށްފި އެވެ. އެ ވީޑިއޯއިން ފެންނަނީ ކަޅުކުލައިގެ އަތް ދިގު ޓީޝާޓަކާއި ސޯޓެއް ލައިގެން ހުރި ޒުވާނަކު ކުޑަކުދިންގެ ބަގީޗާގެ ދޫނިތައް ހުންނަ ކުޑަ ކޮޓަރި އެއް ކަމަށް ބެލެވޭ ތަނެއްގެ ދޮރު ހުޅުވާފަ އެތާ އެތެރެށް ވަނުމަށްފަހު ފެހިކުލައިގެ ކޮތަޅެއް ހިފައިގެން ނުކުންނަ ތަނެވެ. ބެލެވޭ ގޮތުގައި ދޫނި އަޅާފައި އޮތީ އެ ކޮތަޅު ތެރެއަށެވެ. ބެލެވޭ ގޮތުގައި އޭނާ ވަތް […]

ޓެރަރިޒަމުގެ ތުހުމަތަކުގައި ހައްޔަރުކޮށް ދޫކޮށްލި މީހުން އަލުން ހައްޔަރުކުރުމަށް އަމުރުކޮށްފި

    ޓެރަރިޒަމާ ދެކޮޅަށް ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނުގައި އައްޑޫސިޓީން ހައްޔަރު ކުރި އަށް މީހުންގެ ތެރެއިން ދޫކޮށްލި ފަސް މީހުން އަލުން ހައްޔަރުކުރުމަށް ހައިކޯޓުން އަމުރުކޮށްފި އެވެ. އެމީހުން ހައްޔަރުކޮށް، ބަންދުކުރަން ހައިކޯޓުން އަމުރުކުރީ ފަސް މީހުން ދޫކޮށްލި މައްސަލަ ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން އެ ކޯޓުގައި އިސްތިއުނާފުކުރުމުންނެވެ. ހައިކޯޓުން ހައްޔަރުކުރަން އަމުރުކޮށްފައިވަނީ، އިއުތިސާމް މުހައްމަދު ސައީދު، ގަމަރީ، ގދ. މަޑަވެލި އާއި އަބްދުﷲ ހައިޝަމް، ސައީދާމަންޒިލް، ސ. މީދޫ އާއި މަފްތޫހް ސައީދު، […]

ހަނިމާދޫ އެއާޕޯޓަށް ބިން އިތުރުކުރުމާ ދެކޮޅަށް ރަށުގެ ރަށްޔިތުން ނުކުމެއްޖެ

  ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމަށް އެއާޕޯޓްގެ ބައުންޑަރީގެ ގޮތުގައި ބިމެއް އިތުރު ކުރަން ސަރުކާރުން ނިންމުމާއި ގުޅިގެން އެކަމާ ދެކޮޅަށް ޕެޓިޝަނެއްގައި ރަށުގެ ރައްޔިތުން ސޮއިކުރަން ފަށައިފިއެވެ. ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރަން ކަމަށް ބުނެ މިހާރު އެއާޕޯޓްގެ ބައުންޑަރީގެ ގޮތުގައި ކަނޑައަޅާފައިވާ ބިމަށް 853،937 އަކަފޫޓްގެ ބިމެއް އިތުރު ކުރަން ސަރުކާރުން ވަނީ ނިންމާފައެވެ. ސަރުކާރުގެ އެ ނިންމުން ޕްލޭނިން މިނިސްޓްރީގެ ފަރާތުން ދެ ފަހަރެއްގެ މަތިން އެ ރަށު […]

ގެދޮރު އެޅުމަށް ހަތް ލައްކަ ރުފިޔާގެ ލޯން ސްކީމެއް

    ރަށްރަށުގައި ގެދޮރ އިމާރާތްކުރުމަށް “ ގެދޮރުވެރިޔާ ލޯން ސްކީމް“ގެ ނަމުގައި ލޯންސްކީމެއް ދޫކުރަން ސަރުކާރުން ނިންމައިފިއެވެ. މި ލޯން ސްކީމްގެ ދަށުން  ހަތް ލައްކަ ރުފިޔާ އާއި ހަމައަށް ހަ ޕަސެންޓްގެ އިންޓަރެސްޓް ރޭޓުގަ ލޯން ދުކުރުމަށް ވަނީ ނިންމާފައެވެ. ލޯންސްކީމް މައުލޫމާތު ދެއްވަން މިރޭ އޮންލައިންކޮށް ބޭއްވި މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވީ މި ލޯން ސްކީމްގެ ދަށުން ގެދޮރު އިމާރާތްކުރަން ބޭނުންވާ ފަރާތްތަކަށް ލުއި […]