ޝަރީފް އިލެކްޝަން ކޮމިޝަނުން އިސްތިއުފާ ދެއްވައިފި

Loading

Facebook
Twitter
WhatsApp

 

 

އިލެކްޝަން ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް އިސްތިއުފާ ދެއްވައިފި އެވެ.

ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮމިޝަންގެ މެމްބަރު ކަމުން މިއަދު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.

ޝަރީފް ވިދާޅުވީ ވޭތުވެ ދިޔަ ތިން އިންތިހާބުގައި އިހްލާސްތެރިކަމާއި އަމާނާތްތެރިކަމާ އެކު މަސައްކަތް ކޮށްދެވުނު ކަމުގެ ހިތްހަމަޖެހުން އެބަ އޮތް ކަމަށެވެ.

“ ވޭތުވެދިޔަ ތިން އިންތިހާބުގައި އިހްލާސްތެރިކަމާ އެކު މަސައްކަތް ކޮށް ދެވުނު ކަމުގެ ހިތްހަމަޖެހުން ލިބުނު، ކުރިމަގުގަ ވެސް ރައްޔިތުންގެ ހިދުމަތުގަ ފެންނާނެ“ ޝަރީފް ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުއްލާ ޔާމީންގެ ވެރިކަމުގައި އިލެކްޝަންސް ކޮމިޝަނަށް އައްޔަންކުރެއްވި ޝަރީފް މަގާމުން އިސްތިއުފާ ދެއްވީ ކޮމިޝަންގެ ރައީސަކަށް ހުންނަވައި ތިން އިންތިހާބު ކުރިއަށް ގެންދެވުމަށް ފަހު އެވެ.

އެއީ 2018ގެ ރިޔާސީ އިންތިހާބާއި 2019ގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ އިތުރުން މިދިޔަ އެޕްރީލް މަހުގެ ތެރޭގައި ބޭއްވި ލޯކަލް ކައުންސިލް އިންތިހާބެވެ.

އިލެކްޝަން ކޮމިޝަނުގައި ތިއްބަވަނީ ފަސް މެމްބަރުންނެވެ. ޝަރީފް އިސްތިއުފާ ދެއްވުމުން މިހާރު ތިއްބަވާނީ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބާއި އެ ކޮމިޝަންގެ ރައީސްކަން ކުރިން ކުރެއްވި ފުއާދު ތައުފީގާއި އަލީ ނަޝާތުގެ އިތުރުން ޑރ. މުހައްމަދު ޒާހިރެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް