މެމްބަރު ރަޝީދު އަންނި އަށް: މީހާ ބޮޑުވެގެން ނުވާނެ ދިވެހި ގައުމަށްވުރެ.

Loading

Facebook
Twitter
WhatsApp

އެމްޑީޕީގެ ރައީސް ނަޝީދު ދެން މިރާއްޖޭގެ އިސްމަގާމަކަށް ގެންނަން ދިވެހިރާއްޖޭގެ މެޖޯރިޓީ ރައްޔިތުން ގަބޫލު ނުކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު އަޙުމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

”ރާއްޖޭގެ ރައްޔިތުންނަށް ހެއުއެދިގެން ހެއު މީސްވެގެން ރަނގަޅަކަށް ކަމެއްކުރަންޏާ އަޅުގަނޑުމެން ވެސް ރައީސް ނަޝީދަށް ތާއީދުކުރަން. އެކަމަކު (ނަޝީދުގެ) ވިސްނުންފުޅު ބަދަލު ކުރަން ޖެހޭނެ. ރަނގަޅު ނިޔަތުގައި ކަންކަން ކުރަންޖެހޭނެ.“ އަޙުމަދު ރަޝީދު ވިދާޅުވިއެވެ.

”ފާޅުގައި (ރައީސް ނަޝީދު) ވަރަށް ބޮޑެތި ނުބައިކަންތައްތަކަށް ތާއީދުކުރައްވާފައި ހުންނެވީ. ރިޝްވަތާއި ކޮރަޕްޝަންގެ ކަންކަމަށް ވެސް ތާއީދުކު ރައްވާފައި ހުންނެވީ. އެވާހަކަ ރައީސް ނަޝީދު ގާތުން އައްސަވާ ބައްލަވާ.“

އަޙުމަދު ރަޝީދު ވިދާޅުވި ގޮތުގައި އޭނާ ނަޝީދާ ބެހޭ ވާހަކަފުޅު ދައްކަވަމުން ގެންދެވެނީ، ރައީސް ނަޝީދު ދެކެ ލޯބި ނުވާތީއެއްނޫނެވެ. ރަހުމަތްތެރިކަން ނެތީމަކާއެއްވެސް ނޫނެވެ. އެކަމަކު ރައީސް ނަޝީދަކީ އެބޭފުޅުންނަށް ހެއުއެދިގެން ކަންކަން ކޮށްދެއްވި ބޭފުޅެއްނޫން ކަމަށާއި ޚުދު ރައީސް ނަޝީދަށް އެކަން އެނގިވަޑައިގަންނަވާނެ ކަމަށް ވެސް އަޙުމަދު ރަޝީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވިގޮތުގައި ރައީސް ނަޝީދު ފަދަ ބޭފުޅުންނާއެކު ސިޔާސީ ކަންތައްތަކުގައި އޭނާ އުޅުއްވީ ވަރަށް ހެލްތީކޮށް ވެލްތީކޮށް ހުންނެވި ދުވަސްވަރެއްގައެވެ.

”އަމިއްލަ ޕާސަނަލް ތަޖުރިބާއަށް ބަލާއިރު ރައީސް ނަޝީދުގެ ފަރާތުން ރަނގަޅަކަށް އުއްމީދެއް ނުކުރަން. ދެން އޮތީ ރައްޓެހިކަމާއި ގާތްކަމަށް ބެލީމާ އެކަން ދަމަހައްޓަވާ ބޭފުޅެއްވެސް ނޫނޭ އަޅުގަނޑު ދަންނަވާނީ ރައީސް ނަޝީދަކީ.“ އޭނާ ވިދާޅުވިއެވެ.

އަޙުމަދު ރަޝީދު ވިދާޅުވި ގޮތުގައި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ކަމުގެ މަގާމުގައި މިވަގުތު ހުންނެވި އިބުރާހީމް މުޙައްމަދު ޞާލިޙަކީ ދުވަހަކުވެސް މިރާއްޖޭގެ ވެރިކަމަށް ދަހިވެތިވެގެން އެވާހަކަދައްކައި އެކަމަށް ޝައުގުވެރިވެގެން އެމަސައްކަތް ކުރައްވަމުން ވަޑައިގެންނެވި ބޭފުޅެއްނޫނެވެ. ”މުޅި އެމްޑީޕީ ހިފެހެއްޓުމުގައި އިބްރާހީމް މުޙައްމަދު ސާލިޙު ވަރަށް މުހިންމު ދައުރެއް އަދާކުރައްވާފައިވޭ. އިބްރާހީމް މުޙައްމަދު ޞާލިކީ އެމްޑީޕީގެ ރޫޙުގެ ހިތް.“ އޭނާ ވިދާޅުވިއެވެ. ”އެމްޑީޕީ އުފެދުނީއްސުރެ އޭރުވެސް 17 ވަނަ މަޖިލީހުގައި ތިބި މެންބަރުންވެސް ބައިބައި ނުވެ ނުރޫޅި ތިބީ އިބްރާހީމް މުޙައްމަދު ޞާލީޙުގެ ސަބަބުން.“

އަޙުމަދު ރަޝީދު ވިދާޅުވިގޮތުގައި ރާއްޖޭގެ ރައްޔިތުން ރަނގަޅަކަށް އުއްމީދުކޮށްގެން އެންމެ ރަނގަޅު އެއްބޭފުޅަކީ އިބްރާހީމް މުޙައްމަދު ސާލިޙު ކަމަށް ދެކިގެން ތިބިއިރު ދެން ތިއްބެވި ވާދަވެރި ސިޔާސީ ޕާޓީތަކުގެ އިސް ބޭފުޅުން ވެސް އެތިއްބެވީ އިބްރާހީމް މުޙައްމަދު ޞާލިޙަށް ދޫދެއްވައިގެންނެވެ.

”ކީއްވެގެންތޯ އެއްލީޑަރަކު މިއާ ޚިލާފުވެގެން މިއުޅުއްވަނީ.

މީހާ ބޮޑުވެގެން ނުވާނެ ދިވެހި ގައުމަށްވުރެ. ދިވެހި ގައުމުގެ ރައްޔިތުންނަކީ މިއަދު ވަރަށް ބޮޑަށް ތަންދޮރު އޮޅުން ފިލާފައި ތިބި ވަރަށް ހޭލުންތެރި ބައެއް.“ އަޙުމަދު ރަޝީދު ވިދާޅުވިއެވެ.

އަޙުމަދު ރަޝީދު ވިދާޅުވި ގޮތުގައި މިއީ ތިމާގެ އަމިއްލަ އެދުމާއި އަމިއްލަ އެޖެންޑާ ކުރިއަށް ނެރެ ގައުމުގެ ހުރުމަތާއި އަގު ވައްޓާލުމުގެ ބަދަލުގައި ކިބުރުވެރިކަމާއި ބޮޑާކަން ދޫކޮށް ގައުމުގެ މަސްލަހަތަށްޓަކައި މަސައްކަތް ކުރަންޖެހިފައިވާ ވަގުތެކެވެ.

”މި ގައުމާއި އަންނަން އޮތް ޖީލާއި އަޅުގަނޑުމެންނާއި އަޅުގަނޑުމެންގެ ދަރިންނާއި ދަރީންގެ ދަރިންނަށްޓަކައި އަޅުގަނޑުމެންވެސް މިގައުމަށް ހެއުއެދޭތީވެ މިވާހަކަ ދައްކަނީ.“ އޭނާ ވިދާޅުވިއެވެ.

އެމްޑީޕީގެ އިސްސަފުގައި މަސައްކަތް ކުރެއްވި އަދި ޕާޓީގެ އަޑު އުފުލަމުން ދިޔަ ވަރަށް ގިނަ ބަޔަކު ނަޝީދަށް ފާޅުގައި ފާޑުކިޔަމުންދާ އަޑު މިހާރު ވަނީ ގަދަވާން ފަށާފައެވެ. އެގުރޫޕްގައި ކުރިއަށް ކުޅުއްވަނީ ޝުއައިބާއި އޯކޭ ޒާހިރު ފަދަ އެމްޑީޕީގެ ފަހުލަވާނުންނެވެ. ހަމަ އެހެންމެ ނަޝީދަށް ސަޕޯޓުކުރާ ޗެއަރޕާސަން ޙަސަން ލަތީފުގެ ފެކްޝަނުންވެސް މީސްމީޑިއާގައި ބަހުގެ ޙަމަލާތަށް ވަރުގަދަކުރަމުން ދެއެވެ. އެމީހުން ބުނާގޮތުގައި ނަޝީދު ޖަރުމަނުން އެނބުރި އަމުން އިތުރަށް ތަފާތު ފެނިގެން ދާނެއެވެ.

ހަސަން ލަތީފު ވިދާޅުވަނީ އެމްޑީޕީ ދެބައިވާން ޖެހުނީ ރައިސް ސާލިޙު އާއި އެމަނިކުފާނުގެ ބައިވެރީން ނަޝީދު ބާކީކޮށް ސަރުކާރު ހިންގަން އުޅުމުން ކަމުގައެވެ.

 

Loading

3 Responses

  1. މަގުމަތީ އުޅުނު ސިޔާސަ ކުއްޖަކަށް ވެރިކަން ލިބި ވެރިކަމުގެ ބާރާއި ޢިއްޒަތް ލަބުނީމަ ހަމަބުއްދި ފިލާ ދާނެ. އެހެން އަންނިއަށް އެވީ. ދެން ކޮންމެފަދަ ގޯޯހެއްވެސް ހަދައިފާނެ. ވެރިކަން ކުރަން އެގުނީއެއް ނޫން. އެހެން މީހަކު ވެރިކަން ކުރިޔަ ދެނީއަކީ ނޫނެވެ. ދެރަދޯ?

  2. އަހުމަދު ރަސީދު ބުނުއްވިހެން އަންނިއަކީ ކޮރަޕްޝަންގެބައްޕަ ވަރަށް ވަރަށްސާފް އިނގޭތޯ

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް