މިރޭގެ ގަދަ މެޗަކަށް ވާނީ 12 ޖަހާއިރު ފަށާ އިޓަލީ- ސްވިޒަލޭންޑް މެޗު

ޔޫރޯ ފުޓް ބޯޅަ މުބާރާތުގައި މިއަދު ކުޅެން ހަމަޖެހިފައިވާ ތިން މެޗަށް ބަލާއިރު ގަދަ މެޗަކަށް ވާނީ މެންދަމު 12.00ގައި ކުޅޭ އިޓަލީއާއި ސްވިޒަލޭންޑުގެ މެޗެވެ. މެޗު ކުޅޭނީ ރޯމުގެ އޮލިމްޕިކް ސްޓޭޑިއަމްގައެވެ. އިޓަލީ ވަނީ މުބާރާތް ހުޅުވަން ކުޅުނު ފުރަތަމަ މެޗުގައި ތުރުކީ ކޮޅަށް ތިން ލަނޑު ޖަހައި މޮޅުވެ، ތިން ޕޮއިންޓު ހޯދާފައެވެ. ސްވިޒަލޭންޑް ކުޅުނު ފުރަތަމަ މެޗުގައި ވޭލްސްއާ ވާދަކޮށް 1-1 އިން އެއްވަރުވެ ލިބިފައިވަނީ އެއް ޕޮއިންޓެވެ. ޔޫރޯގައި މިއަދު ހަވީރު […]
މީޑިއާތަކުން ފެންނަ ލިއުންތައް ކިޔާފާ އަޅުގަނޑު ހިތަށްއަރަނީ…

މިފަހަކަށް މީޑިއާތަކުން ފެންނަ ލިއުންތައް ކިޔާފާ އެތައްބައިވަރު ކަންތައްތަކެއް އަޅުގަނޑު ހިތަށް އަރާ ފައިބައިގެންދެއެވެ. އެންމެފުރަތަމަ އަޅުގަނޑު ހިތަށްއަރަނީ އެފަދަ ބައެއް ލިއުންތަކާ އެއްފެންވަރަކަށް އަޅުގަނޑަށްވެސް ލިއެވޭނެނަމައެވެ! އެހެން ލިއުންތެރިންނަށް ކުޑައިމިސް ބަހަކަށްނުވާގޮތަށް ބައެއް ލިޔުންތެރިކަމުގެ ގޮތުން ފުންނާބު އުސް ކޮލަމްނިސްޓުން ފަދައިން އަޅުގަނޑަށްވެސް ލިއެވޭނެ ބާވައޭ ހިތަށްއަރައެވެ. ނުލިޔެވުނަސް ލިޔަންމަސައްކަތްކުރާނަމޭ ހިތަށް އަރައެވެ. ދިވެހި މުޖުތަމާއަށް މިހާރު ދިމާވެފައިވާ ކަންތައްތަކާދޭތެރޭ އަޅުގަނޑުވެސް ލިޔަންބޭނުމެވެ. އެހުރިހާ ކަންތައްތަކާބެހޭގޮތުން ލިއުމަކީ ވެސް ކުޅަދާނަކަމެއްނޫނޭ ހިތަށްއަރައެވެ. އަޅުގަނޑެކޭ އެއްފަދައިން ކޮންމެދިވެއްސަކަށްވެސް […]
ވުޒާރާތަކަށް ގެނައި ބަދަލަށް މަޖިލީހުން ރުހުން ދީފި

ސަރުކާރުގެ ވުޒާރާތަކަށް ގެނައި ބަދަލުތަކަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ. ކޮމިޔުނިކޭޝަން މިނިސްޓްރީ އުވާލައި، އެ މިނިސްޓްރީގެ މަސައްކަތްތައް އެހެން ވުޒާރާއެއްގެ ދަށަށް ބަދަލުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވި ނިންމުމަށް، ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފައިވަނީ ދޭން 51 މެމްބަރުންގެ ވޯޓުންނެވެ. ނުފެންނަ ކަމަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވަ އެވެ. ކުރިން ހިންގަމުން ދިޔަ ސައިންސް މިނިސްޓްރީ އުވާލައި އެ މިނިސްޓްރީގެ މަސައްކަތްތައް އެންވަޔަރަމަންޓް މިނިސްޓްރީގެ ދަށަށް […]
ހަރުކަށިފިކުރަށް ތުމުހަތުކުރެވޭ ފަސް މީހަކު ދޫކޮށްލަން ނިންމި ނިންމުން ހައިކޯޓުން ބާތިލް ކޮށްފި

ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުން ހިންގަމުންދާ ހާއްސަ އޮަޕަރޭޝަނުގެ ތެރެއިން އައްޑޫ ސީޓީން ހައްޔަރު ކުރި ފަސް މީހަކު ދޫކޮށްލަން ނިންމި ނިންމުން ހައިކޯޓުން ބާތިލުކޮށްފި އެވެ. ފުލުހުންގެ އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ބަންދަށް ފުރަތަމަ 15 ދުވަސް ދިން ނަމަވެސް، މެއި 30 ވަނަ ދުވަހު އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ގެންދިޔުމުން އެމީހުންގެ ތެރެއިން ފަސް މީހަކު ވަނީ ދޫކޮށްލައިފަ އެވެ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ދޫކޮށްލި […]
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށް ލި މީހަކު ހައިކޯޓުން ދޫކޮށްލައިފި

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކުރި މީހަކު ހައި ކޯޓުން ދޫކޮށްލައިފި އެވެ. މަސްތުވާތަކެތީގެ މައްސަލައިގައި އުމުރައްޖަލަށްލާން ކުރިމިނަލް ކޯޓުން ހުކުމް ކުރީ ހ. ބްރެޑްލީ، ހުޒައިމަތު ނައީމް އެވެ. އޭނާ ހައްޔަރުކުރީ 2016 ވަނަ އަހަރުގެ އޮކްޓޯބަރު ދެ ވަނަ ދުވަހު ހިންގި މާރާމާރީއަކާ ގުޅިގެން ބަލައި ފާސްކުރުމުގެ ތެރޭގައެވެ. ކްރިމިނަލް ކޯޓްގެ ހުކުމުގައިވަނީ ފުލުހުން އެ ސަރަހައްދަށް ދިޔައިރު ހުޒައިމަތު ހުރީ މަސްތުގެ ހާލަތުގައި ކަމަށާ، އޭނާ […]
ނަޝީދަށް ދިން ހަމަލާގެ ކުރިން ފުލުހުން ކަޑުމަތިން ހިފެހެއްޓި ލޯންޗެއްގައި ހަމަލާގެ ބައިވެރިން ތިބި

ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާ ދިން ރޭގެ ހަ ދުވަސް ކުރިން ހަމަލާގެ ބައެއް ބައިވެރިން ކަނޑުމަތިން ހުއްޓުވި ކަމަށް ފުލުހުން ބުނެފި އެވެ. ފުލުހުން މިހެން ބުނެފައިވަނީ ހަމަލާގެ އިސް މީހާ ކަމަށްވާ ވ. ތިނަދޫ ލަކީ، އަދުހަމް އަހްމަދު ރަޝީދާއި، ގއ. ކޮނޑޭ ފޮޅޭމާ، ތަހްމީން އަހްމަދު މެއި އެއްވަނަ ދުވަހު ދޫނިދޫ ފަޅުތެރޭގައި ލޯންޗެއްގައި ތިބި ކަމަށާއި އެމީހުން ފުލުހުންނާއި މުއާމަލާތް ކުރި ކަމަށް […]
އެއާ ޓްރެފިކް ކޮންޓްރޯލް ކުރުމުގެ ބާރު ބޭރުގެ ފަރާތްތަކަށް ނުލިބޭނެހެން ޕޮލިސީ އަށް އިސްލާހު ގެނެސްފި

އެއާޕޯޓްތަކުގެ އެއާޓްރެފިކް ކޮންޓްރޯލް ކުރުމުގެ ބާރު ބޭރު ކުންފުނި ތަކަށް ނުލިބޭނެހެން ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ އަށް އިސްލާހުގެނެސްފިއެވެ. އެއާޕޯޓުތަކުގެ އެއާ ޓްރެފިކް ކޮންޓްރޯލް ކުރުމުގެ އެއްވެސް ބާރެއް ބިދޭސީ ކުންފުނިތަކަށް ނުލިބޭނެ ގޮތަށް އިސްލާހު ގެނެސް މި ޕޮލިސީ ރޭ ވަނީ ގެޒެޓްކޮށްފައެވެ. ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ ބަދަލު ގެނެސް އިކޮނޮމިކް މިނިސްޓްރީން އާދީއްތަ ދުވަހު ގެޒެޓްކުރި އުސޫލުގައި ވާ ގޮތުން އެއާޕޯޓް އެންޑް އެއާ ޓްރެފިކް ކޮންޓްރޯލް ގެ މަސައްކަތް ވެސް […]
ހިޔާ ފްލެޓްތައް އަންނަ މަހު ހަވާލުކުރަނީ

ގެދޮރުގެ ދަތިކަން ހައްލުކުރުމަށް ކުރީގެ ސަރުކާރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓްތައް ލިބުނު މީހުންނާއެކު އަންނަ މަހު އެއްބަސްވުންތަކުގައި ސޮއިކުރަން ފަށާނެ ކަމަށް މަބްރޫކް އަޒީޒު ވިދާޅުވެއްޖެ އެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ އަންނަ މަހުގެ 14 ވަނަ ދުވަހު އެއްބަސްވުން ތަކުގައި ސޮއިކުރަން ފަށާނެ ކަމަށެވެ.އޭނާ ވިދާޅުވީ މި އެއްބަސް ވުންތައް މަސް ދުވަހުގެ ތެރޭގައި ނިންމަން […]
ވިނަރެސް ފްލެޓްތައް އަންނަ މަހު ވިއްކަން ހުޅުވައިލަނީ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ސަރުކާރުން އަޅަމުން އަންނަ “ ވިނަރެސް“ ފްލެޓްތައް މިއަންނަ މަހު ވިއްކުމަށް ހުޅުވައިލާނެ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަނު ( އެޗްޑީސީ)ން ބުނެފި އެވެ. ހުޅުމާލޭގައި އިމާރާތްކުރާ 1،000 ހައުސިން ޔުނިޓް އިފްތިތާހު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވީ، ވިނަރެސް ފްލެޓްތަކުގެ ގާތްގަނޑަކަށް 45 ޕަސެންޓް މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. ވިނަރެސް މަޝްރޫގައި ހުންނަނީ ތިން ކޮޓަރީގެ 1344 ފްލެޓެވެ. […]
މޮރޮކޯއިން އިޒްރޭލުގެ ޑިޕްލޮމެޓިކް މިޝަނަށް ބިން ކުއްޔަށް ދިނުމަށް ދެކޮޅު ހަދައިފި

އިޒްރޭލުގެ ޑިޕްލޮމޭޓަކު މޮރޮކޯއަށް ދިޔަތާ ހަމަސް ފާއިތުވެ ދިޔަ އިރުވެސް އޭނާ މަސައްކަތް ކުރަން ޖެހިފައިވަނީ އޭނާ ހުންނަ ހޮޓަލްގެ ކޮޓަރީގައެވެ. މީގެ ސަބަބުން ޑިޕްލޮމެޓިކު މަސައްކަތްތައް ކުރުމުގައި އެތައް ދަތިތަކެއް ވަނީ ކުރިމަތި ވެފައެވެ. ޑޭވިޑް ބޮއިލިން މޮރޮކޯގައި ހުންނަ އިޒްރޭލު އޮފީހުގެ ވެރިއެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ޖެނުއަރީ މަހުއެވެ. އެއީ މިދިޔަ އަހަރު ފަހުކޮޅު މޮރޮކޯ އާއި އިޒުރޭލާ ދެމެދު ގުޅުން ބަދަހިވުމާ ގުޅިގެންނެވެ. މޮރޮކޯއަކީ އިޒްރޭލާ ގުޅުން ބަދަހި ކުރި ހަތަރުވަނަ އަރަބި […]