މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށް ލި މީހަކު ހައިކޯޓުން ދޫކޮށްލައިފި

Loading

Facebook
Twitter
WhatsApp

 

 

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކުރި މީހަކު ހައި ކޯޓުން ދޫކޮށްލައިފި އެވެ.

މަސްތުވާތަކެތީގެ މައްސަލައިގައި އުމުރައްޖަލަށްލާން ކުރިމިނަލް ކޯޓުން ހުކުމް ކުރީ ހ. ބްރެޑްލީ، ހުޒައިމަތު ނައީމް އެވެ.

އޭނާ ހައްޔަރުކުރީ 2016 ވަނަ އަހަރުގެ އޮކްޓޯބަރު ދެ ވަނަ ދުވަހު ހިންގި މާރާމާރީއަކާ ގުޅިގެން ބަލައި ފާސްކުރުމުގެ ތެރޭގައެވެ.

ކްރިމިނަލް ކޯޓްގެ ހުކުމުގައިވަނީ ފުލުހުން އެ ސަރަހައްދަށް ދިޔައިރު ހުޒައިމަތު ހުރީ މަސްތުގެ ހާލަތުގައި ކަމަށާ، އޭނާ ހަށިގަނޑު ފާސްކުރިއިރު ފިލްމު ހުސްކުރި ދަޅަކުން 17.3 ގްރާމުގެ ކެނަބިސް ވެސް ފެނުނު ކަމަށެވެ.

ތަހުގީގު މަރުހަލާ އަދި ދަށު ކޯޓުގެ މަރުހަލާގައި ހުޒައިމަތު ވަނީ އޭނާ އަތުން މަސްތުވާތަކެތި ފެނުނު ކަމަށާއި އޭނާއަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެއް ކަމަށް އިއުތިރާފު ވެފަ އެވެ.

އޭނާގެ މައްޗަށް ދައުލަތުން އުފުލި ކެނެބިސް ޓްރެފިކް ކުރުމުގެ ދައުވާ ސާބިތުވެ ކްރިމިނަލް ކޯޓުން ވަނީ އޭނާ އުމުރަށް ޖަލަށް ލުމާއެކު އެއް ލައްކަ ރުފިޔާއިން ޖޫރިމަނާ ކޮށްފަ އެވެ.

އެ މައްސަލަ އޭނާ ފަހުން ހައި ކޯޓުގައި އިސްތިއުނާފު ކުރީ އޭނާގެ މައްޗަށް މަސްތުވާތަކެތި ޓްރެފިކް ކުރި ކަމުގެ ކުށް ސާބިތުވާ ކަމަށް ހުކުމްގައި ކަނޑައަޅާފައި ވަނީ މަސްތުވާތަކެއްޗާ ގުޅޭ ގާނޫނާ ހިލާފަށް ކަމަށް ބުނެއެވ. އަދި ގާނޫނުއަސާސީގެ 63 ވަނަ މާއްދާގައި ބުނާ ފަރުދުންގެ ހައްގު ގެއްލޭ ގޮތަށް ދަށު ކޯޓުގެ ހުކުމް މާނަކޮށްފައިވާ ކަމަށްވެސް އިސްތިއުނާފަށް ހުށަހެޅިއިރު ބުނެފައި ވެއެވެ.
އިސްތިއުނާފު މަރުހަލާގައި ސުވާލު އުފައްދާފައިވަނީ އޭނާގެ އަތުން ފެނުނު މަސްތުވާތަކެތީގެ އަދަދާ ގުޅޭ ގޮތުންނެވެ. އެގޮތުން 17.3 ގްރާމު ހަމަ ވަނީ އިމްޕިއުރިޓީސްއާ ނުލައި ކަމަށް ދަށު ކޯޓުގައި ފުލުހުން ބުނެފައިވާއިރު އެ އަދަދު ހަމަވަނީ ކޮން ގޮތަކުން ކަމާ މެދު ސުވާލު އުފެއްދި އެވެ.

ހައި ކޯޓުގައި ހުޒެއިމަތުގެ ފަރާތުން ބުނެފައިވަނީ ފުލުހުން މަސްތުވާތަކެތީގެ ބަރުދަން ބަލާފައި ވަނީ ފިލްމު ހުސްކުރި ދަޅު ވެސް ހިމަނައިގެން ކަމަށާއި އެއީ ގާނޫނާ ހިލާފަށް ކުރި ކަމެއް ކަމަށެވެ.

ދައުލަތުން އެކަން ދޮގުކުރުމަށްފަހު ބުނެފައިވަނީ ތަކެތީގެ ބަރުދަން ބެލީ ދަޅު ނުލައި ކަމަށެވެ.
ނަމަވެސް ހައިކޯޓުން ކުރި ހުކުމުގައި ވަނީ މަސްތުވާތަކެތީގެ ތަހުލީލު ރިޕޯޓުގެ އެއްވެސް ތަނެއްގައި ބަރުދަން ބެލީ ދަޅު ހިމަނައިގެން ނުވަތަ ނޫން ކަމެއް ބަޔާންކޮށްފައި ނުވާ ކަމަށެވެ. އަދި ބަރުދަނަކީ 17.3 ގްރާމު ކަމަށް އެ ރިޕޯޓުގައި ބަޔާން ކުރިޔަސް، އޭގައި ހުރި ކަމަށް ބުނާ ޓެޓްރާހައިޑްރޯކެނަބިނޯލް އާއި ކެނަބިނޯލްގެ ބަރުދަން އެއްކޮށްލުމުން ހަމަވަނީ 12.4 ގްރާމުކަން ހައިކޯޓުން ކުރި ހުކުމުގައި ބުނެ އެވެ.

Loading

2 Responses

  1. ހައިކޯޓު ފަޑިޔާރު މިހާރު އެހުރީ ތިޔަމީހާއަތުންވަރުގަދަ ލާރިގަޑެއް ކައްވާލާގެން ތިކަހަލައި ގައްދާރު. ޖަންގަލީ ފަޑިޔާރުން ކޯޓުތަކުގައިތިބެގެން މިގައުމުން މަސްތުވާތަކެތީގެ ނުބައި ވިހަ ގަދަ ވަބާ ދުވަހަކުވެސް ފޮހެވިގެން ނުދާނެ ކަން ޔަގީން ދިވެހިގައުމަށާއި ދިވެހިރާއްޖެއަށް ހަރާންކޯރު ހަރާންޖާޒާއިން ގައްދާރު ނަގޫބަޅުން

  2. khiyaalakee kiri adhadhu dhimaanuvias kuvveriyaadhookollaakah nujehe eve rangalhah masala balanvee meenegenee duragumeehun sasaamah koh dhenee qaazeenkan

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް