ނަޝީދަށް ދިން ހަމަލާގެ ކުރިން ފުލުހުން ކަޑުމަތިން ހިފެހެއްޓި ލޯންޗެއްގައި ހަމަލާގެ ބައިވެރިން ތިބި

Loading

Facebook
Twitter
WhatsApp

ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް  މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާ ދިން ރޭގެ ހަ ދުވަސް ކުރިން ހަމަލާގެ ބައެއް ބައިވެރިން ކަނޑުމަތިން ހުއްޓުވި ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިހެން ބުނެފައިވަނީ ހަމަލާގެ އިސް މީހާ ކަމަށްވާ ވ. ތިނަދޫ ލަކީ، އަދުހަމް އަހްމަދު ރަޝީދާއި، ގއ. ކޮނޑޭ ފޮޅޭމާ، ތަހްމީން އަހްމަދު މެއި އެއްވަނަ ދުވަހު ދޫނިދޫ ފަޅުތެރޭގައި ލޯންޗެއްގައި ތިބި ކަމަށާއި އެމީހުން ފުލުހުންނާއި މުއާމަލާތް ކުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯ އަކާއި ގުޅިގެން ނޫސްވެރިން ސުވާލުކުރުމުނެނެވެ.

ފުލުހުން ބުނީ  މެއި 06ގެ ޓެރަރިސްޓް ހަމަލާއާ ގުޅިގެން ބަޔަކު ހައްޔަރުކުރި ފަހުން، އެމީހުންގެ ތެރޭގައި ހިމެނޭ ތަހްމީން އަހުމަދަކީ މެއި 01 ވަނަ ދުވަހު މެރިން ޕޮލިސް އިން ކަނޑުމަތިން ހުއްޓުވި ލޯންޗެއްގައި ހުރި ފަރާތްކަމުގައި މެރިން ޕޮލިސްގައި ރެކޯޑުކުރެވިފައިވުމާއެކު އެކަން ތަހުގީގަށް ހިއްސާކޮށްފައިވާކަމަށެވެ.

އަދި  އެކަމާ ގުޅިގެން ފުލުހުން ބެލިބެލުމުން އެދުވަހު ކަނޑުމަތިން ހުއްޓުވި ލޯންޗުގައި، ތަހްމީން އަހުމަދުގެ އިތުރުން މިމައްސަލައިގެ ތަހުގީގަށް މިހާރު ހައްޔަރުކޮށްފައިވާ އަދުހަމް އަހްމަދު ރަޝީދު ވެސް ހުރިކަން އެނގުނު ކަމަށް ފުލުހުން ބުނެއެވެ.

އަދި އެކަމާ ގުޅިގެން ތަހުގީގުން ބަލަންޖެހޭ ކަންކަން ބަލާ އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވަކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން ބުނީ އެ ލޯންޗް ކަނޑުމަތިން ހުއްޓުވާފައިވަނީ ހުޅުމާލެ ފަޅުތެރެއިން ކަމަށެވެ. އެމީހުން ހުއްޓުވީ މެރިން ޕޮލިސްގެ އާންމު ޕެޓްރޯލްގެ ތެރެއިން ނެވިގޭޝަން ލައިޓްގައި މައްސަލައެއް ހުރިކަމަށް ފާހަގަކުރެވިގެން ކަމަށްވެސް ފުލުހުން ބުނެ އެވެ.

ލޯންޗުގައި ހުރި މައްސަލަތައް ހައްލުކުރުމަށް ނަސޭހަތްތެރިވުމަށްފަހު އެމީހުން އެދުވަހު ދޫކޮށްލި ކަމަށް ވެސް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.

މައްސަލާގައި ހައްޔަރު ކުރި އަދުހަމް އަކީ ރައީސް ނަޝީދަށް ހަމަލާދޭން ބޮންގޮއްވާލަން ރިމޯޓުގެ ބަޓަނަށް ފިތި މީހާ އެވެ. ތަހުމީން އަކީ ރައީސް ނަޝީދަށް ދިން ހަމަލާގައި ބޭނުންކުރި އައިއީޑީ ހަރުކޮށްފައި ހުރި ސައިކަލުގެ ވެރިފަރާތް ކަމަށް ފުލުހުން ބުނެއެވެ.

ބޮމުގެ ހަމަލާ އާއި ގުޅިގެން ފުލުހުން އެންމެ ފުރަތަމަ ހައްޔަރުކުރި ތިން މީހުންގެ ތެރޭގައި އަދުހަމާއި ތަހުމީނު ހިމެނެ އެވެ. ތިންވަނަ މީހަކީ މއ. ފޭރުގެ މުޖާޒް އަހްމަދު އެވެ. މިހަމަލާގެ ތުހުމަތުގައި ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހް ވެސް ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް