އެއާ ޓްރެފިކް ކޮންޓްރޯލް ކުރުމުގެ ބާރު ބޭރުގެ ފަރާތްތަކަށް ނުލިބޭނެހެން ޕޮލިސީ އަށް އިސްލާހު ގެނެސްފި

Loading

Facebook
Twitter
WhatsApp

 

އެއާޕޯޓްތަކުގެ އެއާޓްރެފިކް ކޮންޓްރޯލް ކުރުމުގެ ބާރު ބޭރު ކުންފުނި ތަކަށް ނުލިބޭނެހެން ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ އަށް އިސްލާހުގެނެސްފިއެވެ.

އެއާޕޯޓުތަކުގެ އެއާ ޓްރެފިކް ކޮންޓްރޯލް ކުރުމުގެ އެއްވެސް ބާރެއް ބިދޭސީ ކުންފުނިތަކަށް ނުލިބޭނެ ގޮތަށް އިސްލާހު ގެނެސް މި ޕޮލިސީ ރޭ ވަނީ ގެޒެޓްކޮށްފައެވެ.

ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ ބަދަލު ގެނެސް އިކޮނޮމިކް މިނިސްޓްރީން އާދީއްތަ ދުވަހު ގެޒެޓްކުރި އުސޫލުގައި ވާ ގޮތުން  އެއާޕޯޓް އެންޑް އެއާ ޓްރެފިކް ކޮންޓްރޯލް ގެ މަސައްކަތް ވެސް 100 ޕަސެންޓު ބިދޭސީ ކުންފުނިތަކަށް ކުރެވޭނެ އެވެ.

އެކަމާ ގުޅިގެން ގިނަ ފާޑުކިއުންތަކެއް ސަރުކާރަށް އަމާޒުވުމުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ ކޮންޓްރޯލް ބޭރުގެ ކުންފުނިތަކަށް ދޫކޮށްލުމުގެ ނިޔަތެއް ނެތް ކަމާއި، އުސޫލުގައިވާ އިބާރާތް އޮތް ގޮތުން މާނަ އޮޅެނީ ކަމަށެވެ.

މި ޕޮލިސީގެ އިބާރާތް ބަދަލުކޮށް ބުނެފައިވަނީ 100 ޕަސެންޓް ބޭރު ކުންފުނިތަކަށް އެއާ ޓްރާންސްޕޯޓްގެ ހިދުމަތްތައް ދެވޭނެ ކަމަށާއި ނަމަވެސް، އޭގެން ސަރުކާރުން ފޯރުކޮށްދޭ ހިދުމަތްތައް އުނިވާނެ ކަމަށެވެ.

އެ ހިދުމަތްތަކުގެ ގޮތުގައި ފާހަގަކޮށްފައިވަނީ އެއާ ޓްރެފިކް ސާވިސް ކޮންޓްރޯލް، ކަސްޓަމްސް، އިމިގްރޭޝަން، އޭވިއޭޝަން ސެކިއުރިޓީ ފަދަ ހިދުމަތްތަކެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނެފައިވާ ގޮތުގައި އެއާޕޯޓް ހިންގުން 100 ޕަސެންޓު ބިދޭސީ ކުންފުނިތަކަށް ކުރިން ފެށިގެން ދީފައިވާ ކަމަށެވެ. އެގޮތުން 2014 ވަނަ އަހަރު ކޫއްޑޫ އެއާޕޯޓާއި 2017 ވަނަ އަހަރު މާފަރު އެއާޕޯޓް ހިންގުން ބިދޭސީ ކުންފުނިތަކަށް ސަރުކާރުން ހަވާލުކޮށްފައިވާ ކަމަށެވެ.

މިދިޔައ އަހަރު އާންމު ކުރި ފޮރިން އިންވެސްޓްމަންޓު ޕޮލިސީގައި ވާގޮތުން އެއާ ޓްރާންސްޕޯޓް ސާވިސާސް ފީލްޑުގައި ހަރަކާތްތެރިވެވޭ ގޮތަށް ހެދީ އެންމެ ގިނަވެގެން 75 ޕަސެންޓު ބިދޭސީން ހިއްސާވާ ކުންފުނިތަކަށެވެ.

Loading

One Response

  1. ދެންނޭގެ ވެރިކަމުގެ ބާރުގައި ރައީސް ނަޝީދު އެ ވިދާޅުވާ ބުރޯ ފައްޔާޒް 2023 ގެ ފަހުން ހުރެވޭނެ ހެނެއް. ވީމާ ވެރިކަމާއި ޙަވާލުއިރު އޮތް ބޭރުގެ ދަރަނިތައްވެސް ފިލުވާލައި ދައުލަތުން ބައެއް ވިއްކާލައިގެން ފައިސާހޯދައި ބާކީ ޢުމުރުގައި އޮތްބައެއް އަރާމުކޮށް އުޅެލީމާ ނިމުނީއެވެ. އެއީ ދޯ މިގައުމުގެ ވެރީންގެ ގޮތަކީ؟
    ކޮބާ ރިކަވަރީ އޮފީސް. ކާކު އަތުން ކޯއްޗެއް ރިކަވަރ ވީ؟ ކޮބާ އަދީބު؟ އެފަނީ ޕޕއެމް ގައި އެޅުވި މީހާ ޖަލުން ސަލާމަތްވެ އޭނާގެ އެންމެން އެވަނީ މމޕރސ ގެ ފައިސާބޮޑުން މުއްސަންދިވެ އަދި މަޖިލީހަށްވެސް ހޮވިފާ. ވާމަކަމެއް ހަތް ޙަރާމުން ޙަރާން ނޫންތޯއެވެ. އޭގެ ކުރިން މިފްކޯ ދަވާލި ވެރިންވެސް ބޭރުންނާއި އެތެރެއިން މުދާތައް ހޯދައިގެން އެތިބެ އުދުހި ހެނީނޫންތޯއެވެ. މިވާ ގައުމެއް!!

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް