ކޮވިޑް19 ފެތުރުން ކޮންޓްރޯލުކުރުމަށް މާލެ ސަރަޙައްދުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތަކެއް ދީފި!

މާލެ ސަރަޙައްދުގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލުކުރުމަށް އެޅިފައިވާ ފިޔަވަޅުތަކަށް 16 ޖޫން 2021 އިން ފެށިގެން ލުއިދިނުމަށް އެޗްޕީއޭ އިން ނިންމައިފިއެވެ. ލުއިދިނުމުގެ ފިޔަވަޅުތަކުގެ ތެރޭގައި މާލެ ސަރަޙައްދުގައި ޚިދުމަތްދެމުންދާ ބޯކޮށާ ތަންތަނާއި ސެލޫންތައް އެޕޮއިންޓްމަންޓު އުޞޫލުން ޚިދުމަތްދޭގޮތަށް ހުޅުވައިގެން ޚިދުމަތްދިނުން، ފަތިހު 4 ން ހެނދުނު 8 އަށް، ހަމަ އެކަނި ބޭރުގައި ކުރާ ކަސްރަތުތައް ކުރުމަށް ހުއްދަ ދިނުން، ހެނދުނު 8 ން ހަވީރު 4 އަށް އާންމުންނަށް ފިހާރަތަކަށް ވަދެވޭ ގޮތަށް ޙިދުމަތްދިނުމާއި […]

ދަނޑުމައްޗަށް ހޭނެތިގެން ވެއްޓުނު އެރިކްސަންއަށް އިހުތިރާމް އަދާކުރަން މިރޭ ވަގުތުކޮޅެއް ހޭދަކުރާނެ

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ކުޅޭ ޑެންމާކާއި ބެލްޖިއަމް މެޗުގެ ތެރޭގައި ޑެންމާކުގެ ކްރިސްޓިއަން އެރިކްސަންއަށް އިހުތިރާމް އަދާކުރުމުގެ ގޮތުން ވަގުތު ކޮޅެއް ހޭދަކުރާ ގޮތަށް ވަނީ ހަމަޖައްސާފައެވެ. އެ ވަގުތު ކޮޅު ގެނައުމަށް ހަމަޖައްސާފައި ވަނީ 9.00ގައި ފަށާ މެޗުގެ 10 ވަނަ މިނިޓުގެ ތެރޭގައެވެ. އެ ވަގުތުކޮޅު ދެޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނާއި ބެލުން ތެރިންވެސް ބައިވެރިވާނެއެވެ. މެޗު ކުޅޭނީ ކޯޕަންހޭގަންގައެވެ. ފިންލޭންޑާއި ޑެންމާކު މިމަހު 12 ވަނަ ދުވަހުގެރޭ ބައްދަކުރި މެޗުގެ 43 ވަނަ […]

އައްމަޓީ ދޫކޮށްލުމަށް ކޯޓުން އަމުރުކޮށްފި

މަކަރާއި ހީލަތުން އެތައް ބައެއްގެ އަތުން ފައިސާ ހޯދުމަށްފަހު ލަންކާގައި ފިލައިގެން އުޅެނިކޮށް ހައްޔަރުކޮށްގެން ގެނައި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑުގެ ވެރިޔާ އަހްމަދު މޫސާ (އަންމަޓީ) ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ. ހުޅުމާލޭގައި 3000 ހައުސިން ޔުނިޓް އަޅަން ސީލައިފާ ހަވާލުކުރުމުން ފްލެޓް ވިއްކާނެކަމަށް ބުނެ އެކި ފަރާތްތަކުގެ އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނެގުމަށްފަހު ފިލައިގެން އުޅެނިކޮށް އަހްމަދު މޫސާ ސްރީލަންކާއިން ހައްޔަރުކޮށް ރާއްޖެ ގެނެސްފައިވަނީ މާޗްމަހުގެ 24 ވަނަ […]

ލޯންޗްތަކުގައި ރޯވުން: ބިދޭސީމީހާގެ ގައިގެ 25 ޕަސެންޓް ވަނީ ފިހިފައި

  މާލޭ ދެކުނު ފަރާތު ބަނދަރު ފަޅުތެރޭގައި މިއަދު ހެނދުނު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ބިދޭސީ މީހާގެ ގައިގެ 25 ޕަސެންޓް ފިހިފައިވާ ކަމަށް އައިޖީއެމްއެޗްއިން ބުނެފި އެވެ. އައިޖީއެމްއެޗްން ބުނީ އެ ބިދޭސީ މީހާއަށް ފަރުވާދެމުން އަންނަނީ އިމަޖެންސީ ރޫމްގައި ކަމަށާ އޭނަގެ ހާލަތު ބުނަން އަދި ނޭގޭކަމަށެވެ. މޭރީބްރައުން ކުރިމަތީގައި ހިނގި މި ހާދިސާގައި ފިހުނު ބިދޭސީ މީހާ އަކީ ރޯވި ލޯންޗެއްގައި ހުރި މީހެއްކަމަށްފުލުހުންބުނެއެވެ. އެ ހާދިސާގައި ތިންލޯންޗެއް ވަރަށް ބޮޑަށް […]

ކަނޑުމަތިން ހުއްޓުވި ލޯންޗު ދޫނިދޫއަށް ގޮސްފައިނުވޭ: ފުލުހުން

    ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް  މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާ ދިން ރޭގެ ހަ ދުވަސް ކުރިން ކަނޑުމަތިން ހުއްޓުވި ލޯންޗް ދޫނިދޫއަށް ވެސް ގޮސްފައި ނުވާނެކަމަށާ އަދި ފުލުހުން އެލޯންޗަށް ޕެޓްރޯލް ފޯރުކޮށްދީފައި ނުވާނެ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ. އެ ލޯންޗް ދޫނިދޫއަށް ދިޔަ ކަމަށާ، އަދި ފުލުހުން ޕެޓްރޯލް ފޯރުކޮށްދީފައިވާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތައ ދޮގުކޮށް ފުލުހުން ބުނީ އެ […]

އިންޑިޔާއިން ދިވެހިރާއްޖެ އެމީހުންގެ ނުފޫޒުގެ ދަށަށް ގެންދިޔުމުގެ މަސައްކަތް ރޭވުންތެރިކަމާއެކު އެބަ ކުރޭ

ރިޔާސީ އިންތިޚާބު 2018 ވަނަ އަހަރު ކާމިޔާބުކޮށް ދިވެހިރާއްޖޭގެ ވެރިކަމާ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ހަވާލުވެވަޑައިގެންނެވި ފަހުން އިންޑިޔާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ވަނީ ކުރިއަށްވުރެ އިތުރަށް ބަދަހިވެފައެވެ. މޯލްޑިވިއަން ފައިނޭންޝަލް ރިވިއު(އެމް.އެފް.އާރ)އިން ހާމަކޮށްފައިވާ ގޮތުގައި ރާއްޖޭގައި ކެންސަރ ހޮސްޕިޓަލަކާއި ކްރިކެޓް ސްޓޭޑިޔަމްއެއްގެ އިތުރުން ހައުސިންގ ކޮމްޕްލެކްސްތައް ބިނާކުރުމަށް އެހީތެރިކަން ފޯރުކޮށްދޭން އިންޑިޔާއިން ވަނީ އެއްބަސްވެފައެވެ. މީގެ އިތުރުން ދެ ގައުމުގެ އަސްކަރީ ބާރުތައް ގުޅިގެން ތަފާތު ޕްރޮޖެކްޓުތައް ހިންގުމަށްވެސް ވަނީ އެއްބަސްވެފައެވެ. މިގޮތުން […]

މެލޭޝިޔާ: ހޮސްޕިޓަލުން ބޭރުގައި މަރުވާ ކޮންމެ މަރެއް ކޯވިޑް-19އަށް ފައްސިވެފައިވާ މަރެއް؟

މެލޭޝިއާގެ ކޯވިޑް-19އާ ބެހޭ ތަރުޖަމާނު، ޑަތުކް ސެރީ މަސީޑީ މަންޖޫން ބުދަދުވަހު ވިދާޅުވި ގޮތުގައި އެ ގައުމުގެ ހޮސްޕިޓަލުތަކުން ބޭރުގައި މަރުވާ ކޮންމެ މީހަކާ މެދުވެސް ދެން އަމަލު ކުރެވޭނީ ކޯވިޑަށް ފައްސިވެގެން މަރުވާ މީހުންނާ މެދު އަމަލުކުރަމުންދާ ގޮތަށެވެ. އެކަން ހާމަކުރެއްވުމަށްފަހު އިތުރު ތަފްސީލު ދެއްވަމުން މަސީޑީ މަންޖޫން ވިދާޅުވީ ހޮސްޕިޓަލުން ބޭރުގައި މަރުވިކަމަށް ރިޕޯޓުކުރާ ކޮންމެ މީހަކާ ބެހޭ މައުލޫމާތު މީގެފަހުން ފުލުހުންނާއި ކަމާބެހޭ ފަރާތްތަކަށް އަންގަން ޖެހޭނެއެވެ. އަދި މަރުވާ މީހުންގެ ހަށިގަނޑު […]

ދެން އޮންނަންވީ ރޯންތޯ؟: މަހްލޫފް

  ދެން އޮންނަންވީ ރޯންތޯ އައްސަވައި ޔޫތު މިނިސްޓަރު މަހްލޫފް ސުވާލެއް ކުރައްވައިފިއެވެ. އެމްއެމްޕީއާރިސީގެ ހިޔާނާތުގެ މައްސަލައިގައި ސަސްޕެންޑްކޮށްފައިވާ މިނިސްޓަރު މަހްލޫފް ދެން އޮންނަންވީ ރޯންތޯ އައްސަވައި ސުވާލު ކުރެއްވީ އޮންލައިން ނޫހެއްގައި މަހްލޫފާ ގުޅޭގޮތުން ލިޔެފައިވާ އާޓިކަލް އެއް ޝެއާ ކުރައްވަމުން ފޭސްބްކްގައެވެ. އޮންލައިން ނޫހުގައި ލިޔެފައި އޮތް އެ އާޓިކަލްގައި އޮތީ މަހްލޫފު ސަސްޕެންޑް ކުރިފަހުންވެސް ކުޅިވަރާބެހޭ އެކިއެކި ޓްވީޓްތައް ކުރައްވަމުން ގެންދަވާ ކަމަށާ މަހްލޫފް އުޅުއްވާގޮތުން އެއީ ސަސްޕެންޑް ކޮށްފަ ހުންނެވި ވަޒީރެއް […]

ލޯންޗްތަކެއްގައި ރޯވެ މީހަކު ފިހިއްޖެ

  މާލޭ ދެކުނު ފަރާތު ބަނދަރުގައި ލޯންޗްތަކެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި މީހަކު ފިހި ލޯންޗެއް ހަނދައި ހުލިވެއްޖެ އެވެ. ފުލުހުން ބުނީ މިއަދު ހައެއް ޖަހާއެހާއްކަށްހާއިރު ހިނގި މި ހާދިސާގައި ފިހުނީ ބިދޭސީ އެއް ކަމަށާ، އޭނައަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާކަމަށެވެ. އަދި މި އަލިފާނުގެ ހާދިސާގައި ހަ ލޯންޗަކަށް އަލިފާނުގެ އަސަރުކޮށް ގެއްލުން ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ. މޭރީބްރައުން ކުރިމަތީގައި ހިނގި މި ހާދިސާގައި ފިހުނު ބިދޭސީ މީހާ އަކީ ރޯވި […]

މާލެސިޓީގެ ގެ އެއްގެ ތިންވަނަ ބުރިން އަންހެނަކު ވެއްޓިއްޖެ

މާލެ ސިޓީގެ ގެއެއްގެ ތިން ވަނަ ބުރިން އަންހެނަކު ވެއްޓިއްޖެ އެވެ. ފުލުހުން ބުނީ ހެންވޭރު ގެ އެއްގެ ތިންވަނަ ބުރިން ވެއްޓުނު އަންހެނަކު މީހަކަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުން މި އަންހެން މީހާ ވެއްޓި ޖެހުނީ ޕާކްކޮށްފައި ހުރި ސައިކަލެއްގެ މަށްޗަށެވެ. މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ރޭ 12:39 އެއްގަ ކަމަށް ފުލުހުން ބުނެއެވެ. މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން މިހާރު ބަލަމުންދާ […]