ކޮވިޑް19 ފެތުރުން ކޮންޓްރޯލުކުރުމަށް މާލެ ސަރަޙައްދުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތަކެއް ދީފި!

Loading

Facebook
Twitter
WhatsApp

މާލެ ސަރަޙައްދުގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލުކުރުމަށް އެޅިފައިވާ ފިޔަވަޅުތަކަށް 16 ޖޫން 2021 އިން ފެށިގެން ލުއިދިނުމަށް އެޗްޕީއޭ އިން ނިންމައިފިއެވެ.

ލުއިދިނުމުގެ ފިޔަވަޅުތަކުގެ ތެރޭގައި މާލެ ސަރަޙައްދުގައި ޚިދުމަތްދެމުންދާ ބޯކޮށާ ތަންތަނާއި ސެލޫންތައް އެޕޮއިންޓްމަންޓު އުޞޫލުން ޚިދުމަތްދޭގޮތަށް ހުޅުވައިގެން ޚިދުމަތްދިނުން، ފަތިހު 4 ން ހެނދުނު 8 އަށް، ހަމަ އެކަނި ބޭރުގައި ކުރާ ކަސްރަތުތައް ކުރުމަށް ހުއްދަ ދިނުން، ހެނދުނު 8 ން ހަވީރު 4 އަށް އާންމުންނަށް ފިހާރަތަކަށް ވަދެވޭ ގޮތަށް ޙިދުމަތްދިނުމާއި ހުއްދަ ނަގާފައިވާ ފިހާރަ/ކެފޭ ނުވަތަ ރެސްޓޯރެންޓް ތަކުން ހެނދުނު 6 ން ރޭގަނޑު 12 އަށް ހަމައެކަނި ޑެލިވަރީ ޙިދުމަތް ދިނުމަށްވެސް ވަނީ ހުއްދަދީފައެވެ.

​ނަމަވެސް ފުލުހުންގެ ހުއްދައަކާ ނުލައި ބޭރަށް ނިކުމެ އުޅުމާއި ސްކޫލުތައް އަދި ކެފޭ/ރެސްޓޯރަންޓުތައް ހުޅުވައިގެން ކެއުންބުއިމުގެ ހިދުމަތް ދިނުން މަނާކޮށްފައި އޮތް ނިންމުން އަދިވެސް ދެހަފްތާއަށް ދަމަހައްޓަން ވަނީ ނިންމާފައެވެ.

Loading

One Response

  1. މާލެ،ވިލިމާލެ،ހުޅުމާލެ ފަޅުގާ އަޅާފަހުރި ބަރުމުދާ އުފުލާ ދޯނިފަހަރުގާ އުޅޭ މީހުނަށް ކޮންމެވެސް ގޮތެއް އޮނަންޖެހޭ. މިހާރު އޮތްގޮތުން އެއީ ނެތްބައެއް. ފަހެއް ދުލެއް ނުކުރޭ، ޕޮލިސް ވަގުތީ ހުއްދައެއް ނުދޭ، ފިހާރަތަކުން ޑެލެވަރީއެއް ނުކޮއްދޭ، އެއްވެސް ރަށަކަށް ނުފޭބޭ، މާލެ ފައިބާފިއްޔާ ޖޫރިމަނާ. ވުޖޫދުގަ ނެތް ބަޔެއް، އެކަމަކުވެސް ޖޫރިމަނާ؟؟؟؟؟؟؟

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް