ލޯންޗްތަކެއްގައި ރޯވެ މީހަކު ފިހިއްޖެ

Loading

Facebook
Twitter
WhatsApp

 

މާލޭ ދެކުނު ފަރާތު ބަނދަރުގައި ލޯންޗްތަކެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި މީހަކު ފިހި ލޯންޗެއް ހަނދައި ހުލިވެއްޖެ އެވެ.

ފުލުހުން ބުނީ މިއަދު ހައެއް ޖަހާއެހާއްކަށްހާއިރު ހިނގި މި ހާދިސާގައި ފިހުނީ ބިދޭސީ އެއް ކަމަށާ، އޭނައަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާކަމަށެވެ.

އަދި މި އަލިފާނުގެ ހާދިސާގައި ހަ ލޯންޗަކަށް އަލިފާނުގެ އަސަރުކޮށް ގެއްލުން ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މޭރީބްރައުން ކުރިމަތީގައި ހިނގި މި ހާދިސާގައި ފިހުނު ބިދޭސީ މީހާ އަކީ ރޯވި ލޯންޗެއްގައި ހުރި މީހެކެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާގައި ރޯވީ ތިން ލޯންޗް ކަމަށާ އެކަމަކު އެހެން ލޯންޗަކަށް ވެސް އަސަރުކޮށްގެން ގެއްލުން ލިބުނުކަމަށެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެއެވެ. ފުލުހުންނާއި އެމްއެންޑީއެފްން އަންނަނީ ހާދިސާ ހިނގި ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް