ކަނޑުމަތިން ހުއްޓުވި ލޯންޗު ދޫނިދޫއަށް ގޮސްފައިނުވޭ: ފުލުހުން

Loading

Facebook
Twitter
WhatsApp

 

 

ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް  މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާ ދިން ރޭގެ ހަ ދުވަސް ކުރިން ކަނޑުމަތިން ހުއްޓުވި ލޯންޗް ދޫނިދޫއަށް ވެސް ގޮސްފައި ނުވާނެކަމަށާ އަދި ފުލުހުން އެލޯންޗަށް ޕެޓްރޯލް ފޯރުކޮށްދީފައި ނުވާނެ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

އެ ލޯންޗް ދޫނިދޫއަށް ދިޔަ ކަމަށާ، އަދި ފުލުހުން ޕެޓްރޯލް ފޯރުކޮށްދީފައިވާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތައ ދޮގުކޮށް ފުލުހުން ބުނީ އެ ލޯންޗް ހުއްޓުވީ މެރިން ޕޮލިސްގެ އާންމު ޕެޓްރޯލްގެ ތެރެއިން ނެވިގޭޝަން ލައިޓްގައި މައްސަލައެއް ހުރިކަމަށް ފާހަގަކުރެވިގެން ހުޅުމާލޭ ފަޅުތެރެއިްނކަމަށެވެ.

ލޯންޗުގައި ހުރި މައްސަލަތައް ހައްލުކުރުމަށް ނަސޭހަތްތެރިވުމަށްފަހު އެމީހުން އެދުވަހު ދޫކޮށްލި ކަމަށް ވެސް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.

ފުލުހުން ބުނީ އެ ރޭ ކަޑުމަތިން ހުއްޓުވި ލޯންޗްގައި އަދުހަމް އަހްމަދު ރަޝީދާއި، ތަހްމީން އަހްމަދު ފިޔަވައި ހަމަލާއާ ގުޅިގެން ހައްޔަރުކުރި އެއްވެސް މީހަކު ނުހިމެނޭކަމަށެވެ.

ގްރޭޓާ މާލޭ އޭރިއާގެ ކަނޑުގެ ސަރަހައްދައި ދުއްވާ އުޅަނދުތަކުގެ ސަލާމާތީ ކަންކަން ފުރިހަމަކޮށްފައިވޭތޯ ބެލުމާއި އެއްވެސް މައްސަލައެއް ފާހަގަ ކުރެއްވިއްޖެ ނަމަ އެޓެންޑްވުމަކީ އާންމު އުސޫލުން ކުރަމުން ގެންދާ ކަމެއް ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ، އަދި ބުނީ ނަސޭހަތް ދިނުމާއި މައުލޫމާތު ނޯޓު ކުރުމަކީ ވެސް އާންމު އުސޫލުގެ ތެރޭގައި ހިނގާ ކަންކަން ކަމަށެވެ.

ފުލުހުން އިއްޔެ ބުނީ  މެއި 06ގެ ޓެރަރިސްޓް ހަމަލާއާ ގުޅިގެން ބަޔަކު ހައްޔަރުކުރި ފަހުން، އެމީހުންގެ ތެރޭގައި ހިމެނޭ ތަހްމީން އަހުމަދަކީ މެއި 01 ވަނަ ދުވަހު މެރިން ޕޮލިސް އިން ކަނޑުމަތިން ހުއްޓުވި ލޯންޗެއްގައި ހުރި ފަރާތްކަމުގައި މެރިން ޕޮލިސްގައި ރެކޯޑުކުރެވިފައިވުމާއެކު އެކަން ތަހުގީގަށް ހިއްސާކޮށްފައިވާކަމަށެވެ.

އަދި  އެކަމާ ގުޅިގެން ފުލުހުން ބެލިބެލުމުން އެދުވަހު ކަނޑުމަތިން ހުއްޓުވި ލޯންޗުގައި، ތަހްމީން އަހުމަދުގެ އިތުރުން މިމައްސަލައިގެ ތަހުގީގަށް މިހާރު ހައްޔަރުކޮށްފައިވާ އަދުހަމް އަހްމަދު ރަޝީދު ވެސް ހުރިކަން އެނގުނު ކަމަށް ފުލުހުން ބުނެއެވެ.

ރައީސް ނަޝީދަށް ދިން ހަމަލާ އާއި ގުޅިގެން ފުލުހުން މިހާތަނަށ ފަސް މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެ މީހުންގެ ތެރޭގައި މީހުންގެ ތެރޭގައި ގއ. ކޮނޑޭ ފޮޅޭމާ، ތަހްމީން އަހްމަދު އާއި ވ. ތިނަދޫ ލަކީ، އަދުހަމާއި އަހުމަދާއި މއ. ފޭރުގެ މުޖާޒް އިތުރުން ލ. ގަން ދުންފިނިއުފާ، އަހްމަދު ފާތިހް އެވެ. ފަސްވަނަ އަށް ހައްޔަރުކުރި މީހާގެ މައުލޫމާތު ފުލުހުން ހާމަކޮށްފައި ނުވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް