ލޯންޗްތަކުގައި ރޯވުން: ބިދޭސީމީހާގެ ގައިގެ 25 ޕަސެންޓް ވަނީ ފިހިފައި

Loading

Facebook
Twitter
WhatsApp

 

މާލޭ ދެކުނު ފަރާތު ބަނދަރު ފަޅުތެރޭގައި މިއަދު ހެނދުނު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ބިދޭސީ މީހާގެ ގައިގެ 25 ޕަސެންޓް ފިހިފައިވާ ކަމަށް އައިޖީއެމްއެޗްއިން ބުނެފި އެވެ.

އައިޖީއެމްއެޗްން ބުނީ އެ ބިދޭސީ މީހާއަށް ފަރުވާދެމުން އަންނަނީ އިމަޖެންސީ ރޫމްގައި ކަމަށާ އޭނަގެ ހާލަތު ބުނަން އަދި ނޭގޭކަމަށެވެ.

މޭރީބްރައުން ކުރިމަތީގައި ހިނގި މި ހާދިސާގައި ފިހުނު ބިދޭސީ މީހާ އަކީ ރޯވި ލޯންޗެއްގައި ހުރި މީހެއްކަމަށްފުލުހުންބުނެއެވެ.

އެ ހާދިސާގައި ތިންލޯންޗެއް ވަރަށް ބޮޑަށް އަނދައިފައިވާއިރު އިތުރު ތިން ލޯންޗަކަށްވަނީ އަލިފާނުގެ އަސަރުކޮށް އެކިވަރުގެ ގެއްލުން ވެފައިކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެގަޑީގައި އެހިސާބުގަޑުގައި ކަސްރަތުގައި އުޅުނު ބައެއް މީހުން ސޯޝަލް މީޑިއާގައި ބުނީ ކުއްލިއަކަށް އިވުނީ ބޮޑު އަޑެއްކަމަށާ، އޭގެފަހުގައި ދުންގަނޑެއްފެނި އަލިފާން ރޯވެގަތީކަމަށެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ކަމާބެހޭ އިދާރާތަކުން އަދި ހާމައެއް ނުކުރެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް