މާލެ ސިޓީގެ ގެއެއްގެ ތިން ވަނަ ބުރިން އަންހެނަކު ވެއްޓިއްޖެ އެވެ.
ފުލުހުން ބުނީ ހެންވޭރު ގެ އެއްގެ ތިންވަނަ ބުރިން ވެއްޓުނު އަންހެނަކު މީހަކަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން މި އަންހެން މީހާ ވެއްޓި ޖެހުނީ ޕާކްކޮށްފައި ހުރި ސައިކަލެއްގެ މަށްޗަށެވެ.
މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ރޭ 12:39 އެއްގަ ކަމަށް ފުލުހުން ބުނެއެވެ.
މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން މިހާރު ބަލަމުންދާ ކަމަށްވެސް ފުލުހުން ބުނެއެވެ.