ދެން އޮންނަންވީ ރޯންތޯ؟: މަހްލޫފް

Loading

Facebook
Twitter
WhatsApp

 

ދެން އޮންނަންވީ ރޯންތޯ އައްސަވައި ޔޫތު މިނިސްޓަރު މަހްލޫފް ސުވާލެއް ކުރައްވައިފިއެވެ.

އެމްއެމްޕީއާރިސީގެ ހިޔާނާތުގެ މައްސަލައިގައި ސަސްޕެންޑްކޮށްފައިވާ މިނިސްޓަރު މަހްލޫފް ދެން އޮންނަންވީ ރޯންތޯ އައްސަވައި ސުވާލު ކުރެއްވީ އޮންލައިން ނޫހެއްގައި މަހްލޫފާ ގުޅޭގޮތުން ލިޔެފައިވާ އާޓިކަލް އެއް ޝެއާ ކުރައްވަމުން ފޭސްބްކްގައެވެ.

އޮންލައިން ނޫހުގައި ލިޔެފައި އޮތް އެ އާޓިކަލްގައި އޮތީ މަހްލޫފު ސަސްޕެންޑް ކުރިފަހުންވެސް ކުޅިވަރާބެހޭ އެކިއެކި ޓްވީޓްތައް ކުރައްވަމުން ގެންދަވާ ކަމަށާ މަހްލޫފް އުޅުއްވާގޮތުން އެއީ ސަސްޕެންޑް ކޮށްފަ ހުންނެވި ވަޒީރެއް ހެން ހީވެސް ނުވާކަމަށެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގެ ތަހުގީގުގައި ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ގޮތެއް ނިންމަންދެން ޔޫތު މިނިސްޓަރު މަހުލޫފު ހުންނެވީ މަސައްކަތް ތަކުން އެކަހެރި ކުރައްވާފައެވެ.

ނަމަވެސް މިނިސްޓަރު މަހްލޫފް ގެންދަވަނީ މިނިސްޓްރީއާ ގުޅުންހުރި ކަންކަމުގެ މައުލޫމާތު ސޯޝަލް މީޑިއާ މެދުވެރިކޮށް ހިއްސާކުރަމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް