މިރޭގެ ގަދަ މެޗަކަށް ވާނީ 12 ޖަހާއިރު ފަށާ އިޓަލީ- ސްވިޒަލޭންޑް މެޗު

Loading

Facebook
Twitter
WhatsApp

ޔޫރޯ ފުޓް ބޯޅަ މުބާރާތުގައި މިއަދު ކުޅެން ހަމަޖެހިފައިވާ ތިން މެޗަށް ބަލާއިރު ގަދަ މެޗަކަށް ވާނީ މެންދަމު 12.00ގައި ކުޅޭ އިޓަލީއާއި ސްވިޒަލޭންޑުގެ މެޗެވެ. މެޗު ކުޅޭނީ ރޯމުގެ އޮލިމްޕިކް ސްޓޭޑިއަމްގައެވެ.

އިޓަލީ ވަނީ މުބާރާތް ހުޅުވަން ކުޅުނު ފުރަތަމަ މެޗުގައި ތުރުކީ ކޮޅަށް ތިން ލަނޑު ޖަހައި މޮޅުވެ، ތިން ޕޮއިންޓު ހޯދާފައެވެ. ސްވިޒަލޭންޑް ކުޅުނު ފުރަތަމަ މެޗުގައި ވޭލްސްއާ ވާދަކޮށް 1-1 އިން އެއްވަރުވެ ލިބިފައިވަނީ އެއް ޕޮއިންޓެވެ.

ޔޫރޯގައި މިއަދު ހަވީރު 6.00 ގައި ފެށި މެޗުގައި ވާދަކުރަނީ ފިންލެންޑާއި ރަޝިއާއެވެ. މެޗު ކުޅެނީ

ރަޝިއާގެ ސެންޓްޕީޓާރސްބަގް ސްޓޭޑިއަމްގައެވެ. މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނު އިރު ރަޝީއާ ވަނީ އެއްލަނޑު ޖަހައި ކުރި ހޯދާފައެވެ.

ރަޝިއާ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ވަނީ ބެލްޖިއަމް އަތުން ބަލިވެފައެވެ. ފިންލޭންޑް ވަނީ ކުޅުނު ފުރަތަމަ މެޗުގައި ޑެންމާކާ ވާދަކޮށް މޮޅުވެ ތިން ޕޮއިންޓު ހޯދާފައެވެ.

ތުރުކީއާއި ވޭލްސް މިރޭ ބައްދަލުކުރާ މެޗު ފަށާނީ 9.00ގައި ބަކޫގެ އޮލިމްޕިކް ސްޓޭޑިއަމްގައެވެ.

ތުރުކީ ވަނީ މުބާރާތުގެ ފުރަތަމަ މެޗުގައި އިޓަލީއަތުން 3-0 ބަލިވެފައެވެ. ވޭލްސް ވަނީ ކުޅުނު ފުރަތަމަ މެޗުގައި ސްވިޒަލޭންޑާއި ބައްދަލުކޮށް 1-1 ލަނޑުން އެއްވަރުކޮށް އެއް ޕޮއިންޓު ހޯދާފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް